މަންދޫބުންގެ މަސައްކަތް 13:31 - ކިތާބުލް މުޤައްދަސާ31 އަދި އެކަލޭގެފާނު އަލުން ދިރިވަޑައިގެން އެކަލޭގެފާނާއި އެކު ގަލީލީއިން ޖެރޫސަލަމަށް އައި މީހުންނަށް އެތައް ދުވަހެއްވަންދެން ފެނި ހާމަވަމުން ދިޔަ. މިމީހުން މިހާރު އީސާގެފާނާއި ބެހޭ ގޮތުން ހެކިދީ އެކަލޭގެފާނާއި ބެހޭ ހެޔޮޚަބަރުފުޅުތައް ބަނީއިސްރާއީލު މީހުންނަށް އަންގައިދެމުން އެބަދޭ. အခန်းကိုကြည့်ပါ။ |
އެއީ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ދުވަސްވަރުން ފެށިގެން އީސާގެފާނު ސުވަރުގެ ގެންދެވުނު ދުވަހާއި ޖެހެން ދެން އަހަރެމެންނާއި އެކު ވީ މީހަކު ކަމުގައި އެމީހަކު ވާން ޖެހޭނެ. އެއީ އެމީހަކު ވެސް އަހަރެމެންނާއި އެކު މީސްތަކުންނަށް އީސާގެފާނު އަލުން ދިރިވަޑައިގެންނެވި ކަމުގެ ހެކިދީ އެކަންތައްތައް އަންގައިދޭން ޖެހޭނެ.“
އީސާގެފާނު އަނިޔާ ލިބިވަޑައިގެން އަވަހާރަވުމަށް ފަހު، އެކަލޭގެފާނުގެ މަންދޫބުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެން، އެމީހުންނަށް އެކަލޭގެފާނު ދިރިވަޑައިގެންވާ ކަން އެކި ތަފާތު ގޮތްތަކުގެ މަތިން ހާމަކޮށްދެއްވިއެވެ. އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެން އެކަލޭގެފާނުގެ މަންދޫބުންނަށް ފާޅުވެވަޑައިގެން ސާޅީސް ދުވަހުގެ ތެރޭ، މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ގޮތުން އެކަލޭގެފާނު އެމީހުންނާއި ވާހަކަ ދެއްކެވިއެވެ.