Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 14:8 - ކިތާބުލް މުޤައްދަސާ

8 ޕައުލް އާއި ބަރުނައްބާސް ލިސްތުރާގައި ވަނިކޮށް އެ ރަށުގައި ވީ ވާބަލި ޖެހިފައިވީ ފިރިހެނަކާއި ދިމާވިއެވެ. މިމީހާއަކީ ވިހޭއިރު ވެސް ވާބަލި ޖެހިފައިވީ މީހެކެވެ. އެހެން ކަމުން އޭނާ އަށް ދުވަހަކު ވެސް ނިހިނގެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 14:8
9 ပူးပေါင်းရင်းမြစ်များ  

މި ބަލިމީހާ ޖަވާބުގައި ދެންނެވިއެވެ. ”⁠ސާހިބާ! ފެންގަނޑު އުތުރި އަރާ އެއްވެސްފަހަރު އަޅުގަނޑު ވެވުގެ ތެރެއަށް ލާދޭނެ މީހަކު ނުވޭ. އަޅުގަނޑު ގޮސްގޮސް އޮއްވާ ކޮންމެވެސް އެހެން މީހަކު އަބަދުވެސް އަޅުގަނޑަށް ވުރެ ކުރިން ގޮސް އެރޭ.⁠“


އެ ރަށުގައި އެމީހުން ހެޔޮޚަބަރުފުޅު މީސްތަކުންނަށް ކިޔާދިނެވެ. އަދި އެ ރަށުގެ އެތައް ބަޔަކު އީސާގެފާނަށް އީމާންވިއެވެ. ދެން އަނެއްކާ ޕައުލް އާއި ބަރުނައްބާސް އެނބުރި ލިސްތުރާ އަށާއި އިކޯނިޔުމް އަށާ އަދި ޕިސީދިޔާގެ އަންތީޔޮކުއަށް ދިޔައެވެ.


ޕައުލް އަށާއި ބަރުނައްބާސްއަށް މި ކަންތައް އެނގުމާއެކު އެ ރަށުން ފިލައިގެން ދިޔައެވެ. އެމީހުން ދަތުރުކޮށް ދިޔައީ ލިކައޯނިޔާ ސަރަހައްދުގެ ދެ ރަށް ކަމަށްވާ ލިސްތުރާ އާއި ދެރުބޭ އަށާ އެ ދެ ރަށުގެ ވަށައިގެންވާ ސަރަހައްދުގެ ހިސާބުތަކަށެވެ.


ޕައުލް އާއި ސިލާހު ދަތުރުކޮށް ދެރުބޭ އާއި ލިސްތުރާއަށް ދިޔައެވެ. އެ ރަށުގައި ތިމޮތީ އޭކިޔުނު އީސާގެފާނަށް އީމާންވެގެންވީ މީހަކު ވިއެވެ. އޭނާގެ މަންމައަކީ ވެސް އީސާގެފާނަށް އީމާންވެގެންވީ މީހެކެވެ. އޭނާގެ މަންމަ އަކީ ބަނީއިސްރާއީލު މީހެކެވެ. އެހެން ނަމަވެސް އޭނާގެ ބައްޕައަކީ ގުރީކު މީހެކެވެ.


ބައިތުލް މަޤްދިސްގެ އެއް ދޮރާށި ކަމުގައި ވީ ރީތި ދޮރާއްޓޭ ކިޔުނު ދޮރާށި ކާރީގައި ވިހޭއްސުރެން ދެ ފައި ވާވެފައިވީ މީހަކު ވިއެވެ. ކޮންމެސް މީހަކު މިމީހާ ކޮންމެ ދުވަހަކު ވެސް އެތަނަށް ގެނެއެވެ. މިމީހާ އެ ދޮރާށީގެ ކައިރީގައި އިންނަނީ ބައިތުލް މަޤްދިސަށް އަޅުކަން ކުރަން އަންނަ މީހުންނަށް ސަލާން ޖެހުމަށެވެ.


އަޅުގަނޑުމެންނާއި މިއަދު ސުވާލު ތިޔަ ކުރެވެނީ ވާވެފައިވާ ނުހިނގޭ މީހަކަށް ކޮށްދެވުނު ހެޔޮކަމަކާއި ބެހޭ ގޮތުން ތޯ؟ އަޅުގަނޑުމެން ކުރެން ތި ސުވާލު ކުރެވެނީ އޭނާ ރަނގަޅު ކުރީ ކާކުކަމާއި ބެހޭ ގޮތުން ތޯ؟


ބޭއިންސާފުން އަހަންނަށް އަނިޔާ ލިބި ވޭނުގައި ވީއިރު ވެސް އަހަރެން މި މަސައްކަތުގައި ކުރިޔަށް ދިޔަކަމާއި އަދި ބެއިންސާފުން އަހަންނަށް ޕިސީދިޔާގެ އަންތީޔޮކު، އިކޯނިޔުމް، ލިސްތުރާގައި ލިބުނު އަނިޔާ ތިބާއަށް ރަނގަޅަށް އެނގިގެންވާނެއެވެ. މާތްސާހިބާ އެ ހުރިހާ މުސީބާތްތަކުން އަހަރެން ސަލާމަތް ކޮށްދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ