Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 15:30 - ކިތާބުލް މުޤައްދަސާ

30 ދެން އެމީހުން ޖެރޫސަލަމުން ފުރައިގެން އަންތީޔޮކުއަށް ގޮސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ އެންމެން އެއްކޮށް އެ ސިޓީ އެމީހުންނާއި ހަވާލު ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 15:30
9 ပူးပေါင်းရင်းမြစ်များ  

އިސްތިފާނު މަރާލި މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި އެހެން މީހުންނަށް ވެސް ވަރަށް ގިނަ އުނދަގޫތަކާ އަނިޔާތައް ދިނެވެ. އެކަމުގެ ސަބަބުން އީސާގެފާނަށް އީމާންވެގެން ތިބި ވަރަށް ގިނަ ބަޔަކު ވަކި ވަކި ވެ ވިއްސިވިހަވާލި ވެގެން ދިޔައެވެ. މީގެ ތެރެއިން ބައެއްމީހުން ފެނީސިޔާއާއި ސައިޕުރަސް އާއި އަންތީޔޮކުގައި ދަތުރުކޮށް އީސާގެފާނާއި ބެހޭ ޚަބަރުފުޅުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ. ނަމަވެސް މިމީހުން މި ކަންތައްތައް އަންގައިދީ ވާހަކަދައްކާ އުޅުނީ ހަމައެކަނި ބަނީއިސްރާއީލު މީހުންނާއެވެ.


ދެން ސައިޕުރަސް އާއި ޒައިރީނުން އަންތީޔޮކުއަށް ދިޔަ އީސާގެފާނަށް އީމާންވެގެންވީ މީހުން އެ ރަށުގައި ވީ ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް މާތް ސާހިބާ އީސާގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އަންގައިދީ އެކަލޭގެފާނުގެ ބަސްފުޅުތައް ކިޔާދީ ހެދިއެވެ.


އެދުވަސްވަރު މާތްރަސްކަލާނގެ އެންގެވި ވަޙީގެ ބަސްފުޅެއް ހާމަކޮށް އެންގެވުމަށް ޖެރޫސަލަމުން ނަބީންގެ ބަޔަކު އަންތީޔޮކުއަށް އައެވެ.


ދެން އީސާގެފާނުގެ މަންދޫބުންނާ އަދި އީސާގެފާނުގެ ޖަމާޢަތުގެ ބޮޑުންނާ އަދި މުޅި ޖަމާޢަތުގެ އެންމެންނާ ވާހަކަދައްކާ ނިންމީ އެ ޖަމާޢަތުން ވަކި ބަޔަކު ކަނޑައަޅާ އެމީހުން ޕައުލް ބަރުނައްބާސް އާއި އެކު އަންތީޔޮކުއަށް ފޮނުވުމަށެވެ. މިގޮތުން އެމީހުން ކަނޑައެޅީ މުޅި ޖަމާޢަތުގައި ވެސް އެމީހުންނާއި ދޭތެރޭ މީހުން އިޙުތިރާމު ކުރާ ދެމީހުން ކަމުގައިވާ ބަރުސައްބާސް އާއި ސިލާހު އެވެ. (މި ބަރުސައްބާސްގެ އަސްލު ނަމަކީ ޔުދާސްއެވެ.)


މި ސިޓީ ކިޔުމަށް ފަހު އެންމެންގެ ހިތުގައި އުފާވެރިކަން އުފެދުނެވެ. އެއީ އެ ސިޓީގައިވާ ހިތްވަރު ލިބޭ ފަދަ ބަސްތަކާއި ޚަބަރުގެ ސަބަބުންނެވެ.


އެމީހުން އެހިސާބުގެ ރަށްތަކުގެ ތެރޭގައި ދަތުރުކޮށް ގޮސް އެތަންތާގައިވާ އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް ޖެރޫސަލަމުގައި އީސާގެފާނުގެ މަންދޫބުންނާ ޖަމާޢަތުގެ ބޮޑުން އެއްބަސްވި ހުރިހާ ގަވާއިދުތަކެއް އަންގައިދީ ކިޔާދެމުން ދިޔައެވެ.


ހަމަ ޔަޤީނުން ވެސް ތިޔަބޭފުޅާ މި ރަށަށް ވަޑައިގެންވި ކަން އެމީހުންނަށް އެނގޭނެ. އޭރުން ދެން އަޅުގަނޑުމެން ހަދާނީ ކިހިނެއް؟


އެމީހުން ކައިސަރިޔާއަށް ގޮސް ސިފައިންގެ ކޮމާންޑަރު ދެއްވި ސިޓީއާއި ޕައުލް ގަވަރުނަރު ފެލިކުސްގެ އަރިހަށް ރައްދު ކުރިއެވެ.


އެހެންކަމުން އީސާގެފާނުގެ މަންދޫބުން އެންމެން އެއްތަންކޮށް ޖަލްސާއެއްބާވާ އެމީހުންނަށް ބުންޏެވެ. ”⁠އަހަރެމެން މަންދޫބުން މާތްރަސްކަލާނގެ ބަސްފުޅުތައް މީހުންނަށް އަންގައިދިނުމަށް ކުރަމުން މި ދާ މަސައްކަތް ހުއްޓާލާފަ އައިސް ކާއެއްޗެހި ބެހުމަށް ތިބުމަކީ އަހަރެމެން ކޮށްގެންވާނެ ކަމެއް ނޫން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ