މަންދޫބުންގެ މަސައްކަތް 15:17 - ކިތާބުލް މުޤައްދަސާ17 ދެން އޭރުން ދުނިޔޭގެ އެހެން ޤައުމުތައް ވެސް ތިމަންކަލާނގެ ކިބަފުޅަށް އެނބުރޭނޭ. އަދި އޭރުން އެމީހުން ވާނީ ތިމަންކަލާނގެ ޚާއްސަކުރެއްވި ތިމަންކަލާނގެ މީސްތަކުންނަށޭ. މިއީ ތިމަންކަލާނގެ ބަސްފުޅޭ. အခန်းကိုကြည့်ပါ။ |
އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި. މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު. މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.“