Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 15:10 - ކިތާބުލް މުޤައްދަސާ

10 މި ފަދައިން ކަންތައް ހުރި އިރު މިހާރު އަނެއްކާ ތިޔަބައިމީހުން ބަނީއިސްރާއީލު މީހުން ނޫން އެހެން އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ކަރުގައި މި ފަދަ ބަރުދަނެއް އަޅުވާ މާތްރަސްކަލާނގެ ކޯފާ ލިބިގަތުމަށް ތިޔަ އުޅެނީ އަޅެ ކީއްވެ؟ ތިޔަ ބަރުދަނަކީ އަހަރެމެންގެ ކާބަފައިންނަށް ވެސް އަދި އަހަރެމެންނަށް ވެސް އުފުލިފައި ނުވާ ބަރުދަނެއް ނޫންތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 15:10
11 ပူးပေါင်းရင်းမြစ်များ  

އެހެންވެ އަނެއްކާވެސް އެމީހުން މޫސާގެފާނާ ޝަކުވާ ކުރިއެވެ. ”⁠އަހަރެމެންނަށް ބޯފެން ދީ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަންނާ ތިޔަ ޝަކުވާ ކުރަނީ ކީއްވެތަ؟ ކަލޭމެން މާތްރަސްކަލާނގެ އިމްތިޙާނު ކުރަން ތިޔަ އުޅެނީ ކީއްވެތަ؟⁠“


އެބައިމީހުން ހަރުކަށި ގަވާޢިދުތައް ހަދާނެ. އެބައިމީހުންނަށް ކިޔަމަންތެރިވުމަށް މީސްތަކުންނަށް އެބައިމީހުން އަމުރު ކުރާނެ. ނަމަވެސް އެބައިމީހުންގެ ހަރުކަށި ގަވާޢިދުތަކުގައި ހިފެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމަށް އެބައިމީހުން ފުރަގަސްދޭ.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ވެސް ބަޔާންވެގެންވޭ. ’⁠ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެ އަޖުމަ ބަލަން ނޫޅޭށޭ.⁠‘⁠“


ޕަތަރަސް އޭނާއަށް ބުންޏެވެ. ”⁠ކަލޭމެން ދެމީހުން އެއްބަސްވެ އަޅެ ތި ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭމެން ދެމީހުން އެއްބަސްވެ މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އަޖުމަ ބެލުމަށް ތިޔަ ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭގެ ފިރިމީހާ އަނާނިޔާހު ވަޅުލި މީހުން އެ ތިބަ އައިސް ވަންނަނީ. އެމީހުން ކަލޭ ވެސް ގެންދާނެ.⁠“


ނަމަވެސް މިހާރު ކަލޭމެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން އެނގިއްޖެއެވެ. ނުވަތަ އެހެންގޮތަކަށް ބުނާނަމަ މާތްރަސްކަލާނގެ ކަލޭމެން ދެނެވޮޑިގެންފިއެވެ. ވީއިރު އަނެއްކާ ކަލޭމެން ކުރީގެ ގޮތްތަކަށް އެނބުރި ގޮސް، ދުނިޔޭގައި ވެރިކަން ހިންގަމުން ދާ ބާރެއް ނެތް ބޭކާރު ރޫޙުތަކެއްގެ ދަށުވުމަށް ދާން ތިޔަ އުޅެނީ ކީއްވެހެއްޔެވެ؟ އަނެއްކާވެސް ކަލޭމެން ބޭނުމީ އެތަކެތީގެ އަޅުންނަށް ވުމަށްހެއްޔެވެ؟


އީސާ އަލްމަސީޙު އަހަރެމެން މިނިވަން ކުރައްވައިފިއެވެ. ވީމާ އެނބުރި އަނެއްކާ އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަޅީގައިޖެހި އަޅުވެތި ނުވެ މިނިވަންކަން މަތީ ތިބޭށެވެ.


އެހެނީ ސާޅީސް އަހަރުވަންދެން އެމީހުން ތިމަންކަލާނގެ ކެތްތެރިކަން އަޖުމަބަލަމުން ދިޔައެވެ. އެއީ ސާޅީސް އަހަރު ވަންދެން ތިމަންކަލާނގެ މުޢުޖިޒާތްތައް އެމީހުންނަށް ފެންނަމުން ދިޔަ އިރު ވެސް މެއެވެ.


މިއަދު ވެސް މިކަމުން ދައްކަދެނީ އެމާނަ އެވެ. އެއީ އަހަރެމެން ކިތަންމެވަރަކަށް ހަދިޔާތަކާއި ޤުރުބާނީ ވެދުން ކުރިޔަކަސް އަހަރެމެންގެ ޒަމީރަށް ހަމަޖެހުމެއް ނުލިބޭނެކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ