Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 13:42 - ކިތާބުލް މުޤައްދަސާ

42 ޕައުލް އާއި ބަރުނައްބާސް އެ ދީނީ މަރުކަޒުން ދިއުމުގެ ކުރިން އެތާނގައި ތިބި މީސްތަކުން ޖެހިގެން އަންނަ ސަބަތުގެ ދުވަހުގައި ވެސް އެތަނަށް އައިސް މި ކަންތައްތަކާ ބެހޭ ގޮތުން އެމީހުންނަށް އިތުރަށް އަންގައިދީ ބުނެދިނުމަށް އެދުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 13:42
7 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކޮރާޒިންގެ އަހުލުވެރިންނޭ! ބެތުސައިދާގެ އަހުލުވެރިންނޭ! ތިޔަ ދެ ސަހަރަށް ބޮޑު ހިތާމައެއް ހުރި! ތިޔަ ދެ ސަހަރުގެ އަހުލުވެރިންނަށް ދެއްކެވި މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ދެއްކެވި ކަމުގައިވާނަމަ އެމީހުން މޮޅިވެރިކަމުގެ ހެދުންތައް ލައި ބޮލަށް އަޅި އަޅައި އެމީހުން ތައުބާވެއްޖެތާ ކިތަންމެ ދުވަހެއް.


މިހާރު އެންމެ މަތިވެރި މީހުންގެ ތެރެއިން ގިނަ މީހުން އެންމެ ދަށް މީހުން ކަމުގައި ވާނެ. އަދި މިހާރު އެންމެ ދަށް މީހުންގެ ތެރެއިން ގިނަ މީހުން އެންމެ މަތިވެރި މީހުން ކަމުގައި ވާނެ.⁠“


އީސާގެފާނު މިފަދައިން ވާހަކަ ދައްކަވަނިކޮށް ދީނީ މަރުކަޒުގެ ވެރިޔަކު އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ އަންހެން ދަރިފުޅު ހަމަ ދެންމެ ނިޔާވެއްޖެ. ނަމަވެސް ކަލޭގެފާނު ވަޑައިގެން އޭނާގެ ގައިގާ ކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލައްވައިފިނަމަ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!⁠“


ދެން އަހަރެން ހަމަ ވަގުތުން ކަލޭ ބަލާފޮނުވިން. އަދި ކަލޭ އަހަރެންގެ އެދުމަށް އައިސް ދިން ކަމީ ކަލޭގެ ރަނގަޅުކަން. މިހާރު އަހަރެމެން އެންމެން މި ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީގަ. އަދި އެކަލާނގެ ކަލެއަށް އަހަރެމެންނަށް އެންގުމަށް އަންގަވާފައިވާ ހުރިހާ ބަސްފުޅުތަކެއް ކަނުލާ އަޑު އެހުމުގެ އިންތިޒާރުގަ.⁠“


ބަރުނައްބާސް އާއި ޕައުލް އެމީހުންގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެމީހުން ޕެރުގާއިން އެއްގަމު މަގުން ދަތުރުކޮށް ޕިސީދިޔާގެ ރަށެއް ކަމުގައިވާ އަންތީޔޮކުއަށް ދިޔައެވެ. ސަބަތުގެ ދުވަހުގައި އެމީހުން އެރަށުގައިވާ ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ދީނީ މަރުކަޒަށް ގޮސް އެތަނުގައި އިށީނެވެ.


އަހަރެން ބުނަންތަ؟ މާތްރަސްކަލާނގެ މި ދިންނެވުން ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ދެއްވައިފި. އަދި އެމީހުން އެބަސްފުޅު ގަބޫލު ވެސް ކުރާނެ.⁠“ ޕައުލްގެ މި ބަސްތައް އިވުމުން އެތާނގައި ތިބި ބަނީއިސްރާއީލު މީހުންގެ މެދުގައި މި ބަސްތަކާއި މެދު ބަހުސް ކުރެވި ދެބަސްވުންތައް އުފެދި އެމީހުން އެތަނުން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ