25 ދެން އަނެއްކާ ވެސް އެމީހުން ޕެރުގާގައި ދިންނެވުމުގެ އުފާވެރި ޚަބަރު މީސްތަކުންނަށް ދިނެވެ. ދެން އެތަނުން އެމީހުން ދިޔައީ އައްތާލިޔާއަށެވެ.
ނަތީޖާއެއްގެ ގޮތުން އެތައް ބައިވަރު މީހުންނެއް އެ ގޭދޮށަށް އެއްވުމުން މުޅިތަން ފުރިބާރުވެފައިވިއެވެ. އެންމެ ކުޑަމިނުން މައިދޮރުގެ ކުރިމަތީގައި އެއްވެސް ޖާގައެއް ނެތެވެ. އީސާގެފާނު އެއްވެފައިވާ މީސްތަކުންނަށް ވަޢުޡު އިއްވަވައި މާތްކަލާނގެ ބަސްފުޅު މިފަދައިން ވިދާޅުވެ ދެއްވަމުން ގެންދެވިއެވެ.
މިކަންތައްތައް ހިނގާދިޔަގޮތް ފެށުނީއްސުރެން ނިމެންދެން ލޮލުންދުށް މީހުން އެ ޚަބަރުތައް ފެތުރުމަށް މަސައްކަތް ކުރިއެވެ. އެހެންކަމުން މިކަންތައްތައް ހިނގާދިޔަގޮތުގެ ވާހަކަ ލިޔާ މީހުން އެވާހަކަތައް އެލިޔަނީ އެކަންތައްތައް ފެށުނީއްސުރެ ނިމެންދެން ލޮލުންދުށް މީހުން ދިން ހެކިތަކާއި އެއްގޮތަށެވެ.
ޕައުލް އާއި އޭނާގެ ބައިވެރިން އޮޑިއެއްގައި ޕާފޮސް އިން ދަތުރުކޮށް ޕަންފީލިޔާގެ ރަށެއް ކަމުގައި ވާ ޕެރުގާއަށް ދިޔައެވެ. އެ ރަށުގައި ޔޫޙަންނާ މަރުކުސް ބަރުނައްބާސް އާއި ޕައުލް ދޫކޮށް ޖެރޫސަލަމަށް އެނބުރި ދިޔައެވެ.