މަންދޫބުންގެ މަސައްކަތް 13:23 - ކިތާބުލް މުޤައްދަސާ23 މާތްރަސްކަލާނގެ އެންމެ ކުރީސުރެ ވެސް ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން ދާއޫދުގެފާނުގެ ދަރިކޮޅުން މީސްތަކުން ދިންނެވުމަށް ބަނީއިސްރާއީލު މީހުންގެ ގާތަށް ބޭކަލަކު ފޮނުއްވި. މީސްތަކުން ދިންނެވުމަށް މާތްރަސްކަލާނގެ ފޮނުއްވި މިބޭކަލަކީ އީސާގެފާނު. အခန်းကိုကြည့်ပါ။ |
އަދި އެއްބަޔަކު އީސާގެފާނުގެ ކުރިފުޅުމަތީގައި އަދި އަނެއް ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި މިފަދައިން ގޮވަމުން ދިޔައެވެ. ”ދާއޫދުގެފާނުގެ ދަރިކަލުންނަށް ޙަމްދުހުރި! މާތްރަސްކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދޭ! އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!“
އެމީހުން އެ އަންހެންމީހާއަށް ބުންޏެވެ. ”ފުރަތަމަ އަހަރެމެން އެކަލޭގެފާނު ގަބޫލުކުރީ ކަލޭ ދެއްކި ވާހަކަތަކުގެ ސަބަބުން. ނަމަވެސް މިހާރު އަހަރެމެން އެކަލޭގެފާނު ގަބޫލުކޮށް އީމާން މިވީ އަހަރެމެންގެ އަމިއްލަ ކަންފަތަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން. މިހާރު އަހަރެމެންނަށް މުޅިން ޔަޤީންވެ އެނގިއްޖެ އެކަލޭގެފާނަކީ ދުނިޔޭގެ މީސްތަކުން ދިންނަވާނެ ކަލޭގެފާނުކަން.“
އަޅުގަނޑާއި ބަރުނައްބާސް މިއަދު މި ތަނަށް މި އައީ ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ދިނުމަށް. އެއީ މާތްރަސްކަލާނގެ އަޅުގަނޑުމެންގެ ކާބަފައިންނަށް ކުރެއްވި ވަޢުދު ފުޅު ފުރިހަމަ ކުރައްވާ އެ ކާބަފައިންގެ ދަރިކޮޅުގެ މީހުންނަށް ދައްކަވައިފި. މާތްރަސްކަލާނގެ އެ ވަޢުދުފުޅު ފުރިހަމަ ކުރެއްވުމުގެ ގޮތުން އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި. އެއީ ޒަބޫރުގެ ދެވަނަ ބާބުގައި ލިޔެވިގެންވީ ފަދައިން، ލިޔެވިގެންވޭ. ’ކަލޭގެފާނު ތިޔައީ ތިމަންކަލާނގެ ދަރިކަލުންނޭ. އެއީ މިއަދު ތިމަންކަލާނގެ ކަލޭގެފާނުގެ ބައްޕަ ކަމުގައި ވެއްޖެއޭ.‘
ދާއޫދުގެފާނަކީ ރަސޫލުބޭކަލެއް ކަމުން މާތްރަސްކަލާނގެ އެކަލޭގެފާނަށް ކުރެއްވި މުހިންމު ވަޢުދުފުޅު އެކަލޭގެފާނު ދެނެވަޑައިގެންވި. މާތްރަސްކަލާނގެ ދާއޫދުގެފާނަށް ވަޙީކުރެއްވީ ދާއޫދުގެފާނުގެ ދަރިކޮޅުން އަންނަ މީހަކު ހަމަ ދާއޫދުގެފާނު މީސްތަކުންގެ މައްޗަށް ރަސްކަން ކުރެއްވި ފަދައިން އަލްމަސީޙުގެ ގޮތުގައި މީސްތަކުންގެ މައްޗަށް ވެރިކަން ކުރައްވާނެ ކަމުގަ.
މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.
އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙާއި މެދު އުނގެނި ގަތުމުން ދުނިޔޭގެ ނުބައި ނުލަފާ ގޮތްތަކުން އެބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދެއެވެ. ނަމަވެސް އެބައިމީހުން ފާޙިޝް އަމަލުތަކުގެ ތެރެއަށް ދިއުމުން އެކަންތަކުގެ ޝިކާރައިގައި ޖެހި ހަލާކުވެ އިހުނަށް ވުރެން ގޯސް ހާލަތަކަށް ހިނގައިދާނެއެވެ.
އެއީ ނަބިއްޔުން މާޒީގައި ބުނެދެއްވި ކަންތައްތައް ތިޔަބައިމީހުން ހަނދާން ނައްތާ ނުލުމަށް އެހީވުމަށެވެ. ހަމައެހެންމެ އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތްޕުޅުން އެކަލޭގެފާނުގެ މަންދޫބުންނަށް ދެއްވި އަމުރު މަޢުރޫފުގެ ދަށުން ތިޔަބައިމީހުންނަށް އެބޭކަލުން އަންގައިދިން ތަކެތި އުނގެނި ދޭހަ ކުރުމެވެ.