Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 15:28 - ކިތާބުލް މުޤައްދަސާ

28 މި ކަންތައްތައް ފިޔަވާ ތިޔަބައިމީހުންގެ ކޮނޑުގައި ނޫފުލޭ ފަދަ އުނދަގޫ ބުރައެއް އެޅުވުމަކަށް މާތްރޫޙުފުޅު އެދިވަޑައިގެނެއް ނުވެއެވެ. އަހަރެމެން ވެސް އެދެނީ ހަމަ އެ ފަދައިންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 15:28
14 ပူးပေါင်းရင်းမြစ်များ  

އެހެނީ އަހަރެން ތިޔަބައިމީހުންގެ ކަނދުރާގައި އަޅުވާ ލަކުޑިބުރި ލުއިވެފައި އުފުލަން ފަސޭހަ ވާނެ.⁠“


އެބައިމީހުން ހަރުކަށި ގަވާޢިދުތައް ހަދާނެ. އެބައިމީހުންނަށް ކިޔަމަންތެރިވުމަށް މީސްތަކުންނަށް އެބައިމީހުން އަމުރު ކުރާނެ. ނަމަވެސް އެބައިމީހުންގެ ހަރުކަށި ގަވާޢިދުތަކުގައި ހިފެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމަށް އެބައިމީހުން ފުރަގަސްދޭ.


ތެދު ކަމުގައިވާ މާތްރޫޙުފުޅު ކަލޭމެންގެ ކިބައިގައި ވާހިނދު ކަލޭމެންނަށް ފުރިހަމަ ތެދަކީ ކޮބައިކަން ހާމަކޮށްދެއްވާނެ. މާތްރޫޙުފުޅު އަންގަވާނީ އެ ރޫޙުފުޅުގެ އަމިއްލަ ބަސްފުޅުތަކެއް ނޫން. އެއީ އެރޫޙުފުޅަށް އެންގެވޭނެ ބަސްފުޅުތައް. އަދި ފަހުންވާނެ ކަންތައް ވެސް އެރޫޙުފުޅު އަންގަވައި ދެއްވާނެ.


ޔާމިޒު ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، ވީމާއި އަހަރެންނަށް ފެންނަ ގޮތަކީ އީސާގެފާނަށް އީމާންވެގެންތިބި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ކޮނޑުގައި ބުރަތައް ނާޅުވާ އެމީހުންނަށް އުނދަގޫ ނުކުރުން.


އެހެން ކަމުން އަހަރެމެން އެންމެން އެއްބަސްވީ އަހަރެމެންގެ ތެރެއިން ވަކި ބަޔަކު ހޮވާ ތިޔަބައިމީހުންގެ ގާތަށް ފޮނުވުމަށޭވެ. އެމީހުން ދާނީ އަހަރެމެންގެ ލޮބުވެތި އެކުވެރިން ކަމުގައިވާ ޕައުލް އާއި ބަރުނައްބާސް އާއި އެކުގައެވެ.


ދެން އެންމެންގެ ވެސް ހިތުގެއަޑި ދެނެވޮޑިގެންވާ މާތްރަސްކަލާނގެ އެބައިމީހުންގެ އީމާންކަން ދެނެވޮޑިގެން ވާކަން ފާޅުކުރެއްވި. އެކަލާނގެ މާތްރޫޙުފުޅު ހަމަ އަހަރެމެންނަށް ވެސް ދެއްވި ފަދައިން އެ ރޫޙުފުޅު އެމީހުންނަށް ވެސް ދެއްވާ އެކަލާނގެ މި ކަން ހާމަކުރެއްވި.


އެމީހުން އެހިސާބުގެ ރަށްތަކުގެ ތެރޭގައި ދަތުރުކޮށް ގޮސް އެތަންތާގައިވާ އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް ޖެރޫސަލަމުގައި އީސާގެފާނުގެ މަންދޫބުންނާ ޖަމާޢަތުގެ ބޮޑުން އެއްބަސްވި ހުރިހާ ގަވާއިދުތަކެއް އަންގައިދީ ކިޔާދެމުން ދިޔައެވެ.


އަޅުގަނޑުމެން އެންމެންނަކީ މި ކަންތައްތައް ލޮލުންދެކި އެކަމުގެ މައްޗަށް ހެކިވާ މީހުން. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންވާ މީހުންނަށް އެކަލާނގެ ދެއްވާ މާތްރޫޙުފުޅު ވެސް މިހުރިހާ ކަމަކީ ތެދުކަމަށް ހެކިވޭ.⁠“


އެހެންވީމާ، މި އުނގަންނައިދިނުން ތަކާއިމެދު ދެކޮޅުހަދާ މީހަކީ މާތްރަސްކަލާނގެ ކިބަފުޅަށް އުރެދިގެންވާ މީހެކެވެ. އެހެނީ މި އުނގަންނައި ދިނުމަކީ އާދައިގެ އިންސާނީ އުނގަންނައި ދިނުމެއް ނޫނެވެ. އެމީހަކު އެދެކޮޅުވެރި ވެގަންނަނީ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި މާތްރަސްކަލާނގެއާ އެވެ.


ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.


ތިޔާތިރާގެ މީސްތަކުންގެ ތެރެއިން އީޒާބަލްގެ އުނގަންނައިދިނުންތަކަށް އީމާން ނުވެ އަދި ޝައިތާނާގެ ފުންމިން ނޭނގޭ ސިއްރުތަކޭ އެ ކިޔާ ބަސްތަކަށް ތަބާނުވެތިބި މީހުންނަށް ބުނަން. އަހަރެން އިތުރަށް ތިޔަބައިމީހުންނަށް ބުރައެއް ނުޖައްސާނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ