Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 14:20 - ކިތާބުލް މުޤައްދަސާ

20 ނަމަވެސް އީސާގެފާނަށް އީމާންވެގެންވީ މީސްތަކުން އޭނާގެ ކައިރިއަށް އެއްވުމުން ޕައުލް ތެދުވެގެން އެނބުރި ރަށުތެރެއަށް ދިޔައެވެ. އަދި އަނެއްދުވަހު ޕައުލް އާއި ބަރުނައްބާސް އެ ރަށުން ފުރައިގެން ދެރުބޭއަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 14:20
13 ပူးပေါင်းရင်းမြစ်များ  

ބަރުނައްބާސް ޝާއުލް ގޮވައިގެން އެނބުރި އަންތީޔޮކުއަށް އައެވެ. އެދެމީހުން އެ ރަށުގައި އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން ކާރީ އެމީހުންނަށް ކިޔަވާދިނުމަށް އެއްއަހަރު މަޑު ކުރިއެވެ. ފުރަތަމަ ފަހަރަށް އީސާގެފާނު ގަބޫލުކޮށް އީމާންވެ އެކަލޭގެފާނުގެ ބަސްތަކާއި އެއް ފަދައިން އަމަލު ކުރާ މީހުންނަށް މަސީޙީންނޭ ކިޔުނީ އެ ރަށުގައެވެ.


ދެން އީސާގެފާނަށް އީމާންވެގެން ތިބި އެންމެން ގަސްތު ކުރީ އެމީހުންނަށް ވެގެންވީ އެންމެ ގިނަ އަދަދެއްގެ އެހީ ޖުދެއާކަރައިގައިވާ އީސާގެފާނު ގަބޫލު ކުރާ ޖަމާޢަތުގެ މީހުންނަށް ފޮނުވުމަށެވެ.


ޕަތަރަސް އެމީހުންނަށް އަޑުގަދަ ނުކުރުމަށް އިޝާރާތް ކުރިއެވެ. ދެން މާތްރަސްކަލާނގެ އޭނާ ޖަލުން ނެރުއްވި ގޮތުގެ ވާހަކަ އެމީހުންނަށް ކިޔާދިނެވެ. ޕަތަރަސް ބުންޏެވެ. ”⁠ޔާމިޒު އާއި އެހެން އެންމެންނަށް ވެސް މި ވާހަކަތައް ކަލޭމެން ކިޔާދޭތި.⁠“ ދެން އޭނާ އެތަނުން އެހެންތާކަށް ދިޔައެވެ.


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


ދެން ޕައުލް އާއި ބަރުނައްބާސް އެތައް ދުވަހެއްވަންދެން އަންތީޔޮކުގައި އީސާގެފާނު ގަބޫލުކޮށް އީމާންވެގެންވީ ޖަމާޢަތުގެ މީހުންގެ ގާތުގައި މަޑު ކުރިއެވެ.


ޕައުލް އަށާއި ބަރުނައްބާސްއަށް މި ކަންތައް އެނގުމާއެކު އެ ރަށުން ފިލައިގެން ދިޔައެވެ. އެމީހުން ދަތުރުކޮށް ދިޔައީ ލިކައޯނިޔާ ސަރަހައްދުގެ ދެ ރަށް ކަމަށްވާ ލިސްތުރާ އާއި ދެރުބޭ އަށާ އެ ދެ ރަށުގެ ވަށައިގެންވާ ސަރަހައްދުގެ ހިސާބުތަކަށެވެ.


ޕައުލް އާއި ސިލާހު ދަތުރުކޮށް ދެރުބޭ އާއި ލިސްތުރާއަށް ދިޔައެވެ. އެ ރަށުގައި ތިމޮތީ އޭކިޔުނު އީސާގެފާނަށް އީމާންވެގެންވީ މީހަކު ވިއެވެ. އޭނާގެ މަންމައަކީ ވެސް އީސާގެފާނަށް އީމާންވެގެންވީ މީހެކެވެ. އޭނާގެ މަންމަ އަކީ ބަނީއިސްރާއީލު މީހެކެވެ. އެހެން ނަމަވެސް އޭނާގެ ބައްޕައަކީ ގުރީކު މީހެކެވެ.


ޕައުލް އާއި ސިލާހު ޖަލުން ނުކުމެގެން ދިޔައީ ލީދިޔާގެ ގެއަށެވެ. އެގޭގައި އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަދެއްކުމަށް ފަހު އެމީހުން އެ ރަށުން ފުރިއެވެ.


މި މައްސަލަގަނޑު ހަމަޖެހުމުން ޕައުލް އީމާންވެގެން ތިބި މީހުންނާއި ބައްދަލުކޮށް އެމީހުންނަށް ހިތްވަރު ދިނުމަށް ފަހު އެމީހުންނަށް އަލްވަދާޢު ކިޔާ އެ ރަށުން ފުރައިގެން މެސެޑޯނިޔާއަށް ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ