މަންދޫބުންގެ މަސައްކަތް 13:38 - ކިތާބުލް މުޤައްދަސާ38 އެކުވެރިންނޭ އަޅުގަނޑު ތިޔަ އެންމެ ހާ އަޚުންނަށް ދޭން އެދޭ ޚަބަރަކީ އީސާގެފާނު މެދުވެރިކޮށް ތިޔަ އެންމެ ހާ މީސްތަކުންގެ ފާފަ ފޮއްސެވޭނެ ކަމުގެ ޚަބަރު. အခန်းကိုကြည့်ပါ။ |
އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން.
އަހަރެން ބުނަންތަ؟ މާތްރަސްކަލާނގެ މި ދިންނެވުން ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ދެއްވައިފި. އަދި އެމީހުން އެބަސްފުޅު ގަބޫލު ވެސް ކުރާނެ.“ ޕައުލްގެ މި ބަސްތައް އިވުމުން އެތާނގައި ތިބި ބަނީއިސްރާއީލު މީހުންގެ މެދުގައި މި ބަސްތަކާއި މެދު ބަހުސް ކުރެވި ދެބަސްވުންތައް އުފެދި އެމީހުން އެތަނުން ދިޔައެވެ.
ވީއިރު އަހާ. އަޅުގަނޑުމެން ބަނީއިސްރާއީލުގެ އެންމެންނަށް ހާމަކޮށް އަންގަން. އޭނާ ރަނގަޅުވީ ނާޒަރަތުގެ ރަށްވެއްސެއް ކަމުގައި ވީ އީސާ އަލްމަސީޙުގެ ބާރުފުޅުން. ކަލޭމެން އެކަލޭގެފާނު ސަލީބަކަށް ނަގާ މަރާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. މި ވާވެފައިވީ ނުހިނގޭ މީހާ މުޅިން ރަނގަޅުވެ މިއަދު ތިޔަ އެންމެ ހާ މީސްތަކުންގެ ކުރިމަތީ ކޮޅަށް މިހިރީ އީސާގެފާނުގެ ބާރުފުޅުން.
އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ.