Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 13:9 - ކިތާބުލް މުޤައްދަސާ

9 ނަމަވެސް ޝާއުލް، ނުވަތަ އޭނާގެ އަނެއް ނަމުން ނިސްބަތް ކުރާނަމަ ޕައުލް، މާތްރޫޙުފުޅުގެ ބާރުގެ ދަށުގައިވާ ހާލުގައި ސީދާ އެ ފަންޑިތަވެރިޔާގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 13:9
9 ပူးပေါင်းရင်းမြစ်များ  

ޙަޤީޤަތަކީ އެ ހިނދު ވާހަކަ ދައްކާނީ ތިޔަބައިމީހުންނެއް ނޫން. އެ ހިނދު އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅުގެ މާތްރޫޙުފުޅު ތިޔަބައިމީހުން މެދުވެރިކުރައްވައި ވާހަކަ ދައްކަވާނެ.


އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތު ވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިބާގެ އަތް ދަމާލާ.⁠“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ.


އީސާގެފާނު ދެވަނަ ފަހަރަށް އެމީހާގެ ލޮލުގައި އެކަލޭގެފާނުގެ އަތްޕުޅު ޖައްސަވާލެއްވިއެވެ. މިފަހަރު އެމީހާ ގަދައަޅައި ބަލައިލިއެވެ. އަދި އެމީހާގެ ލޮލުގެ ފެނުން އަނބުރާ ލިބި އޭނާއަށް ސާފުކޮށް ހުރިހައި އެއްޗެއް ފެނިގެން ދިޔައެވެ.


ދެން އީސާގެފާނު ސީދާ އެމީހުންނާ ދިމާލަށް ބައްލަވާ ވިދާޅުވިއެވެ. ”⁠ދެން ވީއިރު މިހެން ލިޔެވިގެން ވުމުގެ މާނައަކީ ކޮބައި ހޭ؟ ’⁠ރާނާ މީހުން ބަލައިނުގެން އެއްލާލި ގާ ބިންގަލުގެ އެންމެ މުހިންމު ބައި ކަމުގައި ވެއްޖޭ.⁠‘


އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ.


އެމީހުން ދުޢާ ކޮށް ނިމުނުވަގުތު ދުޢާ ކުރުމަށް އެމީހުން އެއްވެތިބި ތަން ގުޑައިގެން ދިޔައެވެ. އަދި އެމީހުންގެ މައްޗަށް މާތްރޫޙުފުޅުގެ ބާރުފުޅު ވެރިވިއެވެ. އެއަށް ފަހު ބިރެއް ނެތި އެމީހުން މާތްރަސްކަލާނގެ ބަސްފުޅުތައް މީސްތަކުންނަށް ހާމަކޮށް ކިޔާދެމުން ގެންދިޔައެވެ.


އެވަގުތު ޕަތަރަސްގެ މައްޗަށް މާތްރޫޙުފުޅު ވެރިވިއެވެ. އަދި އެވަގުތު އޭނާ ވާހަކަ ދައްކަން ފެށިއެވެ. ”⁠އިއްޒަތްތެރި ޤައުމުގެ ވެރިންނާއި ބޮޑުންނޭ.


ނަމަވެސް އިސްތިފާނު ވީ މާތްރޫޙުފުޅުން ފުރިފައެވެ. އޭނާ އުޑާއި ދިމާ މައްޗަށް ބެލިއެވެ. އެވަގުތު އޭނާއަށް ފެނުނީ މާތްރަސްކަލާނގެ މަތިވެރި ކަރާމަތްފުޅުގެ ވިދާ ނޫރުފުޅެވެ. އަދި މަތިވެރި ކަލާނގެ ކަނާއަތްޕުޅު ފަރާތުގައި އީސާގެފާނު ވަނިކޮށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ