Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 13:39 - ކިތާބުލް މުޤައްދަސާ

39 މޫސާގެފާނު މެދުވެރިކޮށް ދެއްވުނު ޤާނޫނުތަކާ ގަވާއިދުތަކުގެ ސަބަބަކުން ތިޔަބައިމީހުންގެ ފާފައެއް ނުފޮއްސެވޭނެ. ނަމަވެސް އީސާގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކު ފާފައިން މިންޖުވެ މިނިވަން ވެ އެމީހެއްގެ ފާފަތައް ފޮހެވިގެން ދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 13:39
40 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު އެއްވެ ތިބި މީހުންގެ ތެރެއިން ދީނުގެ ދަންނަބޭކަލަކު ތެދުވެ އީސާގެފާނު ކުށްވެރި ކުރެވޭނެ ފަދަ ބަހެއް އެކަލޭގެފާނުގެ ކިބައިން ހޯދުމަށްޓަކައި އެކަލޭގެފާނާއި ސުވާލެއް ކުރިއެވެ. މިމީހާ އީސާގެފާނަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުންނުވާ ޙަޔާތުގައި ލިބިގަތުމަށްޓަކައި ކުރަންވީ ކަންތައްތަކަކީ ކޮބައިތޯ؟⁠“


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ކަލޭ ޖަވާބު ތިޔަ ދިނީ ވަރަށް ރަނގަޅަށް. ތިޔަ ބުނި މަގުން ކަންތައް ކުރޭ. އެއިރުން ކަލެއަށް ނިމުންނުވާ ޙަޔާތް ލިބޭނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މި ދެމީހުން ދުޢާކޮށް ނިމިގެން ގެއަށް ދިޔައިރު މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެން ވަނީ މި ޓެކްސް ނަގާ މީހާއަށް. ދީންވެރިޔާއަކަށް ނޫން. އެއީ ތިމާ ކުރާ ރަނގަޅު ކަންތަކުގެ މައްޗަށް ބޮޑާވެ އަދި އެކަންތައްތަކުގެ ސަބަބުން ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ދެކޭ މީހުންގެ ހިތް މާތްރަސްކަލާނގެ ތިރި ކުރައްވާނެ. އަދި އަމިއްލަ ނަފުސަށާއި ކުރާ ކަންތަކުގެ މައްޗަށް ބޮޑާ ނުވެ ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ނުދެކޭ މީހުން މާތްރަސްކަލާނގެ މަތި ކުރައްވާނެ.⁠“


މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރި ކުރައްވާ އެކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތައް އެންގެވިއެވެ. ނަމަވެސް އެކަލާނގެ ދެއްވާ ދެގޮތެއްވުމެއް ނުވާ، ބަދަލުވުމެއް ނުވާ ލޯބިފުޅާއި އެކަލާނގެއާއި ބެހޭ ތެދު ފާޅުވެ އެނގުނީ އީސާ އަލްމަސީޙު މެދުވެރިކޮށެވެ.


ހަމަ ތެދެއް، އަހަރެންގެ ބަސްތައް ގަބޫލުކޮށް އަދި އަހަރެން ފޮނުއްވި ފަރާތް ގަބޫލު ކުރާ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފާ. އެމީހުން ކުށްވެރިކޮށް އެމީހުންނާ ދޭތެރޭ ހިސާބެއް ނުބެލެވޭނެ. އެއީ އެމީހުން މިހާރު ވެސް ވަނީ މަރުވުމުން ބޭރުވެ ދާއިމީ ޙަޔާތަކަށް ވާސިލުވެފައި.


ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް މާކުރީއްސުރެ ވެސް އަންގަވާފައިވާ ފަދައިން އެ ބޭކަލަކަށް އީމާންވުމުން އެންމެ ހާ މީސްތަކުންގެ ފާފަތައް އެ ނަންފުޅެއް މެދުވެރިކޮށް ފުއްސެވޭނޭ ނަންފުޅަކީ އީސާގެފާނުގެ ނަންފުޅޭ.⁠“


އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަތިންނަމަ އަހަރެން މިވަނީ މަރުވެފައި. އަހަރެން އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަތީގައި މަރުވެ މިހިރީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގެ މަތީގައި ދިރިހުރުމަށްޓަކައި. އަހަރެން މިވަނީ އީސާގެފާނާއެކު ސަލީބުގައި މަރާލެވިފައި.


އަދި ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުގައި ވެސް ލިޔެވިގެން ވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުން އެކަލާނގެ ކިބަފުޅަށް އީމާންވުމުގެ ސަބަބުން އެކަލާނގެ ޙަޟްރަތުގައި ޞާލިޙުން ކަމުގައި ލައްވާނެއެވެ. މިކަން ހާމަކޮށް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މިފަދައިން އެންގެވި ކަމުގައި ލިޔެވިގެންވެއެވެ. ”⁠ކަލޭގެފާނު މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ އެންމެހާ މީސްތަކުންގެ މައްޗަށް ރަޙުމަތް ލައްވާހުށީމެވެ.⁠“


އަހަރެން ތަކުރާރުކޮށް އަނެއްކާވެސް ބުނަމެވެ. ކަލޭމެން އެފަދައިން ކަންތައް ކޮށްފިނަމަ، މޫސާގެފާނު މެދުވެރިކުރައްވައި އެންގެވި ހުރިހާ އަމުރުފުޅުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ކަލޭމެން ކަންތައް ކުރަން ޖެހޭނެއެވެ.


އިމާމުން ތަކުރާރުކޮށް ކޮންމެ ދުވަހަކުވެސް އެމީހުންގެ މަސައްކަތް ދުވަހުން ދުވަހަށް ކުރަމުން ދެއެވެ. އެކަމަކު އެމީހުން ޤުރުބާންކޮށް ތާއަބަދު އެތައް ފަހަރަކު އެކުރާހާ ޤުރުބާންތަކަކުން މީސްތަކުންގެ ފާފަތަކެއް ފޮހެވިގެންނެއް ނުދެއެވެ.


އެހެނީ ޤާނޫނަކީ އެއްވެސް ކަމެއް ފުރިހަމަ ކުރެވޭނެ އެއްޗެއް ނޫނެވެ. މިއަދު އަހަރެމެންނަށް މިވަނީ މާމަތިވެރި އުންމީދެއް ލިބިފައެވެ. އެ އުންމީދުގެ ތެރޭން އަހަރެމެންނަށް މާތްރަސްކަލާނގެއާ ގާތަށް ދެވޭނެ ގޮތް މެދުވެރިވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ