މަންދޫބުންގެ މަސައްކަތް 15:14 - ކިތާބުލް މުޤައްދަސާ14 ސިމިޔާނު ޕަތަރަސް ހަމަދެންމެ އަހަރެމެންނަށް އެ ކިޔާ ދިނީ އެންމެ ފުރަތަމަ ފަހަރު މާތްރަސްކަލާނގެ އެކަލާނގެ ލޯބިފުޅު ބަނީއިސްރާއީލު މީހުން ނޫން އެހެން މީހުންނަށް ދައްކަވާ، އެމީހުން ވެސް އެއީ އެކަލާނގެ މީސްތަކުންގެ ތެރެއިން ވާ ބަޔަކު ކަމުގައި ލެއްވި ގޮތުގެ ވާހަކަ. އެންމެފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންގެ ތެރެއިން ބަޔަކު އެކަލާނގެ މީސްތަކުންގެ ގޮތުގައި އެކަލާނގެ ހޮއްވަވައިފި. အခန်းကိုကြည့်ပါ။ |
އެދުވަސްވަރު ސިމިއޯން އޭ ކިޔުނު މީހަކު ޖެރޫސަލަމުގައި އުޅުނެވެ. މީނާއަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަން ވާ ތެދުވެރި ކަމާއިއެކު އެކަންތައްތައް އަދާކުރަމުން ގެންދާ މީހެކެވެ. އޭނާ ހުރީ ބަނީއިސްރާއީލު މީހުންގެ އުނދަގޫތައް ލުއިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަލޭގެފާނުގެ އިންތިޒާރުގައެވެ. މާތްރޫޙުފުޅުގެ އެހީފުޅު އޭނާއާއި އެކުގައިވިއެވެ.
މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.