Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 13:27 - ކިތާބުލް މުޤައްދަސާ

27 ޖެރޫސަލަމުގެ މީހުންނާއި އަދި އެމީހުންގެ ވެރިންނަކަށް އީސާގެފާނަކީ ކޮން ބޭކަލެއް ކަމެއް ނުވިސްނުނު. އަދި ރަސޫލުންނާއި ނަބީން މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވާފައިވާ ބަސްފުޅުތައް ލިޔެވިގެންވީ ފޮތުން ކޮންމެ ސަބަތުގެ ދުވަހެއްގައި އެމީހުން ކިޔަވާ އާޔަތްތަކެއް ވެސް އެމީހުންނަކަށް ނުވިސްނޭ. ނަމަވެސް ހަމަ އެ ބަސްފުޅުތަކުގައި ލިޔެވިގެންވީ ފަދައިން އެމީހުން އެކަލޭގެފާނު ކުށްވެރިކުރި. އަދި އެ ގޮތުން އެ ބަސްފުޅުތަކުގައި ވީ ފަދައިން ހުރިހާކަމެއް ފުރިހަމަވެ ދިޔަ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 13:27
25 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންގެ މަގުސަދަކަށްވީ އަހަރެންނަށް އަނިޔާވެރިވުން. ނަމަވެސް މިއަދު އެނުބައި ޢަމަލު މާތްކަލާނގެ ވަނީ ހެޔޮކަމަކަށް ބަދަލު ކުރައްވާފައި. އޭގެ ނަތީޖާއަކަށްވީ އެތައްބައެއްގެ ފުރާނަ އެކަލާނގެ ސަލާމަތް ކުރެއްވުން.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުން ތިތިބީ އޮޅުމެއްގެ ތެރޭގައި! އެހެނީ ތިޔަބައިމީހުންނަކަށް މުޤައްދަސް ފޮތުގައިވާ އެއްޗެއް ނުވެސް އެނގޭ. އަދި ތިޔަބައިމީހުންނަކަށް މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ވެސް ނޭނގޭ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ޕަތަރަސް. އަހަރެން ވާހަކައެއް ބުނަން ތަ؟ މި ރޭގެ ފަތިހު ހާ ގޮވުމުގެ ކުރިން ކަލޭ ތިން ފަހަރު މަތިން އަހަރެން މިއީ ނުވެސް ދަންނަ މީހަކު ކަމުގައި ބުނާނެ.⁠“


ޕިލާތުސް އެތާ އެއްވެ ތިބި ބޮޑު އިމާމުންނަށާއި ބަނީއިސްރާއީލުގެ ވެރިންނަށާއި އާންމުންނަށް ގޮވާ އެމީހުންނަށް ބުންޏެވެ. ”⁠މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަލޭމެން އަހަރެންގެ ގާތަށް ގެނައި މިމީހާއާއި މެދު އަހަރެން ވަރަށް ރަނގަޅަށް ހޯދާ ބަލައިފިން. ނަމަވެސް އަހަރެންނަށް ފެންނަ ގޮތުގައި ކަލޭމެން ތިޔަ ކުރާ ހުރިހާ ތުހުމަތުތަކުން އެންމެ ތުހުމަތެއް ވެސް ތެދު އެއްޗަކަށް ނުވޭ.


ބޮޑު އިމާމުންނާއި އަހަރެމެންގެ ވެރިން އެކަލޭގެފާނަށް މަރުގެ ޙުކުމް ކޮށް އެކަލޭގެފާނު ރޯމުގެ ސިފައިންނާއި ހަވާލުކުރި. އަދި އެމީހުން އެކަލޭގެފާނު ސަލީބަށް އެރުވި.


ދުނިޔޭގެ މީސްތަކުން ކަލޭމެންނަކީ އަހަރެންގެ މީހުންނަށް ވީތީ ކަލޭމެން ދެކެ ނަފްރަތުކޮށް ރުޅިއަންނާނެ. އެއީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ މާތްރަސްކަލާނގެ އެމީހުން ނުދަންނާތީ.


އެއީ އެމީހުންނަށް ބައްޕާފުޅެއް ވެސް އަދި އަހަންނެއް ވެސް ނޭނގޭތީ.


ކަލޭމެން މާތްރަސްކަލާނގެ މުޤައްދަސް ފަތްފުށްތައް ކިޔަވާ އެފޮތްތައް ދަސްކޮށް ހަދާ! ކަލޭމެން އެފޮތްތައް ކިޔަވަނީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެދި. އެކަމަކު އެފޮތްތަކުގައި ލިޔެވިގެން ވަނީ ހަމަ އަހަރެންނާ ބޭހޭގޮތުން.


އެހެން ކަމުން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އިންސާނާގެ ދަރިކަލުން މައްޗަށް ނަގާ އުފުލާ ދުވަހު ކަލޭމެންނަށް އަހަރެން މިއީ އެކަލޭގެފާނުކަން އެނގޭނެ. އަދި އަހަރެން އެއްވެސް ކަމެއް އަހަރެން އަމިއްލަޔަށް ނުކުރާ ކަމާއި، އަދި އަހަރެން މިބުނާ ހުރިހާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން ކަމާއި، އެބަސްތަކަކީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު އަހަރެންނަށް އެންގެވި ބަސްފުޅުތައް ކަން ވެސް ކަލޭމެންނަށް އެނގޭނެ.


އެއީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގަވާއިދުތަކާއި ޤާނޫނުތައް ކޮންމެ ސަބަތުގެ ދުވަހެއްގައި ދީނީ މަރުކަޒުތަކުގައި ކިޔެމުން ދާ ތާ އެތައް ޒަމާނެއް ވެއްޖެ. އަދި ކޮންމެ ރަށެއްގައި ވެސް އެކަލޭގެފާނުގެ ބަސްފުޅުތައް ވެސް ވަނީ އަންގައިދެއްވިފަ.⁠“


ދެން އެމީހުން ވަކި ދުވަހެއް ކަނޑައަޅާ ނިންމާ ޕައުލް ހުރިގެއަށް އައެވެ. އެދުވަހު އެގެއަށް އެތައް ބަޔަކު އެއްވިއެވެ. ހެނދުނުން ފެށިގެން އިރުއޮއްސެން ދެން ޕައުލް އެމީހުންނާއި ވާހަކަ ދެއްކިއެވެ. މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅާ އަދި އެހެނިހެން ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ބޭނުންކޮށްގެން ޕައުލް އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި އަދި އީސާގެފާނާއި ބެހޭ ގޮތުން އަންގައިދީ އެއީ ތެދުކަން ހާމަކޮށްދީ ހެދިއެވެ.


އަޚުންނާއި އުޚުތުންނޭ. ކަލޭމެންނާއި ކަލޭމެންގެ ވެރިން އީސާގެފާނާއި ދޭތެރޭ އެ ފަދައިން ކަން ކުރީ އެއީ ކަލޭމެންނަށް އެ ކުރެވެނީ ކޮން ފަދަ ކަމެއްކަން ނޭނގޭތީ.


އަހަރެން އެކަލޭގެފާނުގެ އަބުރުފުޅަށް ކުފުރުބަސް ބުނީމެވެ. އެކަލޭގެފާނަށް އީމާންވީ ފަރާތްތައް ޝިކާރަކޮށް އަހަރެންނަށް ކުރެވެންހުރި ހުރިހާ އަނިޔާއެއް ކުރީމެވެ. އެހެނަސް މާތްރަސްކަލާނގެ ރަޙުމަތް އަހަރެންނާއެކު ވޮޑިގެންވި ސަބަބަކީ އެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނީ ޖާހިލު ކަމާއި އީމާންތެރިކަމެއް ނެތް ޙާލުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ