Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 14:7 - ކިތާބުލް މުޤައްދަސާ

7 އަދި އެތަންތަނުގައި އެމީހުން ހެޔޮޚަބަރުފުޅު މީސްތަކުންނަށް އަންގައިދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 14:7
8 ပူးပေါင်းရင်းမြစ်များ  

އިސްތިފާނު މަރާލި މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި އެހެން މީހުންނަށް ވެސް ވަރަށް ގިނަ އުނދަގޫތަކާ އަނިޔާތައް ދިނެވެ. އެކަމުގެ ސަބަބުން އީސާގެފާނަށް އީމާންވެގެން ތިބި ވަރަށް ގިނަ ބަޔަކު ވަކި ވަކި ވެ ވިއްސިވިހަވާލި ވެގެން ދިޔައެވެ. މީގެ ތެރެއިން ބައެއްމީހުން ފެނީސިޔާއާއި ސައިޕުރަސް އާއި އަންތީޔޮކުގައި ދަތުރުކޮށް އީސާގެފާނާއި ބެހޭ ޚަބަރުފުޅުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ. ނަމަވެސް މިމީހުން މި ކަންތައްތައް އަންގައިދީ ވާހަކަދައްކާ އުޅުނީ ހަމައެކަނި ބަނީއިސްރާއީލު މީހުންނާއެވެ.


”⁠އޭ އެކުވެރިންނޭ، ކަލޭމެން ތިޔަ ފަދައިން ތިޔަ ކަން ކުރަނީ އަޅެ ކީއްވެ؟ އަހަރެމެން ވެސް މިއީ ހަމަ ކަލޭމެން ފަދަ އިންސާނުން. އަހަރެމެން މި ރަށަށް މި އައީ ތިޔަބައިމީހުންނަށް މި ކަހަލަ ފައިދާއެއް ނެތް ކަންތައްތަކުން ދުރުވެ ދިރިވޮޑިގެންވާ ކަލާނގެ ކިބަފުޅަށް އެނބުރުމުގެ ހެޔޮޚަބަރުފުޅު ދިނުމަށް. އެކަލާނގެއީ އުޑާއިބިމާ ކަނޑާއި އަދި އެތަންތަނުގައިވާ ހުރިހާ އެއްޗެއް ހެއްދެވި ކަލާނގެ.


އެ ރަށުގައި އެމީހުން ހެޔޮޚަބަރުފުޅު މީސްތަކުންނަށް ކިޔާދިނެވެ. އަދި އެ ރަށުގެ އެތައް ބަޔަކު އީސާގެފާނަށް އީމާންވިއެވެ. ދެން އަނެއްކާ ޕައުލް އާއި ބަރުނައްބާސް އެނބުރި ލިސްތުރާ އަށާއި އިކޯނިޔުމް އަށާ އަދި ޕިސީދިޔާގެ އަންތީޔޮކުއަށް ދިޔައެވެ.


ހަމަ ޕައުލްއަށް މި ފަދައިން ފެނުމާއިއެކު އަހަރެމެން މެސެޑޯނިޔާގެ ސަރަހައްދަށް ދިއުމަށް ތައްޔާރު ވީމެވެ. އެއީ އަހަރެމެން ގަސްތު ކުރި ގޮތުގައި މާތްރަސްކަލާނގެ އެދިވޮޑިގެން ވަނީ ހެޔޮޚަބަރުފުޅު ދިނުމަށް އަހަރެމެން އެ ރަށަށް ދިއުމަށެވެ.


ޕައުލް އަބަދުވެސް ސަބަތުގެ ދުވަހު ކަންތައް ކުރާ އާދައިގެ މަތިން ޖެހިގެން އައި ސަބަތު ދުވަހު ވެސް އޭނާ އެ ދީނީ މަރުކަޒަށް ދިޔައެވެ. އަދި މި ގޮތުގެ މަތިން ތިން ސަބަތު އޭނާ އެތަނުގައި މީސްތަކުންނާއި ވާހަކަދައްކާ ހެދިއެވެ. ޕައުލް މާތްރަސްކަލާނގެ ބާވައިލެއްވިގެންވާ ފޮތްތަކުގެ ބައިތަކުން ކިޔާދީ މީސްތަކުންނަށް ބަޔާންކޮށް އަންގައިދިނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާ ފަރާތް ކަމުގައިވާ އަލްމަސީޙަށް އަނިޔާލިބި މަރުވުމަށް ފަހު އަލުން ދިރުއްވޭނެ ކަމުގައެވެ. ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠އަހަރެން ކަލޭމެން ގާތު އެބޭކަލެއްގެ ވާހަކަ މިބުނި އީސާގެފާނަކީ މާތްރަސްކަލާނގެ ފޮނުއްވި އަލްމަސީޙު.⁠“


ނަމަވެސް އެކިތަންތަނަށް ބެހިބެހިގެން ދިޔަ އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުން އެކަލޭގެފާނާއި ބެހޭ ޚަބަރުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގަމުން ދިޔައެވެ.


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.


މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ