މަންދޫބުންގެ މަސައްކަތް 14:19 - ކިތާބުލް މުޤައްދަސާ19 ޕިސީދިޔާގެ އަންތީޔޮކު އާއި އިކޯނިޔުމް އިން ބަނީއިސްރާއީލުގެ ބައެއް ވެރިން އެ ރަށަށް އައެވެ. އަދި އެމީހުން މީސްތަކުން ޕައުލް އާއި ދެކޮޅަށް އެނބުރުވިއެވެ. ދެން ބަޔަކު ޕައުލްގެ ގަޔަށް ހިލައުކާ އަދި އޭނާ މަރުވީ ކަމަށް ހީކޮށް ދަމާ ގެންގޮސް އޭނާގެ ހަށިގަނޑު އެ ރަށުން ބޭރަށް އެއްލާލިއެވެ. အခန်းကိုကြည့်ပါ။ |
ޕައުލް އާއި ބަރުނައްބާސް އިކޯނިޔުމްގައި ވެސް ހަމަ އަންތީޔޮކުގައި ކަން ކުރި ފަދައިން ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް އެއްވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ބަސްފުޅުތަކާ މެދު ވަރަށް ފުރިހަމަ ކަމާއިއެކު ވާހަކަ ދެއްކިއެވެ. މި ބަސްތައް އަޑު އެހި އެތައް ބަނީއިސްރާއީލު މީހުންނާއި އަދި އެހެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެންވީ މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ.
އަދި މާތް ސާހިބާ އާއި ބެހޭ ގޮތުން ވާހަކަދައްކާ މީސްތަކުންނަށް އަންގައިދީ އުޅުނު އިސްތިފާނު ގައިގައި ގަލުން ތަޅާ މަރާލިއިރު ވެސް އަޅުގަނޑު އެތާނގައި އެބައިމީހުންނާއި އެއްކޮޅުވެ އެމީހުންނަށް ތާއީދު ކުރަން ހުރީމޭ، އަދި އެ ގަލުން ތެޅި މީހުންގެ ކޮނޑުގައި ވީ ފޮށާތައް ވެސް ބެލެހެއްޓީ ވެސް ހަމަ އަޅުގަނޑޭ.‘
އަދި އަޚުންނާއި އުޚުތުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަ ޤައުމުގެ މީހުންގެ އަތްދަށުން ތިޔަބައިމީހުންނަށް ނާއިންސާފުން އަނިޔާލިބުނެވެ. މިގޮތުން ތިޔަބައިމީހުން ތަޖުރިބާ ކުރަމުން ތިޔަދަނީ ޖުދެއާ ކަރައިގެ މާތްރަސްކަލާނގެ މަސީޙީ ޖަމާޢަތްތަކުގެ މީހުންނަށް އެމީހުންގެ އީމާންތެރިކަމުގެ ސަބަބުން އެމީހުންގެ އަމިއްލަ މީހުންކަމަށްވާ ޖުދެއާ ކަރައިގެ މީހުންގެ ފަރާތުން ނާއިންސާފުން ލިބުނުފަދަ އަނިޔާތަކެވެ.
ބޭއިންސާފުން އަހަންނަށް އަނިޔާ ލިބި ވޭނުގައި ވީއިރު ވެސް އަހަރެން މި މަސައްކަތުގައި ކުރިޔަށް ދިޔަކަމާއި އަދި ބެއިންސާފުން އަހަންނަށް ޕިސީދިޔާގެ އަންތީޔޮކު، އިކޯނިޔުމް، ލިސްތުރާގައި ލިބުނު އަނިޔާ ތިބާއަށް ރަނގަޅަށް އެނގިގެންވާނެއެވެ. މާތްސާހިބާ އެ ހުރިހާ މުސީބާތްތަކުން އަހަރެން ސަލާމަތް ކޮށްދެއްވިއެވެ.