މަންދޫބުންގެ މަސައްކަތް 14:12 - ކިތާބުލް މުޤައްދަސާ12 ދެން އެމީހުން ނިންމީ ބަރުނައްބާސް އަކީ އެމީހުންގެ ކަލާނގެއެއް ކަމުގައިވާ ޒެއުސް ކަމުގައެވެ. އަދި ކޮންމެ އެއްވުމެއްގައި ވެސް އާދަވެގެން ވާހަކަދައްކަނީ ޕައުލް ކަމުން އެމީހުން ގަސްތު ކުރީ ޕައުލް އެއީ އެމީހުންގެ ކަލާނގެ ހެރުމެސް ކަމުގައެވެ. အခန်းကိုကြည့်ပါ။ |
ދެން އެންމެފަހުން އެ ރަށުގެ ވެރިއަކު އެތަނަށް އައިސް މީސްތަކުން މައިތިރިކުރިއެވެ. ދެން އޭނާ އެމީހުންނަށް ބުންޏެވެ. ”އޭ އެފޭސުސްގެ މީސްތަކުންނޭ، އެފޭސުސްއަކީ އަރުތޭމިސް ކަލާނގެ އެންމެ މުހިންމު ފައްޅި ވާ އަދި އެކަލާނގެއަށް އަޅުކަން ކުރެވޭ ތަންތަނުގެ ވެރިރަށް ކަން ނޭނގެނީ ކާކަށް ހޭ؟ އަދި އެކަލާނގެ ސިފަފުޅުގައި ސީދާ އުޑުން ވެއްޓުނު ހިލަގަނޑު ވެސް ވަނީ މި ރަށުގައި ކަން ވެސް ނޭނގެނީ ކާކަށް ހޭ؟