Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 14:26 - ކިތާބުލް މުޤައްދަސާ

26 ދެން އެ ރަށުން އޮޑިއެއްގައި ދަތުރުކޮށް އެމީހުން ދިޔައީ ސޫރިޔާގެ އަންތީޔޮކުއަށެވެ. މި ރަށަކީ އެމީހުން އެ މަސައްކަތެއް ކޮށް ނިންމާފައި އެއާ މަސައްކަތް އެމީހުންނާއި ހަވާލުކޮށް މާތްރަސްކަލާނގެ އެހީފުޅުގެ ދަށުން އެމީހުން އެ މަސައްކަތުގެ ދަތުރަށް ފެށި ރަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 14:26
22 ပူးပေါင်းရင်းမြစ်များ  

އިސްތިފާނު މަރާލި މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި އެހެން މީހުންނަށް ވެސް ވަރަށް ގިނަ އުނދަގޫތަކާ އަނިޔާތައް ދިނެވެ. އެކަމުގެ ސަބަބުން އީސާގެފާނަށް އީމާންވެގެން ތިބި ވަރަށް ގިނަ ބަޔަކު ވަކި ވަކި ވެ ވިއްސިވިހަވާލި ވެގެން ދިޔައެވެ. މީގެ ތެރެއިން ބައެއްމީހުން ފެނީސިޔާއާއި ސައިޕުރަސް އާއި އަންތީޔޮކުގައި ދަތުރުކޮށް އީސާގެފާނާއި ބެހޭ ޚަބަރުފުޅުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ. ނަމަވެސް މިމީހުން މި ކަންތައްތައް އަންގައިދީ ވާހަކަދައްކާ އުޅުނީ ހަމައެކަނި ބަނީއިސްރާއީލު މީހުންނާއެވެ.


ދެން ސައިޕުރަސް އާއި ޒައިރީނުން އަންތީޔޮކުއަށް ދިޔަ އީސާގެފާނަށް އީމާންވެގެންވީ މީހުން އެ ރަށުގައި ވީ ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް މާތް ސާހިބާ އީސާގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އަންގައިދީ އެކަލޭގެފާނުގެ ބަސްފުޅުތައް ކިޔާދީ ހެދިއެވެ.


ބަރުނައްބާސް އަށް މާތްރަސްކަލާނގެ އެމީހުންނަށް ނިޢުމަތް ދެއްވާފައިވާ މިންވަރު ފެނުމުން އެކަމާ ނުހަނު އުފާވިއެވެ. އަދި އޭނާ އެމީހުންގެ ކިބައިން އެދުނީ އަބަދުވެސް ހިތުގެ އަޑިން އީސާގެފާނަށް އީމާންވެ އެ ގޮތުގައި ހަރުދަނާވެ ދެމި ތިބުމަށޭ.


ބަރުނައްބާސް ޝާއުލް ގޮވައިގެން އެނބުރި އަންތީޔޮކުއަށް އައެވެ. އެދެމީހުން އެ ރަށުގައި އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން ކާރީ އެމީހުންނަށް ކިޔަވާދިނުމަށް އެއްއަހަރު މަޑު ކުރިއެވެ. ފުރަތަމަ ފަހަރަށް އީސާގެފާނު ގަބޫލުކޮށް އީމާންވެ އެކަލޭގެފާނުގެ ބަސްތަކާއި އެއް ފަދައިން އަމަލު ކުރާ މީހުންނަށް މަސީޙީންނޭ ކިޔުނީ އެ ރަށުގައެވެ.


އެދުވަސްވަރު މާތްރަސްކަލާނގެ އެންގެވި ވަޙީގެ ބަސްފުޅެއް ހާމަކޮށް އެންގެވުމަށް ޖެރޫސަލަމުން ނަބީންގެ ބަޔަކު އަންތީޔޮކުއަށް އައެވެ.


ޕިސީދިޔާގެ އަންތީޔޮކު އާއި އިކޯނިޔުމް އިން ބަނީއިސްރާއީލުގެ ބައެއް ވެރިން އެ ރަށަށް އައެވެ. އަދި އެމީހުން މީސްތަކުން ޕައުލް އާއި ދެކޮޅަށް އެނބުރުވިއެވެ. ދެން ބަޔަކު ޕައުލްގެ ގަޔަށް ހިލައުކާ އަދި އޭނާ މަރުވީ ކަމަށް ހީކޮށް ދަމާ ގެންގޮސް އޭނާގެ ހަށިގަނޑު އެ ރަށުން ބޭރަށް އެއްލާލިއެވެ.


އެ ރަށުގައި އެމީހުން ހެޔޮޚަބަރުފުޅު މީސްތަކުންނަށް ކިޔާދިނެވެ. އަދި އެ ރަށުގެ އެތައް ބަޔަކު އީސާގެފާނަށް އީމާންވިއެވެ. ދެން އަނެއްކާ ޕައުލް އާއި ބަރުނައްބާސް އެނބުރި ލިސްތުރާ އަށާއި އިކޯނިޔުމް އަށާ އަދި ޕިސީދިޔާގެ އަންތީޔޮކުއަށް ދިޔައެވެ.


ދެން ޕައުލް އާއި ބަރުނައްބާސް އީސާގެފާނަށް އީމާންވާ މީހުންގެ ކޮންމެ ޖަމާޢަތްތަކަށް ވެސް އެ ޖަމާޢަތެއް ބެލެހެއްޓުމަށް ބޮޑުން ޚިޔާރު ކުރިއެވެ. އަދި އެމީހުން ރޯދަހިފާ ދުޢާކޮށް މި ބޮޑުން ރަނގަޅަށް ބެލެހެއްޓެވުމަށް އެދި އެމީހުން އީމާންވެގެންވީ މާތް ސާހިބާ އީސާގެފާނަށް ދެންނެވިއެވެ.


ދެން އީސާގެފާނުގެ މަންދޫބުންނާ އަދި އީސާގެފާނުގެ ޖަމާޢަތުގެ ބޮޑުންނާ އަދި މުޅި ޖަމާޢަތުގެ އެންމެންނާ ވާހަކަދައްކާ ނިންމީ އެ ޖަމާޢަތުން ވަކި ބަޔަކު ކަނޑައަޅާ އެމީހުން ޕައުލް ބަރުނައްބާސް އާއި އެކު އަންތީޔޮކުއަށް ފޮނުވުމަށެވެ. މިގޮތުން އެމީހުން ކަނޑައެޅީ މުޅި ޖަމާޢަތުގައި ވެސް އެމީހުންނާއި ދޭތެރޭ މީހުން އިޙުތިރާމު ކުރާ ދެމީހުން ކަމުގައިވާ ބަރުސައްބާސް އާއި ސިލާހު އެވެ. (މި ބަރުސައްބާސްގެ އަސްލު ނަމަކީ ޔުދާސްއެވެ.)


ދެން އެމީހުން ޖެރޫސަލަމުން ފުރައިގެން އަންތީޔޮކުއަށް ގޮސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ އެންމެން އެއްކޮށް އެ ސިޓީ އެމީހުންނާއި ހަވާލު ކުރިއެވެ.


ދެން ޕައުލް ސިލާހު އޭނާއާއި އެކު ގެން ދިއުމަށް ނިންމާ އޭނާގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުން ޕައުލް މާތްރަސްކަލާނގެ ބެއްލެވުމުގެ ދަށަށް ދޫކޮށް ހަވާލު ކުރެއްވިއެވެ.


މިއަދު އަހަރެން ކަލޭމެން މާތްރަސްކަލާނގެ ބެލެއްވުމުގެ ދަށަށާއި އެކަލާނގެ ނިޢުމަތްފުޅުގެ އުފާވެރި ޚަބަރުފުޅުގެ މައްޗަށް ދޫކޮށް އެކަލާނގެ ކިބަފުޅާއި ހަވާލު ކުރަން. އެ ޚަބަރުފުޅުގެ ސަބަބުން އެކަލާނގެ ޚާއްސަކުރައްވާ ހޮއްވަވާފައިވާ މީހުންނަށް ލިބޭނެ ހުރިހާ ރަޙުމަތެއް ކަލޭމެންނަށް ލިބޭނެ.


ނަމަވެސް ޕަތަރަސް އަންތީޔޮކުއަށް އައުމުން އަހަރެން ފާޅުގައި އޭނާއާއި ދެކޮޅުވީމެވެ. އެއީ އޭނާ ކަންތައް ކުރީ މުޅީން ގޯސްކޮށް ކަމުގައި ވީތީއެވެ.


މާތްކަލާނގެ އަހަންނާ މަތިކުރައްވާފައި މިވަނީ އެކަލާނގެ އެންގެވި މުޅި ރިސާލަތު ތިޔަބައިމީހުންނަށް އަންގައިދީގެން ތިޔަ ޖަމާޢަތަށް ޚިދުމަތް ކޮށް ދިނުމަށެވެ.


އެހެންކަމުން އަހަރެމެން ހުރިހާ އެންމެންގެ ގާތު ވެސް އީސާއަލްމަސީޙާ ބެހޭ ވާހަކަތައް ދައްކައި މާތްކަލާނގެ ދެއްވި ޙިކުމަތްފުޅާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންނަށް ނަސޭހަތްދީ އިންޒާރުކޮށް ހަދަމެވެ. އަހަރެމެންގެ މަގުސަދަކީ އެމީހުން އަލްމަސީޙާ ގުޅުވައި ފުރިހަމަ ބައެއްގެ ގޮތުގައި މާތްކަލާނގެ ޙަޟްރަތަށް ގެންގޮސްދިނުމެވެ.


އަދި އަރުޚިއްޕުސް ގާތު މިފަދައިން ބުނެދޭށެވެ. ”⁠މާތްސާހިބާ ޙަވާލުކުރެއްވި މަސައްކަތް ފުރިހަމަޔަށްކޮށް ނިންމައިދޭށޭ.⁠“


މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ