Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 13:51 - ކިތާބުލް މުޤައްދަސާ

51 ޕައުލް އާއި ބަރުނައްބާސް އެމީހުންނާއި ދެކޮޅު ހެދި ކަމުގެ އިންޒާރެއްގެ ގޮތުން އެމީހުންގެ ފައިގައި އެ ރަށުގެ ވެލިން ހޭކުނު ހިރަފުސް ފޮޅާލާފައި އެ ރަށުން ފުރައިގެން އިކޯނިޔުމްއަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 13:51
10 ပူးပေါင်းရင်းမြစ်များ  

އަދި ގެއަކުން ނުވަތަ ސަހަރަކުން ތިޔަބައިމީހުންނަށް މަރުޙަބާ ކިޔުމަށް ނުވަތަ ތިޔަބައިމީހުންގެ އަޑު އެހުމަށް އިންކާރު ކޮށްފިނަމަ، އެ ތަނަކުން ދަމުން ތިޔަބައިމީހުންގެ ފައިގައި ހުރި ހިރަފުސްތައް ފޮޅާލައިފައިދޭ.


ތިޔަބައިމީހުން އަރާ ރަށަކުން މީސްތަކުން މަރުޙަބާ ނުކިޔައިފިނަމަ ނޫނީ ތިޔަބައިމީހުންނަށް ސަމާލު ކަމެއް ނުދީފިނަމަ، އެރަށަކުން ފުރައިގެންދަމުން ތިޔަބައިމީހުންގެ ފައިން އެރަށުގެ ހިރަފުސް ފޮހެލާފައިދޭ. އެއީ އެބައިމީހުންނަށް އިންޒާރަކަށްޓަކައި!⁠“


މީހުން ކަލޭމެންނަށް މަރުޙަބާ ނުކިޔައިފިނަމަ އެރަށަކުން ދަމުން ކަލޭމެންގެ ފައިން އެރަށުގެ ހިރަފުސް ފޮޅާލާފައި ދޭ. އެއީ އެމީހުން މާތްރަސްކަލާނގެ ފޮނުއްވި މަތިވެރި ޚަބަރުފުޅުގެ ބޭނުން ނުކުރީތީ އެމީހުންގެ މައްޗަށް އެކަލާނގެ ކޯފާވެ ވޮޑިގެން ވާކަމުގެ އިންޒާރެއްގެ ގޮތުން.⁠“


ޕައުލް އާއި ބަރުނައްބާސް އިކޯނިޔުމްގައި ވެސް ހަމަ އަންތީޔޮކުގައި ކަން ކުރި ފަދައިން ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް އެއްވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ބަސްފުޅުތަކާ މެދު ވަރަށް ފުރިހަމަ ކަމާއިއެކު ވާހަކަ ދެއްކިއެވެ. މި ބަސްތައް އަޑު އެހި އެތައް ބަނީއިސްރާއީލު މީހުންނާއި އަދި އެހެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެންވީ މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ.


ޕިސީދިޔާގެ އަންތީޔޮކު އާއި އިކޯނިޔުމް އިން ބަނީއިސްރާއީލުގެ ބައެއް ވެރިން އެ ރަށަށް އައެވެ. އަދި އެމީހުން މީސްތަކުން ޕައުލް އާއި ދެކޮޅަށް އެނބުރުވިއެވެ. ދެން ބަޔަކު ޕައުލްގެ ގަޔަށް ހިލައުކާ އަދި އޭނާ މަރުވީ ކަމަށް ހީކޮށް ދަމާ ގެންގޮސް އޭނާގެ ހަށިގަނޑު އެ ރަށުން ބޭރަށް އެއްލާލިއެވެ.


އެ ރަށުގައި އެމީހުން ހެޔޮޚަބަރުފުޅު މީސްތަކުންނަށް ކިޔާދިނެވެ. އަދި އެ ރަށުގެ އެތައް ބަޔަކު އީސާގެފާނަށް އީމާންވިއެވެ. ދެން އަނެއްކާ ޕައުލް އާއި ބަރުނައްބާސް އެނބުރި ލިސްތުރާ އަށާއި އިކޯނިޔުމް އަށާ އަދި ޕިސީދިޔާގެ އަންތީޔޮކުއަށް ދިޔައެވެ.


ލިސްތުރާ އާއި އިކޯނިޔުމްގެ އީސާގެފާނަށް އީމާންވެގެންވީ އެންމެން ވެސް މި ތިމޮތީ އާއި ބޭހޭ ގޮތުން ވަރަށް ރަނގަޅު ވާހަކަތައް ދައްކައެވެ.


ނަމަވެސް އެމީހުން ޕައުލްގެ ވާހަކަތަކާއި ދެކޮޅުހަދާ އޭނާއާއި ދިމާލަށް ނަހަމަ އެއްޗެތި ކިޔާ ހެދުމުން ޕައުލް އެމީހުން ދޫކޮށްލި ކަން ހާމަކުރުމުގެ ގޮތުން އޭނާގެ ހެދުމުން ހިރަފުސް ފޮޅާލާފައި އެމީހުންނަށް ބުންޏެވެ. ”⁠ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވި ދިންނެވުން ނުލިބުނީ ނަމަ އެއީ ކަލޭމެންގެ އަމިއްލަ ކުށް. އަހަރެންނަށް އެ ކަމާމެދު ކުރެވެން އޮތް ވަރަކަށް އަހަރެން މަސައްކަތް ކޮށްފީން. މީގެ ފަހުން އަހަރެން މި ދިންނެވުމުގެ ވާހަކަތައް އަންގައިދިނުމަށް ދާނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް އެކަނި.⁠“


ބޭއިންސާފުން އަހަންނަށް އަނިޔާ ލިބި ވޭނުގައި ވީއިރު ވެސް އަހަރެން މި މަސައްކަތުގައި ކުރިޔަށް ދިޔަކަމާއި އަދި ބެއިންސާފުން އަހަންނަށް ޕިސީދިޔާގެ އަންތީޔޮކު، އިކޯނިޔުމް، ލިސްތުރާގައި ލިބުނު އަނިޔާ ތިބާއަށް ރަނގަޅަށް އެނގިގެންވާނެއެވެ. މާތްސާހިބާ އެ ހުރިހާ މުސީބާތްތަކުން އަހަރެން ސަލާމަތް ކޮށްދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ