44 ޖެހިގެން އައި ސަބަތުގެ ދުވަހުގައި މުޅިރަށުގެ އެންމެން ހެން މާތްރަސްކަލާނގެ ދެއްވި ޚަބަރުގެ އަޑު އެހުމަށް ދީނީ މަރުކަޒަށް އައެވެ.
”ޔަހޫޛާގެ ދަރިފަސްކޮޅުން ރަސްރަސްކަލުން ވަޑައިގަންނަވާނެ. އަބަދުވެސް ތަޚުތުގައި އޭނާގެ ދަރިފަސްކޮޅުގެ މީހަކު ވެޑުވިގެންވާނެ. އެ ރަސްކަމުގެ ޙައްޤުވެރިޔާ އައުމަށް ދާންދެން ޔަހޫޛާ ވެރިކަން ކުރާނެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތައް އެރަސްގެފާނަށް ކިޔަމަންތެރިވާނެމެ.“
އެ ސަހަރުގެ ހުރިހާ އެންމެން އީސާގެފާނާއި ބައްދަލު ކުރުމަށް އައެވެ. އެމީހުންނަށް އެކަލޭގެފާނު ފެނުނު ހިނދު، އެމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގެންނެވުމަށް އެދި އެމީހުން އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ.
ބަރުނައްބާސް އާއި ޕައުލް އެމީހުންގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެމީހުން ޕެރުގާއިން އެއްގަމު މަގުން ދަތުރުކޮށް ޕިސީދިޔާގެ ރަށެއް ކަމުގައިވާ އަންތީޔޮކުއަށް ދިޔައެވެ. ސަބަތުގެ ދުވަހުގައި އެމީހުން އެރަށުގައިވާ ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ދީނީ މަރުކަޒަށް ގޮސް އެތަނުގައި އިށީނެވެ.