މަންދޫބުންގެ މަސައްކަތް 13:5 - ކިތާބުލް މުޤައްދަސާ5 އެ ރަށުގެ ސަލާމިސްއޭ ކިޔުނު އަވަށުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގައި ބަރުނައްބާސް އާއި ޝާއުލް މާތްރަސްކަލާނގެ ބަސްފުޅުތައް ކިޔާދީ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޔޫޙަންނާ މަރުކުސް ވެސް އެމީހުންނާއި އެކު އެމީހުންގެ އެހީތެރިއެއްގެ ގޮތުގައި މި މަސައްކަތުގައި އުޅުނެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.
ޕައުލް އާއި ބަރުނައްބާސް އިކޯނިޔުމްގައި ވެސް ހަމަ އަންތީޔޮކުގައި ކަން ކުރި ފަދައިން ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް އެއްވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ބަސްފުޅުތަކާ މެދު ވަރަށް ފުރިހަމަ ކަމާއިއެކު ވާހަކަ ދެއްކިއެވެ. މި ބަސްތައް އަޑު އެހި އެތައް ބަނީއިސްރާއީލު މީހުންނާއި އަދި އެހެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެންވީ މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ.
ދެން ޕައުލް ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ގޮސް އެތާނގައި ވާ ބަނީއިސްރާއީލު މީހުންނާ އަދި އެތަނަށް މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް އަންނަ ގުރީކު މީހުންނާއި އީސާގެފާނާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. އަދި ކޮންމެ ދުވަހަކު އެރަށުގެ ބޮޑު ބާޒާރުގައި ވެސް އެތަނަށް އައްޔާ އައި ހާ ބަޔަކު ގާތު ވެސް މިފަދައިން ވާހަކަ ދައްކަމުން ގެންދިޔައެވެ.
ދެން ޕައުލް ދިޔައީ އެ ރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒަށެވެ. އެތާނގައި ޕައުލް ތިން މަސްދުވަސް ވަންދެން ވަރަށް ކެރިގެން ކިޔަވާދެމުން ދިޔައެވެ. ޕައުލް ބަނީއިސްރާއީލު މީހުންނާއި ވާހަކަ ދައްކާ ބަހުސްކޮށް، މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު، އޭނާ ކިޔަވާދެމުން ދިޔަ ބަސްތައް އެމީހުންނަށް ސާފުކޮށް އޮޅުންފިލުވާދިނެވެ.
އަހަރެންނާއި އެކުގައި ޖަލުގައި ހައްޔަރު ކުރެވިފައިވީ އަރިސްތާރުކު ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އަދި ބަރުނައްބާސްގެ ދެބެއިންގެދެދަރި މަރުކުސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައިދިނުމަށް އަހަރެންގެ ކިބައިން އެދުނެވެ. ތިޔަބައިމީހުންނަށް ވާނީ މި މަރުކުސް އާމެދު ކަންތައް ކުރާނެގޮތް ބުނެދީފައެވެ. އޭނާއަށް ތިޔަބައިމީހުންގެ ގާތަށް ދެވިއްޖެނަމަ އޭނާއަށް މަރުޙަބާ ކިޔާށެވެ.