Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 13:43 - ކިތާބުލް މުޤައްދަސާ

43 މި ދީނީ މަރުކަޒުގައި ވީ ބަނީއިސްރާއީލު މީހުންގެ ތެރެއިން އެތައް ބަޔަކާ އަދި އެތާނގައި ތިބި ތެދުހިތުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ އާ ބަނީއިސްރާއީލު މީހުންގެ ތެރެއިން އެތައް ބަޔަކު ޕައުލް އާއި ބަރުނައްބާސްގެ ފަހަތުން އެދުވަހު ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް އެމީހުންގެ ކިބައިން އެދުނީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތްފުޅު ގަބޫލުކޮށް ލިބިގަނެ އަދި އެކަލާނގެ ކިބަފުޅަށް ގާއިމުކަމާއި އެކު އީމާންވެ ތިބުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 13:43
39 ပူးပေါင်းရင်းမြစ်များ  

ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެން އެއްގަމާ ކަނޑު ހުރަސްކޮށް އެންމެ މީހަކު ދީނަށް ވެއްދުމަށްޓަކާއި ދޭ، އަދި ކަލޭމެން އެކަން ކާމިޔާބު ކުރުމަށް ފަހު، އޭގެ ފަހުން ކަލޭމެން އެމީހާ ނަރަކަޔަށް ފޮނުއްވުމުގެ މަގު ކަލޭމެންނަށް ވުރެ ދެގުނައަށް އިތުރުކުރޭ.


ބަރުނައްބާސް އަށް މާތްރަސްކަލާނގެ އެމީހުންނަށް ނިޢުމަތް ދެއްވާފައިވާ މިންވަރު ފެނުމުން އެކަމާ ނުހަނު އުފާވިއެވެ. އަދި އޭނާ އެމީހުންގެ ކިބައިން އެދުނީ އަބަދުވެސް ހިތުގެ އަޑިން އީސާގެފާނަށް އީމާންވެ އެ ގޮތުގައި ހަރުދަނާވެ ދެމި ތިބުމަށޭ.


ނަމަވެސް ބަނީއިސްރާއީލުގެ ވެރިން އެ ރަށުގެ ބާރާއި ނުފޫޒު ހިނގާ ބައެއް ފިރިހެނުންނާއި އަދި ދީންވެރި ކަމަށް މަޝްހޫރު މީހުން އިޙުތިރާމު ކުރާ ބައެއް އަންހެނުންގެ ގާތަށް ގޮސް އެމީހުން ޕައުލް އާއި ބަރުނައްބާސް އާއި ދެކޮޅުވެރި ވާނެ ފަދައިން ވާހަކަދައްކާ ދެކޮޅު ކުރުވިއެވެ. އަދި އެ ގޮތުން އެމީހުން ޕައުލް އަށާއި ބަރުނައްބާސް އަށް އުނދަގޫތައް ދޭން ފެށިއެވެ. އެމީހުން ޕައުލް އާއި ބަރުނައްބާސް އެ ސަރަހައްދު ން ވެސް ބޭރު ކުރިއެވެ.


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


ޕައުލް އާއި ބަރުނައްބާސް އެ ރަށުގައި ކުޑަ ދުވަސްކޮޅަކު ތިއްބެވެ. އަދި ކެރިގެން މާތްރަސްކަލާނގެ ދެއްވާ ނިޢުމަތްފުޅުގެ ވާހަކަ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް މާތްރަސްކަލާނގެ ދެއްވާ ރަޙުމަތްފުޅާއި މެދު އެ ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަން މީސްތަކުންނަށް އަންގައިދިނުމުގެ ގޮތުން މާތްރަސްކަލާނގެ އެމީހުންނަށް މުޢުޖިޒާތްތަކާއި ހައިރާން ކުރުވަނިވި ކަންތައްތައް ކުރުމުގެ ބާރުދެއްވިއެވެ.


އަހަރެމެން ދެއްކި ވާހަކަ އަޑު އެހި އަންހެނުންގެ ތެރެއިން އެކަކީ އަގުބޮޑު ފޮތީގެ ވިޔަފާރި ކުރާ ލީދިޔާއޭ ނަމަކަށް ކިޔުނު ތިޔާތިރާގެ މީހެކެވެ. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އުޅުނު މީހެކެވެ. އެދުވަހު މާތްރަސްކަލާނގެ ޕައުލް ދައްކަމުން ދިޔަ ވާހަކަތައް އެހުމަށް އޭނާގެ ހިތް ތައްޔާރު ކުރެއްވިއެވެ.


ދެން ޕައުލް ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ގޮސް އެތާނގައި ވާ ބަނީއިސްރާއީލު މީހުންނާ އަދި އެތަނަށް މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް އަންނަ ގުރީކު މީހުންނާއި އީސާގެފާނާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. އަދި ކޮންމެ ދުވަހަކު އެރަށުގެ ބޮޑު ބާޒާރުގައި ވެސް އެތަނަށް އައްޔާ އައި ހާ ބަޔަކު ގާތު ވެސް މިފަދައިން ވާހަކަ ދައްކަމުން ގެންދިޔައެވެ.


ނަމަވެސް އެތަނުގައި ތިބި ބައެއް މީހުން ޕައުލްގެ ވާހަކަތައް އަހާ އީމާންވިއެވެ. އޭގެ ތެރެއިން އެކަކީ އެރަށުގެ ވެރިންގެ ތެރެއިން ވީ ދިޔޮނީސް އޭކިޔުނު މީހެކެވެ. އަދި އޭގެ އިތުރުން އެރަށުގެ ދަމަރީސްއޭ ކިޔުނު އަންހެނަކާއި އެހެން ވެސް އިތުރު ބަޔަކު ޕައުލްގެ ވާހަކަތައް އަހާ އީމާންވިއެވެ.


މި ވާހަކަތައް އަޑު އެހި ބަޔެއް ބަނީއިސްރާއީލު މީހުން ގަބޫލުކޮށް އީމާންވެ ޕައުލް އާއި ސިލާހު އާއި ބައިވެރިވިއެވެ. އަދި ގިނަ އަދަދެއްގެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް އަންނަ ގުރީކު މީހުންނާއި އެ ރަށުގެ އެތައް ކަމުވޮށި ވެގެންވީ އަންހެނުންނެއް ވެސް އީމާންވިއެވެ.


ދެން ޕައުލް ދިޔައީ ތީތިޔުސް ޖުސްތުސްއޭ ކިޔުނު މީހެއްގެ ގެއަށެވެ. މީނާއަކީ ބަނީއިސްރާއީލު މީހެއް ނޫނެވެ. ނަމަވެސް މީނާއަކީ މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރާ މީހެކެވެ. އޭނާގެ ގެ ވަނީ ދީނީ މަރުކަޒާއި ޖެހިގެންނެވެ.


ދެން އެމީހުން ވަކި ދުވަހެއް ކަނޑައަޅާ ނިންމާ ޕައުލް ހުރިގެއަށް އައެވެ. އެދުވަހު އެގެއަށް އެތައް ބަޔަކު އެއްވިއެވެ. ހެނދުނުން ފެށިގެން އިރުއޮއްސެން ދެން ޕައުލް އެމީހުންނާއި ވާހަކަ ދެއްކިއެވެ. މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅާ އަދި އެހެނިހެން ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ބޭނުންކޮށްގެން ޕައުލް އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި އަދި އީސާގެފާނާއި ބެހޭ ގޮތުން އަންގައިދީ އެއީ ތެދުކަން ހާމަކޮށްދީ ހެދިއެވެ.


އެންމެން ވެސް މި ޙިޔަލާއި އެއްބަސްވެ އެމީހުންގެ ތެރެއިން މި ހަތްމީހުން ހޮވިއެވެ. އެއީ އީމާންކަން ވަރުގަދަ މާތްރޫޙުފުޅުން ފުރިގެންވީ މީހަކު ކަމުގައިވާ އިސްތިފާނު އާއި އަދި އޭގެ އިތުރުން ފިލިޕު އާއި، ޕުރަކޯރުސް އާއި، ނިކަނޫރު އާއި، ތިމޮން އާއި ޕަރުމެނާހު އާއި އަދި ނިކޮލާހު އެވެ. މި ނިކޮލާހު އަކީ އަންތީޔޮކުގެ އާ ބަނީއިސްރާއީލު މީހެކެވެ. މީނާއަކީ ވެސް އީސާގެފާނު އެންގެވި މަގުން އުޅޭ މީހެކެވެ.


އީސާ އަލްމަސީޙު އަހަރެމެން މިނިވަން ކުރައްވައިފިއެވެ. ވީމާ އެނބުރި އަނެއްކާ އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަޅީގައިޖެހި އަޅުވެތި ނުވެ މިނިވަންކަން މަތީ ތިބޭށެވެ.


އަދި ކަލޭމެން އެ އަމުރުފުޅުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަންތައް ކޮށްގެން މާތްރަސްކަލާނގެ ރުއްސެވުން ހޯދަން އުޅެނީނަމަ، ކަލޭމެން ތިޔަވަނީ އަލްމަސީޙާއި ވަކިވެފައެވެ. އަދި، ކަލޭމެން ތިޔަވަނީ، މާތްރަސްކަލާނގެ ނިޢުމަތްފުޅުން ވެސް ބޭރުވެފައެވެ.


ތިޔަބައިމީހުންނަށް ދިންނެވުން ލިބިދިނީ މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުން އީމާންވުމުން އެކަލާނގެ ނިޢުމަތްފުޅުންނެވެ. ތިޔަބައިމީހުންނަށް ދިންނެވުން ލިބިގެންވީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުން ކުރި ކަމަކުންނޫނެވެ. އެއީ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި މަތިވެރި ހަދިޔާއެއްމެއެވެ.


އެހެނަސް އަހަރެމެންގެ މެދުގައިވާ ތެދުވެރި މަގުގައި، ކުރިއަށް ދިއުމުގައި ދެމި ތިބޭށެވެ.


އެހެންވީމާ މަގޭ އަޚުންނާއި އުޚުތުންނޭވެ! އަހަރެން ތިޔަބައިމީހުން ދެކެ ލޯބިވުމުގެ އިތުރުން ތިޔަބައިމީހުން ދުށުމަށް ވެސް ވަރަށް ބޮޑަށް އެދެމެވެ. ތިޔަބައިމީހުން އަހަރެންނަށް އުފާވެރިކަން ގެނެސްދީ ތިޔަބައިމީހުންނާމެދުގައި އަހަރެން ފަޚުރުވެރި ކުރުވުމުގެ ސަބަބުންނެވެ. އެހެންވީމާ، އަހަރެން ކުރިން ވެސް ބުނި ފަދައިން މާތްސާހިބާގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭށެވެ.


އެކަމަކު ތިޔަބައިމީހުން މި ޙަޤީޤަތް ގަބޫލުކޮށް އޭގެ މަތީގައި ސާބިތުވެ ތިބެން ޖެހެއެވެ. ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ލިބުނު ހިނދުން ފެށިގެން ތިޔަބައިމީހުންނަށް ލިބުނު މި ޔަޤީންކަމާ ދުރަށް ބެހިގެން ނުގޮސް ތިބޭށެވެ. އެ ހެޔޮޚަބަރުފުޅު މުޅި ދުނިޔޭގައި ވަޢުޡު އިއްވެމުން ދިޔައެވެ. އަދި މާތްރަސްކަލާނގެ އަހަރެން، ޕައުލް ޚިޔާރު ކުރެއްވީ ހެޔޮޚަބަރުފުޅު އިޢުލާނު ކުރުމަށް ވެސްމެވެ.


އެހެންކަމުން އަހަރެމެން ހުރިހާ އެންމެންގެ ގާތު ވެސް އީސާއަލްމަސީޙާ ބެހޭ ވާހަކަތައް ދައްކައި މާތްކަލާނގެ ދެއްވި ޙިކުމަތްފުޅާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންނަށް ނަސޭހަތްދީ އިންޒާރުކޮށް ހަދަމެވެ. އަހަރެމެންގެ މަގުސަދަކީ އެމީހުން އަލްމަސީޙާ ގުޅުވައި ފުރިހަމަ ބައެއްގެ ގޮތުގައި މާތްކަލާނގެ ޙަޟްރަތަށް ގެންގޮސްދިނުމެވެ.


ދިންނެވުން ދެއްވާ މާތްކަލާނގެ ނިޢުމަތްފުޅު އެއެންމެންނަށް ފާޅުވެއްޖެއެވެ.


އެކަކު ވެސް މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅަށް ފުރަގަސް ދިނަ ނުދޭށެވެ. އަދި އަނެކާއަކީ ހިތި ވިހަގަހެއް ފަދައިން ހެދިބޮޑުވެ އެހެން މީހުންނަށް ވިހަލާ މީހަކަށް ވިޔަ ނުދޭށެވެ.


ތަފާތު ގޮތްގޮތަށް މީހުން ބުނެދޭ އެއްޗެއްސަށް ހެއްލިނުގަންނާށެވެ. އެހެނީ ހިތަށް ހަކަތަ ލިބެނީ މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅުން ނެވެ. ކައި ބޮއި ހަދާ ތަކެއްޗާމެދު ބަޔަކު ހަދާ ގަވާއިދަކުން ނޫނެވެ. އެފަދަ ކަންކަމުގެ ފަހަތުން އުޅޭ ބަޔަކަށް އެއިން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.


އަހަރެންގެ މި ކުރު ސިޓީ ތިޔަބައިމީހުންނަށް ލިޔެފައި މިވަނީ އަހަރެންގެ ވަފާތެރި އަޚު ސިލާހުގެ އެހީތެރި ކަމާއެކުގައެވެ. އަދި އަހަރެން މިސިޓީ ތިޔަބައިމީހުންނަށް ލިޔުމުގެ އެންމެ ބޮޑު މަގުސަދަކީ މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާއި އެކުގައި ވާކަން ތިޔަބައިމީހުންނަށް ޔަޤީންކޮށްދީ ހިތްވަރު ދިނުމެވެ. މިގޮތުގެ މަތީގައި ތިޔަބައިމީހުން ފައިތިލަ ސާބިތުކޮށް ތިބޭށެވެ.


އެހެންވީމާ، ރަޙުމަތްތެރިންނޭވެ. ތިޔަބައިމީހުން މިކަންތައްތައް މިމަގުން ހިނގާނެ ކަމުގައި ތިޔަބައިމީހުން އުންމީދުގައި ތިބެ ބަދުނާމުތަކުން އެއްކިބާވެގެންވާ ސާފު ޙަޔާތެއްގައި ވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި މާތްރަސްކަލާނގެ އާއިއެކު ސުލްޙަވެރި ގޮތުގައި ވާށެވެ.


އަހަރެންގެ ދަރިންނޭވެ! އެހެންވީމާ، އަލްމަސީޙާއި އެކުގައި ބަދަހި ގުޅުމެއްގައި ދެމިތިބޭށެވެ. އެއީ މި ދުނިޔެއަށް އެކަލޭގެފާނު އެނބުރިވަޑައި ގަންނަވާ ހިނދު ލަދުވެތި ކަމެއް ނެތި ފުރިހަމަ ހިތްވަރާއެކު އެކަލޭގެފާނާއި ބައްދަލު ވާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ.


އަލްމަސީޙުގެ އުނގަންނަވައި ދެއްވުން ފަހަނައަޅައި މިސްރާބެއްނެތި ހިނގައްޖެ ކަމުގައިވާނަމަ، މާތްރަސްކަލާނގެ އާއި ތިޔަބައިމީހުންނާއި ދެމެދުގައިވާ ގުޅުން ގެއްލި ދާނެއެވެ. ނަމަވެސް އަލްމަސީޙު އުނގަންނަވައި ދެއްވި ކަންތަކުގައި ތިޔަބައިމީހުން ހިފަހައްޓައި ގާއިމުވެ ތިބެއްޖެނަމަ މަތިވެރި ބައްޕާފުޅާއި ދަރިކަލުން ތިޔަބައިމީހުންނާއި އެކު ވޮޑިގެންވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ