މަންދޫބުންގެ މަސައްކަތް 13:40 - ކިތާބުލް މުޤައްދަސާ40 ނަބީބޭކަލުން މެދުވެރިކޮށް އެންގުނު ފަދައިން ކަލޭމެންނާއި ދޭތެރޭ ކަންތައް ވެގެން ނުދޭތޯ ސަމާލުވެ ތިބޭ. އެބޭކަލުން ލިޔުއްވި. အခန်းကိုကြည့်ပါ။ |
އެކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން ދޫކޮށް ލައްވާ އެމީހުންނަށް ފުރަގަސް ދެއްވި. ދެން އެމީހުން އުޑުގައިވާ ތަރިތަކަށް އަޅުކަން ކުރި. މި ކަންތައް އެ ހިނގައިދިޔައީ ނަބީބޭކަލުންގެ ފޮތްކޮޅުގައި ލިޔެވިގެން ވީ ފަދައިން. ’އޭ ބަނީއިސްރާއީލު މީހުންނޭ. ކަލޭމެން ހަނަފަސް ސަހަރާގެ ބިމުގައި ހޭދަކުރި ސާޅީސް އަހަރު ޤުރުބާންތައް ކޮށް ވެދުންތަކައިގެން އައީކީ ތިމަންކަލާނގެ އަރިހަކަށް ނޫނޭ.
ކަލޭމެންނާ ވާހަކަދެކެވޭ ފަރާތަކާ ދެކޮޅު ނުހަދާށެވެ. އިސްރާއީލީން ވެސް މޫސާގެފާނު ކުރެއްވި އިންޒާރަށް ފުރަގަސް ދިނުމުން އެމީހުން ސަލާމަތެއް ނުވިއެވެ. އެއީ ބިންމަތީގައި ހުންނެވި ބޭކަލެކެވެ. އަހަރެމެންނާ އުޑުން ވާހަކަދައްކަވާ ފަރާތަށް އަހަރެމެން ފުރަގަސް ދީފިނަމަ އަމުދުން އަހަރެމެން ސަލާމަތެއް ނުވާނެ ނޫންހެއްޔެވެ؟
މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.