މަންދޫބުންގެ މަސައްކަތް 14:2 - ކިތާބުލް މުޤައްދަސާ2 ނަމަވެސް ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާން ނުވި މީހުން އެތާނގައި ވީ މާތްރަސްކަލާނގެއަށް އީމާންވެގެން ތިބި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތްތަކުގައި އީސާގެފާނަށް އީމާންވި މީހުންނާއި މެދު ނަފްރަތު އުފައްދާ ދެކޮޅުވެރި ކުރުވިއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ބަނީއިސްރާއީލުގެ ވެރިން އެ ރަށުގެ ބާރާއި ނުފޫޒު ހިނގާ ބައެއް ފިރިހެނުންނާއި އަދި ދީންވެރި ކަމަށް މަޝްހޫރު މީހުން އިޙުތިރާމު ކުރާ ބައެއް އަންހެނުންގެ ގާތަށް ގޮސް އެމީހުން ޕައުލް އާއި ބަރުނައްބާސް އާއި ދެކޮޅުވެރި ވާނެ ފަދައިން ވާހަކަދައްކާ ދެކޮޅު ކުރުވިއެވެ. އަދި އެ ގޮތުން އެމީހުން ޕައުލް އަށާއި ބަރުނައްބާސް އަށް އުނދަގޫތައް ދޭން ފެށިއެވެ. އެމީހުން ޕައުލް އާއި ބަރުނައްބާސް އެ ސަރަހައްދު ން ވެސް ބޭރު ކުރިއެވެ.
ނަމަވެސް މި ތަންދެކެ ބަނީއިސްރާއީލު މީހުންގެ ވެރިން ވަރަށް ހަސަދަވެރިވިއެވެ. ދެން އެމީހުން ބާޒާރުމަތީ އުޅޭ ތާކުންތާކު ނުޖެހޭ ނުބައި މީހުންގެ ބައިގަނޑެއް އެއްކޮށް ރަށުތެރޭ ހަމަނުޖެހުންތައް އުފެއްދިއެވެ. އަދި ޕައުލް އާއި ސިލާހު ހަވަރަށް ދިނުމަށްޓަކައި ހޯދަމުން ގޮސް ޖޭސަން އޭ ކިޔުނު މީހެއްގެ ގެޔަށް ވެސް އެމީހުން ހަމަލަދިނެވެ.
އަދި އަޚުންނާއި އުޚުތުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަ ޤައުމުގެ މީހުންގެ އަތްދަށުން ތިޔަބައިމީހުންނަށް ނާއިންސާފުން އަނިޔާލިބުނެވެ. މިގޮތުން ތިޔަބައިމީހުން ތަޖުރިބާ ކުރަމުން ތިޔަދަނީ ޖުދެއާ ކަރައިގެ މާތްރަސްކަލާނގެ މަސީޙީ ޖަމާޢަތްތަކުގެ މީހުންނަށް އެމީހުންގެ އީމާންތެރިކަމުގެ ސަބަބުން އެމީހުންގެ އަމިއްލަ މީހުންކަމަށްވާ ޖުދެއާ ކަރައިގެ މީހުންގެ ފަރާތުން ނާއިންސާފުން ލިބުނުފަދަ އަނިޔާތަކެވެ.