Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 15:20 - ކިތާބުލް މުޤައްދަސާ

20 އޭގެ ބަދަލުގައި އަހަރެންނަށް ފެންނަނީ އަހަރެމެން އެމީހުންނަށް ސިޓީއެއް ލިޔެ މި ފަދައިން އެންގުމަށް. އެއީ އެމީހުން އެއްވެސް ކަލާނގެއަކަށް ޤުރުބާންކޮށް ހުށައަޅާފައިވާ ކާއެއްޗެހި ނުކެއުމަށާއި އަދި ކަރުއަނބުރާ މަރާލެވޭ ޖަނަވާރުތަކުގެ މަސް ނުކެއުމަށާ އަދި އެއްވެސް ޖަނަވާރެއްގެ ލޭ ނުބުއިމަށާއި އެއްވެސް ކަހަލަ ޖިންސީ ފާފައެއް ނުކުރުމަށް އެންގުމަށް.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 15:20
47 ပူးပေါင်းရင်းမြစ်များ  

އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އާއިލާ އަށާއި އަދި އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެންނަށް މިފަދައިން އެންގެވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައިވާނަމަ ވާހައި ބުދުގެ ކަލާނގެތައް އެއްތަންކޮށް އެތަކެތި ނެތިކޮށްލާ. އަދި ތިޔަބައިމީހުން ތާހިރުވެ އަންނައުނު ބަދަލު ކުރުމަށް ފަހު މާތްކަލާނގެއަށް އަޅުކަން ކުރުމަށް ތައްޔާރުވޭ.


ދިރޭއެއްޗެއް ކަތިލުމަށް ފަހު އޭގެ ލޭ ބޭރުވެ ހުސްވީމާ ނޫނީ ތިޔަބައިމީހުން އޭގެ މަސް ކައިގެން ނުވާނެ.


ކަލޭމެން ހަނދާން ކުރާށޭ، ރަނުން ވެސް ރިހިން ވެސް ތިމަންކަލާނގެ ބަދަލުގައި އަޅުކަން ކުރާނެ އިލާހެއް ކަލޭމެން ތައްޔާރު ނުކުރާށޭ.


ނަމަވެސް ތިޔަބައިމީހުން އެއްވެސް އެހެން ކަލާނގެއަކަށް ޤުރުބާން ކޮށް ހުށައެޅިފައި ވާ ކާއެއްޗެއް ކައިގެން ނުވާނެއެވެ. އަދި ތިޔަބައިމީހުން ޖަނަވާރެއްގެ ލޭ ކެއުމަށް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ކަރުއަނބުރާ މަރާލެވިފައިވާ އެއްވެސް ޖަނަވާރެއްގެ މަސް ވެސް ކައިގެންނުވާނެއެވެ. އަދި ޖިންސީ ފާފައެއް ކޮށްގެން ނުވާނެއެވެ. މި ފަދައިން ތިޔަބައިމީހުން ކަން ކުރަނީނަމަ ތިޔަބައިމީހުންގެ ދިރިއުޅުން ރަނގަޅުވެ ރަޙުމަތްލެއްވޭނެއެވެ. ތިޔަ އެންމެންނަށް އަހަރެމެންގެ ފަރާތުން ހެޔޮއެދުން ފޮނުވަމެވެ.


މީގެ ތަންކޮޅެއް ކުރިން ބަނީއިސްރާއީލު މީހުން ނޫން ކަމުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް އަޅުގަނޑުމެން ވާނީ ސިޓީއެއް ފޮނުވާ މި ފަދައިން އަންގާފަ. އަޅުގަނޑުމެން އެމީހުންނަށް އެންގީ އެއްވެސް އެހެން ކަލާނގެއަކަށް ހުށައަޅާ ޚާއްސަކޮށްފައިވާ ކާތަކެތި ނުކެއުމަށް. އަދި ކަތިލެވިފައިވާ ޖަނަވާރެއްގެ މަހުގައި ލޭ ހުއްޓާ އެ މަސް ނުކެއުމަށާއި އަދި ކަރު އަނބުރާލާ މަރާލެވިފައިވާ ޖަނަވާރެއްގެ މަސް ނުކެއުމަށް. އަދި އެއްވެސް ޖިންސީ ފާފައެއް ނުކުރުމަށް.⁠“


ކަލޭމެންގެ އަމިއްލަ ނަފްސުގެ އެދުންތަކާ އެއްފަދައިން ކަންތައް ކުރާނަމަ އޭގެ ނަތީޖާއެއްގެ ގޮތުން ކަލޭމެންގެ ދިރިއުޅުމުގައި ފެންނާނީ މިފަދަ ސިފަތަކާއި އަމަލު ތަކެވެ: ޖިންސީގޮތުން ހިންގޭ ނުބައި ގުޅުންތައް، ހިތުގައި އުފެދޭ ނުބައި ނުލަފާ ޚިޔާލުތައް، ވަޙުޝީ ނުބައި އަމަލުތައް ކުރުމަށް ޝައުޤުވެރިވުން،


ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ ބައެކެވެ. އެހެންވީމާ، ތިޔަބައިމީހުންގެ ތެރޭގައި ޖިންސީ ފާފަވެރިކަން އަދި ނުތާހިރު ދިރިއުޅުން އަދި ދަހިވެތިކަން ވުމަކީ އެއްގޮތަކަށް ވެސް ހުރެގެންވާނެ ކަންތައްތަކެއް ނޫނެވެ.


އެހެންވީމާ، ތިޔަބައިމީހުންގެ ހަވާނަފްސުގެ އެދުންތައް މަރާ ލާށެވެ. ފާޙިޝް އަމަލުތަކާއި ނުތާހިރުކަންކަމާއި ޝަހުވަތުގެ ބޭނުންތަކާއި އަދި ހުރިހާ ބާވަތެއްގެ ނުބައިވެގެންވީ ހިތުގެ އެދުންތަކާއި ދަހިވެތިކަމާއި ދުރުހެލިވެ ތިބޭށެވެ. ދަހިވެތިކަމަކީ ބުދަށް އަޅުކަން ކުރުން ފަދަ ކަމެކެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ ތިޔަބައިމީހުން މާތް ބައެއްގެ ގޮތުގައި ވުމަށެވެ. އަދި ޖިންސީ ފާފަތަކުން ދުރުވެގެން ވުމަށެވެ.


އަދި ޢީސޫ ފަދަ ހަމައެއް ނެތް، ކަލެއް ނެތް ވަހުޝީ މީހަކަށް ނުވާށެވެ. ހަމަ އެކަނި އެންމެ ކާއެތިކޮޅަކަށްޓަކައި ދޮށީދަރީގެ ޙައްޤު އޭނާ ދޫކޮށްލިއެވެ.


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


ކަލާނގެވަންތަކަން ގަބޫލުނުކުރާ ފަރާތްތަކުން މާޒީގައި އުފާކުރި ކަންތައްތަކުގައި ތިޔަބައިމީހުންގެ ވަގުތުތައް ވެސް ވަނީ ބޭކާރު ކޮށްލާފައެވެ. ޖިންސީ ފާފަވެރިކަމާއި، ފާޙިޝް އެދުންތަކާއި، މަސްތުވުމާއި، ދިޔޯގެކުޅި ކުޅުމާއި، މަސްތުވުމަށްޓަކައި ބޮޑެތި ޖާފަތްތައް ބޭއްވުމާއި އަދި މާތްރަސްކަލާނގެ ފިޔަވައި އެހެނިހެން ތަކެއްޗަށް އަޅުކަން ކޮށްފައެވެ.


ހުޅުވާލެވިފައިވާ ކުޑަ ފޮތެއް އެ މަލާއިކަތާގެ އަތްޕުޅުގައި ވިއެވެ. އެ މަލާއިކަތާގެ ކަނާތު ފައިންޕުޅު ކަނޑުގައި ބަހައްޓަވައި އަދި ވައަތު ފައިންޕުޅު އެއްގަމުގައި ބެހެއްޓެވިއެވެ.


އެއަށް ފަހު އަހަރެންނަށް އަޑު އިވިގެން ދިޔައީ ކުރީ ފަހަރު އުޑުން ވާހަކަ ދެއްކެވި އަޑު އަނެއްކާވެސް އަހަރެންނަށް ވިދާޅުވަނިކޮށެވެ. އެ އަޑު ވިދާޅުވިއެވެ. ”⁠ކަނޑުގައްޔާއި އަދި އެއްގަމުގައި ކޮއްޅަށް ހުންނެވި މަލާއިކަތާގެ އަތްޕުޅުގައިވި ހުޅުވާލެވިފައިވާ ފޮތް ގޮސް ނަގާ.⁠“


ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެބަސްވާ ބައެއް ކަންތައްތައް އެބަހުރި. އެއީ ތިޔަބައިމީހުންގެ ތެރެއިން ބަޔަކު ބަލާމުގެ އުނގަންނައިދިނުމާއި އެއްގޮތަށް ކަންތައްކުރޭ. ބަލާމު، ބަނީއިސްރާއީލުންގެ މީހުން ލައްވާ ފާފަކުރުވުމަށް ބާލަކަށް ވިސްނައިދިން. އޭގެސަބަބުން އެމީހުން ބުދުތަކަށް ޤުރުބާން ހުށަހެޅުވައިފައިވާ ކާނާ ކައި ޖިންސީ ފާޙިޝް އަމަލުތައް ހިންގި.


ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެކޮޅުވާ ކަމަކީ މިއީ: ތިޔަބައިމީހުން އީޒާބަލްއޭ ކިޔާ އަންހެނާ އާއިމެދު ކެތްތެރިވި. އޭނާ އަމިއްލަ ނަފްސަށް އޭނާއަކީ މާތްރަސްކަލާނގެ ފޮނުއްވި ރަސޫލެއް ކަމަށް ދަޢުވާކުރޭ. އަދި އޭނާގެ އުނގަންނައި ދިނުންތަކުން އަހަރެންގެ ޚާދިމުންނަށް ނުބައިވެގެންވާ މަގު ދައްކުވައި ޖިންސީ ފާފަތަކަށް އަރައިގަތުމަށް އާދަ ކުރުވައި، ބުދުތަކަށް ޤުރުބާން ކުރެވުނު ތަކެތި ކެއުމަށް އެންގި.


މި މުސީބާތްތަކުން މަރުނުވެ ތިބި މީސްތަކުން އެބައިމީހުންގެ އަތުން ހަދާފައިވާ އެއްޗިއްސަށް އަޅުކަން ކުރުން ހުއްޓައި އެމީހުންގެ ފާފަތަކަށް ތައުބާ ނުމެވިއެވެ. އެމީހުން ޖިންނިތަކަށާއި ނުވަތަ ރަނާއި ރިހިންނާއި، ކަފުލޮއިންނާއި ހިލައިގެ އިތުރުން އަދި ލަކުޑިން ހަދާފައިވާ ބުދުތަކަށް އަޅުކަން ކުރުން ނުމެ ހުއްޓިމެއެވެ. އެތަކެއްޗަކީ ފެނުމެއް ލިބިގެންނުވާ އަދި އިވުމެއްނުވާ އަދި ނުހިނގޭ ތަކެއްޗެވެ.


އިރުއޮއްސުމާއެކު އެމީހުން ބަޑުހައިގެންފައިވާ ވަރުން ފިލިސްޠީނުންގެ އަތުން އަތުލައިގަތް ގެރިބަކަރި ކަންބަޅި ކަތިލައި އޭގެ ލޭ ވެސް ފިލުވާނުލާ ކައިގެންފިއެވެ.


ދެން މީހަކު އައިސް ޝާއުލްގެފާނުގާތު ދެންނެވިއެވެ. ”⁠ނިކަން ދެކެވަޑައިގެން ބައްލަވަ! އެމީހުން އެތިބަ ކައިގަތީ ލޭ ވެސް ފިލުވާނުލައި. އެމީހުން މާތްރަސްކަލާނގެ ކިބަފުޅަށް އެކުރަނީ ކިހާވަރެއްގެ ބޮޑު ފާފައެއް.⁠“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ކުރީ ވަރަށް ބޮޑު ފާފައެއް. ކަލޭމެން ތިޔަ މަސްތައް ކައިގަތީ ލޭ ވެސް ނުފިލުވާ. އަވަހަށް މިތަނަށް ބޮޑު ގަލެއް ފުރޮޅައިގެން ގެނޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ