Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 15:24 - ކިތާބުލް މުޤައްދަސާ

24 އަހަރެމެންނަށް އެނގިފައިވާ ގޮތުގައި އަހަރެމެންގެ ތެރެއިން ބަޔަކު ތިޔަބައިމީހުންގެ ގާތަށް ގޮސް އެމީހުންގެ ބަސްތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އުނދަގުލާއި ހާސްކަން ލިބިއްޖެއެވެ. ނަމަވެސް އެމީހުން އެއީ އަހަރެމެން ފޮނުވައިގެން ތިޔަބައިމީހުންގެ ގާތަށް ދިޔަ ބަޔެއް ނޫނެވެ. އަދި އެމީހުން އެކަން ކުރީކީ ވެސް އަހަރެމެން ރުހޭގޮތަކަށް ނޫނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 15:24
12 ပူးပေါင်းရင်းမြစ်များ  

ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުގައި ވަނިކޮށް ޖުދެއާއިން ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ ބަޔަކު އެ ރަށަށް އައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގާތުގައި މިމީހުން ބުންޏެވެ. ”⁠މޫސާގެފާނަށް މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ޚިތާނު ނުކުރެވޭ މީހުންނަކަށް ދިންނެވުމެއް ނުލިބޭނެ.⁠“


ތެދުމަގު ލިބޭ ހެޔޮޚަބަރުފުޅަކީ ހަމަ އެންމެ ޚަބަރެކެވެ. ނަމަވެސް މިހާރު ބަޔަކު މީހުން ކަލޭމެންނަށް އޮޅުވާލައި އީސާގެފާނު ދެއްވި ހެޔޮބަރުފުޅު ބަދަލުކޮށްލަން އެބަ މަސައްކަތްކުރެއެވެ.


ނަމަވެސް ކަލޭމެން ތިއީ މާތްސާހިބާގެ މިލްކެކެވެ. އެހެންކަމުން ކަލޭމެން ވެސް ހަމަ އަހަރެންނެކޭ އެއްފަދައިން، މިކަންތައްތަކާ ދޭތެރޭ ދެކޭނެ ކަމުގެ އިތުބާރު، އަހަރެންނަށް އެބައޮތެވެ. އަދި ކަލޭމެންނަށް އޮޅުވާލަން އުޅުނު މީހަކަށް، މާތްރަސްކަލާނގެ އެކަމުގެ ސަޒާދެއްވާނެއެވެ.


ކަލޭމެން ޚިތާނު ކުރަން އެއުޅޭ މީހުން، އެމީހުންގެ އެގުނަވަން، އެއްކޮށް ބުރިކޮށްލިޔަސް އަހަންނަށް ހެވެވެ.


އަދި ކަލޭމެން އެ އަމުރުފުޅުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަންތައް ކޮށްގެން މާތްރަސްކަލާނގެ ރުއްސެވުން ހޯދަން އުޅެނީނަމަ، ކަލޭމެން ތިޔަވަނީ އަލްމަސީޙާއި ވަކިވެފައެވެ. އަދި، ކަލޭމެން ތިޔަވަނީ، މާތްރަސްކަލާނގެ ނިޢުމަތްފުޅުން ވެސް ބޭރުވެފައެވެ.


މީސްތަކުންނަށް މިކަންތައް ހަނދާން ކޮށްދޭށެވެ. މާތްރަސްކަލާނގެ ނަންފުޅުމަތީގައި އެބައިމީހުންނަށް އަމުރުކޮށް، ބަސްބަހުގެ މާނައާ މެދު ދެބަސްވުންތައް ދޫކޮށްލުމަށް އަންގާށެވެ. މިފަދަ ދެބަސްވުމަކީ ބޭކާރުކަމެކެވެ. އަދި އެފަދަ ދެބަސްވުންތައް އަޑުއަހާނަމަ އެބަޔަކު ބަރުބާދު ވެދާނެއެވެ.


އެބައިމީހުން އަހަރެމެންގެ ޖަމާޢަތް ދޫކޮށް ދިޔައީ އެބައިމީހުންނަކީ ޙަޤީޤަތުގައި އަހަރެމެންގެ ތެރެއިން ހިމެނިގެންވާ ބައެއް ކަމުގައި ނުވާތީ އެވެ. އެހެން ނޫންނަމަ އެބައިމީހުން އަހަރެމެންނާއި އެކުގައި ތިބީހެވެ. އެހެނީ އެބައިމީހުން ދިއުމުން، އެބައިމީހުންނަކީ އަހަރެމެންގެ ތެރެއިން ހިމެނިގެންނުވާ ބައެއްކަން ސާބިތުވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ