Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 13:32 - ކިތާބުލް މުޤައްދަސާ

32-33 އަޅުގަނޑާއި ބަރުނައްބާސް މިއަދު މި ތަނަށް މި އައީ ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ދިނުމަށް. އެއީ މާތްރަސްކަލާނގެ އަޅުގަނޑުމެންގެ ކާބަފައިންނަށް ކުރެއްވި ވަޢުދު ފުޅު ފުރިހަމަ ކުރައްވާ އެ ކާބަފައިންގެ ދަރިކޮޅުގެ މީހުންނަށް ދައްކަވައިފި. މާތްރަސްކަލާނގެ އެ ވަޢުދުފުޅު ފުރިހަމަ ކުރެއްވުމުގެ ގޮތުން އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި. އެއީ ޒަބޫރުގެ ދެވަނަ ބާބުގައި ލިޔެވިގެންވީ ފަދައިން، ލިޔެވިގެންވޭ. ’⁠ކަލޭގެފާނު ތިޔައީ ތިމަންކަލާނގެ ދަރިކަލުންނޭ. އެއީ މިއަދު ތިމަންކަލާނގެ ކަލޭގެފާނުގެ ބައްޕަ ކަމުގައި ވެއްޖެއޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 13:32
40 ပူးပေါင်းရင်းမြစ်များ  

ތިބާއަށް ހެޔޮއެދޭ މީހުންނަށް ތިމަންކަލާނގެ ރަޙުމަތް ލައްވާނަން. ތިބާއަށް ނުބައިކޮށް ކަންތައްކުރި މީހަކަށް ތިމަންކަލާނގެ ކޯފާ ލައްވާނަން. އަދި ތިމަންކަލާނގެ ދުނިޔޭގެ ކޮންމެ އާއިލާއަކަށް ތިބާ މެދުވެރިކޮށް ރަޙުމަތް ލައްވާނަން.⁠“


ތިބާގެ ދަރިފަސްކޮޅު މެދުވެރިކުރައްވާ ތިމަންކަލާނގެ ދުނިޔޭގެ ހުރިހާ އެންމެންގެ މައްޗަށް ރަޙުމަތް ލައްވާހުށިން. އެއީ ތިބާ ތިމަންކަލާނގެ ކިބަފުޅަށް ކިޔަމަންތެރިކަން އަދާކުރެއްވުމުން.⁠‘⁠“


ތިމަންކަލާނގެ ތިބާއަށް އުޑުގައިވާ ތަރިތަކާއި އެއްފަދައިން ގުނާ އަދަދު ނުކުރެވޭފަދަ ދަރިފަސްކޮޅެއް ދެއްވާނަމު. އަދި އެ ދަރިފަސްކޮޅަށް މި ބިން ދެއްވާނަމު. އަދި ތިބާގެ ދަރިފަސްކޮޅު މެދުވެރި ކުރައްވައި މި ދުނިޔޭގައިވާ އެންމެހާ ޤައުމުތަކުގައިވާ މީސްތަކުންނަށް ރަޙުމަތް ލައްވާނަމު.


ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


”⁠ޔަހޫޛާގެ ދަރިފަސްކޮޅުން ރަސްރަސްކަލުން ވަޑައިގަންނަވާނެ. އަބަދުވެސް ތަޚުތުގައި އޭނާގެ ދަރިފަސްކޮޅުގެ މީހަކު ވެޑުވިގެންވާނެ. އެ ރަސްކަމުގެ ޙައްޤުވެރިޔާ އައުމަށް ދާންދެން ޔަހޫޛާ ވެރިކަން ކުރާނެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތައް އެރަސްގެފާނަށް ކިޔަމަންތެރިވާނެމެ.⁠“


މަލާއިކަތާ ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ޖިބުރީލު. އަހަރެން މިއައީ މާތްރަސްކަލާނގެ ޙަޟްރަތުން. އެކަލާނގެ އަހަރެން ފޮނުއްވީ ކަލެއަށް މިއުފާވެރި ޚަބަރު ދިނުމަށް.


މި މަލާއިކަތާ ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ. އަހަރެން މިއައީ ކަލޭމެންނަށް ރަނގަޅު އުފާވެރި ޚަބަރަކާއިގެން. އެޚަބަރެއްގެ ސަބަބުން އެންމެން އުފާ ކުރާނޭ ޚަބަރަކައިގެން.


ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ އެންގެވި ހެޔޮޚަބަރުފުޅަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައި ވާ އީސާ އަލްމަސީޙު މެދުވެރިކޮށް އިންސާނުންނާއި މާތްރަސްކަލާނގެއާއި ދެމެދު ސުލްޙައާއި ހަމަޖެހުން ގާއިމު ވި ކަމުގެ ޚަބަރުފުޅޭ. އީސާގެފާނަކީ އެންމެންގެ ވެސް ވެރި މާތްސާހިބާއޭ.


މާތްރަސްކަލާނގެ އެންމެ ކުރީސުރެ ވެސް ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން ދާއޫދުގެފާނުގެ ދަރިކޮޅުން މީސްތަކުން ދިންނެވުމަށް ބަނީއިސްރާއީލު މީހުންގެ ގާތަށް ބޭކަލަކު ފޮނުއްވި. މީސްތަކުން ދިންނެވުމަށް މާތްރަސްކަލާނގެ ފޮނުއްވި މިބޭކަލަކީ އީސާގެފާނު.


އެކުވެރިންނޭ އަޅުގަނޑު ތިޔަ އެންމެ ހާ އަޚުންނަށް ދޭން އެދޭ ޚަބަރަކީ އީސާގެފާނު މެދުވެރިކޮށް ތިޔަ އެންމެ ހާ މީސްތަކުންގެ ފާފަ ފޮއްސެވޭނެ ކަމުގެ ޚަބަރު.


”⁠އޭ އެކުވެރިންނޭ، ކަލޭމެން ތިޔަ ފަދައިން ތިޔަ ކަން ކުރަނީ އަޅެ ކީއްވެ؟ އަހަރެމެން ވެސް މިއީ ހަމަ ކަލޭމެން ފަދަ އިންސާނުން. އަހަރެމެން މި ރަށަށް މި އައީ ތިޔަބައިމީހުންނަށް މި ކަހަލަ ފައިދާއެއް ނެތް ކަންތައްތަކުން ދުރުވެ ދިރިވޮޑިގެންވާ ކަލާނގެ ކިބަފުޅަށް އެނބުރުމުގެ ހެޔޮޚަބަރުފުޅު ދިނުމަށް. އެކަލާނގެއީ އުޑާއިބިމާ ކަނޑާއި އަދި އެތަންތަނުގައިވާ ހުރިހާ އެއްޗެއް ހެއްދެވި ކަލާނގެ.


މިއަދު އަޅުގަނޑާއި މެދު ޝަރީއަތް މި ކުރެވެނީ އެއީ އަޅުގަނޑުމެންގެ ކާބަފައިންނަށް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅެއް ފުރިހަމަ ވާނެ ކަމުގައި އުންމީދުކޮށް ގަބޫލު ކުރުމުން.


ވީމާ ކަލޭމެންގެ ހިތާއި އަމަލާއި ބަދަލުކޮށް ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަން ކުރަން ފަށާ. އޭރުން އެކަލާނގެ ކަލޭމެންގެ ފާފަތަކަށް މަޢާފު ކުރައްވާ އެ ފާފަތައް ފުއްސަވާނެ. އަދި އޭރުން އެކަލާނގެ ޙަޟްރަތުން ކަލޭމެންގެ ހިތްތަކަށް ތަނަވަސްކަން ދެއްވާނެ.


އަދި އެއަށް ފަހު ކޮންމެދުވަހަކު އެމީހުން ބައިތުލް މަޤްދިސްގައާއި އަދި މީސްތަކުންގެ ގޭގޭގައި ވެސް މީސްތަކުންނަށް ކިޔަވާދެމުން ގެންދިޔައެވެ. އަދި އީސާގެފާނަކީ މާތްރަސްކަލާނގެ ހޮއްވަވާ ޚާއްސަކުރައްވާ މީސްތަކުން ދިންނެވުމަށް ފޮނުއްވި އަލްމަސީޙު ކަމުގެ ހެޔޮޚަބަރުފުޅު އަންގަމުން ގެންދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ