Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 15:3 - ކިތާބުލް މުޤައްދަސާ

3 އީސާގެފާނުގެ ޖަމާޢަތުގެ މީހުން މި ވަފުދު ޖެރޫސަލަމަށް ފޮނުވުމުގެ ދަތުރުގެ ހުރިހާކަމެއް ހަމަޖައްސާދިނެވެ. މިމީހުން ފެނީސިޔާއާއި ސަމީރިއްޔާގެ ތެރެއިން ދަތުރުކޮށް ދިޔަމަގުމަތީ ބަނީއިސްރާއީލު މީހުން ނޫން މީހުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވަމުން ދާ ކަމުގެ ޚަބަރުތައް ދެމުން ދިޔައެވެ. މި ޚަބަރު ލިބުމުން އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ހިތްތައް އުފަލުން ފުރުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 15:3
27 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މިއަދު ކަލޭގެ ގެއްލިފައި ވީ ކޮއްކޮ އެނބުރި އައި ހިނދު އެކަމުގެ އުފަލުގައި އަހަރެމެން މިކެއުން ތައްޔާރުކޮށް އުފާ ފާޅުކުރަން ޖެހޭނޭ. އެއީ ކަލޭގެ ކޮއްކޮ ވީ މަރުވެފައޭ. ނަމަވެސް މިހާރު އޭނާއަށް އަލުން ޙަޔާތެއް ލިބިއްޖޭ. އޭނާ ވީ ގެއްލިފައޭ. ނަމަވެސް އަލުން އޭނާ ފެނިއްޖޭ.⁠‘⁠“


އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


އެތާނގައި ތިބި ބަނީއިސްރާއީލު މީހުން ނޫން އެންމެން މި ބަސްތަކުގެ އަޑުއަހާ ވަރަށް އުފާކުރިއެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ގޮތުން އެމީހުންނަށް މި ލިބުނު ޚަބަރުފުޅާއި މެދު ޙަމްދު ކުރިއެވެ. ދެން އެތާނގައި ތިބި މީހުންގެ ތެރެއިން ނިމުންނުވާ ޙަޔާތް ލިބުމަށް ކަނޑައެޅިފައިވީ އެންމެން އީސާގެފާނަށް އީމާންވިއެވެ


އީސާގެފާނަށް އީމާންވީ މީސްތަކުން ވަނީ ވަރަށް އުފާވެރި ކަމުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުގެދަށުގައެވެ.


ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުއަށް އެނބުރި އައިސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތް އެއްކޮށް އެމީހުންގެ އެދަތުރުގައި ކަންތައްތައް ވީ ގޮތުގެ ހުރިހާ ވާހަކައެއް އެމީހުންނަށް ކިޔާދިނެވެ. މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތުގައި އެކަލާނގެ އީމާންކަން ލެއްވި ގޮތުގެ ވާހަކަތައް ކިޔާދީ ބަޔާން ކޮށްދިނެވެ.


ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުގައި ވަނިކޮށް ޖުދެއާއިން ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ ބަޔަކު އެ ރަށަށް އައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގާތުގައި މިމީހުން ބުންޏެވެ. ”⁠މޫސާގެފާނަށް މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ޚިތާނު ނުކުރެވޭ މީހުންނަކަށް ދިންނެވުމެއް ނުލިބޭނެ.⁠“


ދެން މި ކަންތައްތަކާ ކުރެވެމުން ދިޔަ ބަހުސް ހުއްޓި އެންމެން ހަމަހިމޭންވެ ޕައުލް އާއި ބަރުނައްބާސް މެދުވެރިކޮށް މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީސްތަކުންގެ މެދުގައި ދެއްކެވި މުޢުޖިޒާތްތަކާ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ވާހަކަތައް އަޑު އެހިއެވެ.


ދެން އީސާގެފާނުގެ މަންދޫބުންނާ އަދި އީސާގެފާނުގެ ޖަމާޢަތުގެ ބޮޑުންނާ އަދި މުޅި ޖަމާޢަތުގެ އެންމެންނާ ވާހަކަދައްކާ ނިންމީ އެ ޖަމާޢަތުން ވަކި ބަޔަކު ކަނޑައަޅާ އެމީހުން ޕައުލް ބަރުނައްބާސް އާއި އެކު އަންތީޔޮކުއަށް ފޮނުވުމަށެވެ. މިގޮތުން އެމީހުން ކަނޑައެޅީ މުޅި ޖަމާޢަތުގައި ވެސް އެމީހުންނާއި ދޭތެރޭ މީހުން އިޙުތިރާމު ކުރާ ދެމީހުން ކަމުގައިވާ ބަރުސައްބާސް އާއި ސިލާހު އެވެ. (މި ބަރުސައްބާސްގެ އަސްލު ނަމަކީ ޔުދާސްއެވެ.)


ބަރުސައްބާސް އާއި ސިލާހު އަކީ ދެ ނަބީބޭކަލުން ވެސްމެއެވެ. އެހެން ކަމުން އެމީހުން އީސާގެފާނު ގަބޫލުކޮށްގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް ހިތްވަރާއި ބާރު ލިބޭނެ ފަދަ ބަސްތަކުން އެމީހުންނާއި ވަރަށް ގިނައިރު ވާހަކަދައްކާ ހެދިއެވެ.


އެމީހުންނަށް ޖެރޫސަލަމަށް އާދެވުމުން އީސާގެފާނުގެ މަންދޫބުންނާ، އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ ބޮޑުންނާ، އަދި އެ ޖަމާޢަތުގެ އެންމެން އެމީހުންނަށް ވަރަށް ހެޔޮކޮށް ކަންކުރިއެވެ. އަދި އެމީހުންގެ ދަތުރުގައި މާތްރަސްކަލާނގެ އެމީހުން މެދުވެރިކޮށް ކުރެއްވި ހުރިހާ ކަމެއްގެ ވާހަކަތައް ތަފްސީލުކޮށް ކިޔާދިނެވެ.


ޕައުލް ގޮވައިގެން ދިޔަ މީހުން އޭނާއާއި އެކު އަތެންސް އާއި ހަމައަށް ދިއުމަށް ފަހު އެނބުރި ބެރޭއާ އަށް އައެވެ. އެމީހުން އައިސް ސިލާހު އާއި ތިމޮތީ ވީހާ ވެސް އަވަހަކަށް ޕައުލް ހުރިތަނަށް އައުމަށް އެންގި ކަމުގެ ޚަބަރު އެމީހުންނަށް ދިނެވެ.


އެއީ ދެން ދުވަހަކު ވެސް އެމީހުންނަށް ޕައުލް އާއި ބައްދަލު ނުވާނެ ވާހަކަ އިވުމުންނެވެ. ދެން އެމީހުން ޕައުލް އާއި އެކު އޭނާ ފުރާ އޮޑީގެ ކައިރިއަށް ދިޔައެވެ.


ނަމަވެސް ހަމަ އެ ހަފްތާ ހަމަވުމާއި އެކު އަހަރެމެން އަނެއްކާވެސް އަހަރެމެންގެ ދަތުރުގައި ކުރިއަށް ދިޔައީމެވެ. އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ފިރިހެނުން އެމީހުންގެ އަނބިންނާއި ދަރިންނާއި އެކު އަތިރިމައްޗަށް އަހަރެމެން ފުރުވަން އައެވެ. އަދި އެތާނގައި އަހަރެމެން އެންމެން ކަކޫ މައްޗަށް ތިރި ވެ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރީމެވެ.


ރޯމުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން އެ ރަށަށް އަންނަ ޚަބަރު ލިބުމުން އަހަރެމެންނާއި ބައްދަލު ކުރުމަށް އައްޕިއުސް ބާޒާރާއި ހަމައަށް އައެވެ. އަދި އަނެއްބަޔަކު ތިން މަންޒިލް އޭ ކިޔުނު ތަނުގައި އަހަރެމެންނާއި ބައްދަލުވިއެވެ. ޕައުލް އަށް އެމީހުން ފެނުމުން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރިއެވެ. އަދި އެމީހުން ފެނުމުން އޭނާއަށް ހިތްވަރު ވެސް ލިބުނެވެ.


ޖެރޫސަލަމުގައި ވީ އީސާގެފާނުގެ މަންދޫބުންނަށް ސަމީރިއްޔާގެ އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅު ގަބޫލު ކުރި ޚަބަރު ލިބުމުން އެމީހުންގެ ކައިރިއަށް ޕަތަރަސްއާއި ޔޫޙަންނާ ފޮނުވިއެވެ.


އަޕޯލޮސްއާއި ޤާނޫނީ ވަކީލު ޒިނާސް ދަތުރަށް ތައްޔާރުވުމުން ތިބާއަށް އެހީތެރިވެވެން އޮތް އެންމެ ރަނގަޅަކަށް އެހީތެރި ވާށެވެ. އަދި އެމީހުންގެ ބޭނުންތައް ފުރިހަމަ ކޮށްދެވޭތޯ ބަލާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ