Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 13:4 - ކިތާބުލް މުޤައްދަސާ

4 ބަރުނައްބާސް އާއި ޝާއުލް މާތްރޫޙުފުޅު އެމީހުން ފޮނުއްވި މަގުގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެންމެ ފުރަތަމަ އެމީހުން ދިޔައީ ސެލޫސިޔާއޭ ކިޔުނު ބަނދަރުމަތީގެ ރަށަށެވެ. އެ ރަށުން އެމީހުން އޮޑިއެއްގައި ދަތުރުކޮށް ދިޔައީ ސައިޕުރަސް އަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 13:4
7 ပူးပေါင်းရင်းမြစ်များ  

އިސްތިފާނު މަރާލި މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި އެހެން މީހުންނަށް ވެސް ވަރަށް ގިނަ އުނދަގޫތަކާ އަނިޔާތައް ދިނެވެ. އެކަމުގެ ސަބަބުން އީސާގެފާނަށް އީމާންވެގެން ތިބި ވަރަށް ގިނަ ބަޔަކު ވަކި ވަކި ވެ ވިއްސިވިހަވާލި ވެގެން ދިޔައެވެ. މީގެ ތެރެއިން ބައެއްމީހުން ފެނީސިޔާއާއި ސައިޕުރަސް އާއި އަންތީޔޮކުގައި ދަތުރުކޮށް އީސާގެފާނާއި ބެހޭ ޚަބަރުފުޅުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ. ނަމަވެސް މިމީހުން މި ކަންތައްތައް އަންގައިދީ ވާހަކަދައްކާ އުޅުނީ ހަމައެކަނި ބަނީއިސްރާއީލު މީހުންނާއެވެ.


މިމީހުން މާތްރަސްކަލާނގެ ކިބައަށް ހަމްދާ ސަނާކިޔާ ރޯދަހިފާ ހަދަމުން ގެންދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހަކު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެމީހުންނަށް އެންގެވިއެވެ. ”⁠ތިމަންކަލާނގެއަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން ބަރުނައްބާސް އާއި ޝާއުލް އެއްކިބާކޮށް ހޮވާ. އެއީ ތިމަންކަލާނގެ އެމީހުން ކުރުމަށް ކަނޑައަޅާ ޚާއްސަކޮށްފައިވާ ކަންތައްތައް ކުރުމަށްޓަކައި.⁠“


ދެން މި ބައިމީހުން އިތުރަށް ވެސް ދުވަސްކޮޅަކު ރޯދަހިފާ ދުޢާ ކުރުމަށް ފަހު ބަރުނައްބާސް އާއި ޝާއުލްއަށް ހިތްހެޔޮކަންދީ އެމީހުންގެ ބޮލުގައި އަތްލާ އެމީހުންނަށް ރަޙުމަތްލެއްވުމަށް އެދި ދުޢާ ކުރުމަށް ފަހު އެމީހުންގެ މަގުގައި ކުރިއަށް ފޮނުވިއެވެ.


ދެން ދުވަސްކޮޅެއް ފަހުން ޕައުލް ބަރުނައްބާސް އަށް ބުންޏެވެ. ”⁠އަހަރެމެން ކުރިން ދިންނެވުމުގެ ޚަބަރު ދިން ރަށްތަކަށް އެނބުރި ދަމާ ހިނގާ. އެއީ އޭރުން އެ ރަށްތަކުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ކަންތައް ހުރިގޮތެއް އަހަރެމެންނަށް އެނގޭނެ.⁠“


އަހަންނަށް އެނގޭހާ ވެސް ކަމަކީ އަހަރެން ދާކޮންމެ ރަށެއްގައި ވެސް އުނދަގޫތަކާއި ދިމާވެ އަދި ޖަލަށް ވެސް ލެވޭނެކަން މާތްރޫޙުފުޅު އަހަރެންނަށް އަބަދުވެސް އަންގަވާ.


އަހަރެމެން ޞައިދޫނުން ފުރައިގެން ދަތުރު ކުރަމުން ދިޔައީ ސައިޕުރަސްގެ ވައިދަށުން ލާފައެވެ. އެއީ ވައިޖެހެމުން އައީ ކުރިމަތިން ކަމަށް ވީމައެވެ.


އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރެއިން މި ފަދައިން ކަން ކުރި އެކަކީ ލާވީގެ ދަރިކޮޅުގެ ޔޫސުފުއެވެ. މި ޔޫސުފަކީ ސައިޕުރަސްގެ މީހެކެވެ. އޭނާގެ އަތުގައި ވީ ދަނޑުބިމެއް ވިއްކާލާ އެ ލާރި ގެނެސް އީސާގެފާނުގެ މަންދޫބުންނާއި އޭނާ ހަވާލު ކުރިއެވެ. މި ޔޫސުފުއަށް މަންދޫބުން ބަރުނައްބާސް އޭ ކިޔާ ނަންދިނެވެ. ބަރުނައްބާސްގެ މާނައަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ