Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 15:29 - ކިތާބުލް މުޤައްދަސާ

29 ނަމަވެސް ތިޔަބައިމީހުން އެއްވެސް އެހެން ކަލާނގެއަކަށް ޤުރުބާން ކޮށް ހުށައެޅިފައި ވާ ކާއެއްޗެއް ކައިގެން ނުވާނެއެވެ. އަދި ތިޔަބައިމީހުން ޖަނަވާރެއްގެ ލޭ ކެއުމަށް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ކަރުއަނބުރާ މަރާލެވިފައިވާ އެއްވެސް ޖަނަވާރެއްގެ މަސް ވެސް ކައިގެންނުވާނެއެވެ. އަދި ޖިންސީ ފާފައެއް ކޮށްގެން ނުވާނެއެވެ. މި ފަދައިން ތިޔަބައިމީހުން ކަން ކުރަނީނަމަ ތިޔަބައިމީހުންގެ ދިރިއުޅުން ރަނގަޅުވެ ރަޙުމަތްލެއްވޭނެއެވެ. ތިޔަ އެންމެންނަށް އަހަރެމެންގެ ފަރާތުން ހެޔޮއެދުން ފޮނުވަމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 15:29
20 ပူးပေါင်းရင်းမြစ်များ  

ދިރޭއެއްޗެއް ކަތިލުމަށް ފަހު އޭގެ ލޭ ބޭރުވެ ހުސްވީމާ ނޫނީ ތިޔަބައިމީހުން އޭގެ މަސް ކައިގެން ނުވާނެ.


އެހެންމީހަކު ވެސް އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑު ކަލޭގެފާނާއި އެކު ދާނަން. ނަމަވެސް ފުރަތަމަ އަޅުގަނޑު ގޮސް އަޅުގަނޑުގެ އާއިލާގެ މީހުންނާއި ހިތްހެޔޮކޮށް ސަލާމް ކޮށްފައި އަންނާނަން.⁠“


އޭގެ ބަދަލުގައި އަހަރެންނަށް ފެންނަނީ އަހަރެމެން އެމީހުންނަށް ސިޓީއެއް ލިޔެ މި ފަދައިން އެންގުމަށް. އެއީ އެމީހުން އެއްވެސް ކަލާނގެއަކަށް ޤުރުބާންކޮށް ހުށައަޅާފައިވާ ކާއެއްޗެހި ނުކެއުމަށާއި އަދި ކަރުއަނބުރާ މަރާލެވޭ ޖަނަވާރުތަކުގެ މަސް ނުކެއުމަށާ އަދި އެއްވެސް ޖަނަވާރެއްގެ ލޭ ނުބުއިމަށާއި އެއްވެސް ކަހަލަ ޖިންސީ ފާފައެއް ނުކުރުމަށް އެންގުމަށް.


ނަމަވެސް އޭނާ އެމީހުންނާ ހިތްހެޔޮކޮށް ދިއުމުގެ ކުރިން ބުންޏެވެ. ”⁠އެއީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ގޮތްނަމަ އަހަރެން އަދި އެނބުރި ކަލޭމެންގެ ގާތަށް އަންނާނަން.⁠“ ދެން ޕައުލް އެފޭސުސްއިން ފުރައިގެން ދިޔައެވެ.


މީގެ ތަންކޮޅެއް ކުރިން ބަނީއިސްރާއީލު މީހުން ނޫން ކަމުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް އަޅުގަނޑުމެން ވާނީ ސިޓީއެއް ފޮނުވާ މި ފަދައިން އަންގާފަ. އަޅުގަނޑުމެން އެމީހުންނަށް އެންގީ އެއްވެސް އެހެން ކަލާނގެއަކަށް ހުށައަޅާ ޚާއްސަކޮށްފައިވާ ކާތަކެތި ނުކެއުމަށް. އަދި ކަތިލެވިފައިވާ ޖަނަވާރެއްގެ މަހުގައި ލޭ ހުއްޓާ އެ މަސް ނުކެއުމަށާއި އަދި ކަރު އަނބުރާލާ މަރާލެވިފައިވާ ޖަނަވާރެއްގެ މަސް ނުކެއުމަށް. އަދި އެއްވެސް ޖިންސީ ފާފައެއް ނުކުރުމަށް.⁠“


އަދި އަޅުގަނޑަށް ބަނީއިސްރާއީލު މީހުން އޭނާ މަރާލަން ރާވާކަން އެނގުމާއި އެކު އަޅުގަނޑު އޭނާ މި ފޮނުވަނީ ތިޔަބޭފުޅާގެ އަރިހަށެވެ. ޕައުލް އާއި ދޭތެރޭ އެމީހުން ކުރަން ބޭނުން ދަޢުވާ އެއް އޮތްނަމަ ތިޔަބޭފުޅާގެ އަރިހަށް ހުށައެޅުމަށް އަޅުގަނޑު ބަނީއިސްރާއީލު މީހުންނަށް އަންގާފީމެވެ.⁠“


މަސީޙީ ޖަމާޢަތުގެ ބޮޑުންގެ މީހަކަށް ހަމަނުޖެހިގެން އަވަސްވެގަނެގެން ނޫޅޭށެވެ. އަދި އެހެން މީހުންގެ ފާފައިގެ ތެރެއަށް ތިބާ ނުވެއްޓި ސާފު ތާހިރުގޮތުގައި ހުންނާށެވެ.


މާތްރަސްކަލާނގެ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުގައި ސާފު އަދި ސައްޙަ ދީނަކީ މުހުތާދެއްގައިވާ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެ އަޅާލުމާއި އަދި ދުނިޔަވީ ނުތާހިރުކަމުން ސަލާމަތް ވެގެން ވުމެވެ.


އަހަރެންގެ ލޯބިވާ ދަރިންނޭވެ! ތިޔަބައިމީހުންގެ ހިތުގައިވާ މާތްކަލާނގެ މަޤާމު އަތުލައިފާނެ ހުރިހާ ވިޔާނުދާ ކަމަކުން ދުރުހެލިވެ ތިބޭށެވެ.


ތިޔަބައިމީހުން ކައްސައިލިޔަނުދީ އެހީތެރިވުމުގެ ކުޅަދާނަކަން ލިބިވޮޑިގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ތިޔަބައިމީހުން ކުށެއް ނެތި މާތްކަލާނގެ ޖަލާލަތުވަންތަ ޙަޟްރަތުގައި އުފަލުން ފުރިގެން ވާނެ ގޮތް މެދުވެރި ކުރައްވަނީ އެކަލާނގެއެވެ.


ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެބަސްވާ ބައެއް ކަންތައްތައް އެބަހުރި. އެއީ ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ބަލާމުގެ އުނގަންނައިދިނުމާއި އެއްގޮތަށް ކަންތައްކުރޭ. ބަލާމު، ބަނީއިސްރާއީލުންގެ މީހުން ލައްވާ ފާފަކުރުވުމަށް ބާލަކަށް ވިސްނައިދިން. އޭގެސަބަބުން އެމީހުން ބުދުތަކަށް ޤުރުބާން ހުށަހެޅުވައިފައިވާ ކާނާ ކައި ޖިންސީ ފާޙިޝް އަމަލުތައް ހިންގި.


ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެކޮޅުވާ ކަމަކީ މިއީ: ތިޔަބައިމީހުން އީޒާބަލްއޭ ކިޔާ އަންހެނާ އާއިމެދު ކެތްތެރިވި. އޭނާ އަމިއްލަ ނަފްސަށް އޭނާއަކީ މާތްރަސްކަލާނގެ ފޮނުއްވި ރަސޫލެއް ކަމަށް ދަޢުވާކުރޭ. އަދި އޭނާގެ އުނގަންނައި ދިނުންތަކުން އަހަރެންގެ ޚާދިމުންނަށް ނުބައިވެގެންވާ މަގު ދައްކުވައި ޖިންސީ ފާފަތަކަށް އަރައިގަތުމަށް އާދަ ކުރުވައި، ބުދުތަކަށް ޤުރުބާން ކުރެވުނު ތަކެތި ކެއުމަށް އެންގި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ