Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 13:14 - ކިތާބުލް މުޤައްދަސާ

14 ބަރުނައްބާސް އާއި ޕައުލް އެމީހުންގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެމީހުން ޕެރުގާއިން އެއްގަމު މަގުން ދަތުރުކޮށް ޕިސީދިޔާގެ ރަށެއް ކަމުގައިވާ އަންތީޔޮކުއަށް ދިޔައެވެ. ސަބަތުގެ ދުވަހުގައި އެމީހުން އެރަށުގައިވާ ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ދީނީ މަރުކަޒަށް ގޮސް އެތަނުގައި އިށީނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 13:14
13 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެނބުރި އެކަލޭގެފާނު އުޅެ ބޮޑުފުޅުވި އަމިއްލަފުޅު ރަށް ކަމަށްވާ ނާޒަރަތަށް ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު އާދަވެވަޑައިގެން ކަންކުރައްވާ ފަދައިން ސަބަތުގެ ދުވަހުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަކަށް ވަޑައިގެންނެވިއެވެ. އެތާނގައި އެކަލޭގެފާނު މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅު ކިޔަވާ ވިދާޅުވުމަށްޓަކައި ތެދުވެ ވަޑައިގެންނެވިއެވެ.


ޕައުލް އާއި ބަރުނައްބާސް އެ ދީނީ މަރުކަޒުން ދިއުމުގެ ކުރިން އެތާނގައި ތިބި މީސްތަކުން ޖެހިގެން އަންނަ ސަބަތުގެ ދުވަހުގައި ވެސް އެތަނަށް އައިސް މި ކަންތައްތަކާ ބެހޭ ގޮތުން އެމީހުންނަށް އިތުރަށް އަންގައިދީ ބުނެދިނުމަށް އެދުނެވެ.


ޖެހިގެން އައި ސަބަތުގެ ދުވަހުގައި މުޅިރަށުގެ އެންމެން ހެން މާތްރަސްކަލާނގެ ދެއްވި ޚަބަރުގެ އަޑު އެހުމަށް ދީނީ މަރުކަޒަށް އައެވެ.


ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.


އެ ރަށުގެ ސަލާމިސްއޭ ކިޔުނު އަވަށުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގައި ބަރުނައްބާސް އާއި ޝާއުލް މާތްރަސްކަލާނގެ ބަސްފުޅުތައް ކިޔާދީ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޔޫޙަންނާ މަރުކުސް ވެސް އެމީހުންނާއި އެކު އެމީހުންގެ އެހީތެރިއެއްގެ ގޮތުގައި މި މަސައްކަތުގައި އުޅުނެވެ.


ޕިސީދިޔާގެ އަންތީޔޮކު އާއި އިކޯނިޔުމް އިން ބަނީއިސްރާއީލުގެ ބައެއް ވެރިން އެ ރަށަށް އައެވެ. އަދި އެމީހުން މީސްތަކުން ޕައުލް އާއި ދެކޮޅަށް އެނބުރުވިއެވެ. ދެން ބަޔަކު ޕައުލްގެ ގަޔަށް ހިލައުކާ އަދި އޭނާ މަރުވީ ކަމަށް ހީކޮށް ދަމާ ގެންގޮސް އޭނާގެ ހަށިގަނޑު އެ ރަށުން ބޭރަށް އެއްލާލިއެވެ.


ޖެހިގެން އައި ސަބަތުގެ ދުވަހު އަހަރެމެން އެ ރަށުގެ ބޮޑު ދޮރާށިން ނުކުމެގެން ކޯރުގެ އައްސޭރިއަށް ދިޔައީމެވެ. އެއީ އެ ރަށުގައި އުޅޭ ބަނީއިސްރާއީލު މީހުން ދުޢާ ކުރުމަށް އަންނާނެ ތަނަކީ އެތަން ހެން އަހަރެމެންނަށް ހީވާތީއެވެ. އަހަރެމެން އެތާ އިށީނދެ އެތަނަށް އެއްވެފައިވާ އަންހެނުންގެ ބަޔަކާ ވާހަކަ ދެއްކީމެވެ.


ޕައުލް އަބަދުވެސް ސަބަތުގެ ދުވަހު ކަންތައް ކުރާ އާދައިގެ މަތިން ޖެހިގެން އައި ސަބަތު ދުވަހު ވެސް އޭނާ އެ ދީނީ މަރުކަޒަށް ދިޔައެވެ. އަދި މި ގޮތުގެ މަތިން ތިން ސަބަތު އޭނާ އެތަނުގައި މީސްތަކުންނާއި ވާހަކަދައްކާ ހެދިއެވެ. ޕައުލް މާތްރަސްކަލާނގެ ބާވައިލެއްވިގެންވާ ފޮތްތަކުގެ ބައިތަކުން ކިޔާދީ މީސްތަކުންނަށް ބަޔާންކޮށް އަންގައިދިނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާ ފަރާތް ކަމުގައިވާ އަލްމަސީޙަށް އަނިޔާލިބި މަރުވުމަށް ފަހު އަލުން ދިރުއްވޭނެ ކަމުގައެވެ. ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠އަހަރެން ކަލޭމެން ގާތު އެބޭކަލެއްގެ ވާހަކަ މިބުނި އީސާގެފާނަކީ މާތްރަސްކަލާނގެ ފޮނުއްވި އަލްމަސީޙު.⁠“


އަދި ކޮންމެ ސަބަތުގެ ދުވަހެއްގައި ޕައުލް ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒުގައި ބަނީއިސްރާއީލު މީހުންނާއި އަދި އެހެން މީހުންނާއި ވެސް މާތްރަސްކަލާނގެ އާއި މެދު ވާހަކަދައްކާ އެމީހުން އެކަލާނގެ މަގަށް އެނބުރުމަށް މަސައްކަތް ކުރިއެވެ.


ދެން ޕައުލް ދިޔައީ އެ ރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒަށެވެ. އެތާނގައި ޕައުލް ތިން މަސްދުވަސް ވަންދެން ވަރަށް ކެރިގެން ކިޔަވާދެމުން ދިޔައެވެ. ޕައުލް ބަނީއިސްރާއީލު މީހުންނާއި ވާހަކަ ދައްކާ ބަހުސްކޮށް، މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު، އޭނާ ކިޔަވާދެމުން ދިޔަ ބަސްތައް އެމީހުންނަށް ސާފުކޮށް އޮޅުންފިލުވާދިނެވެ.


ދެން ހަމަ ވަރަށް އަވަހަށް ޝާއުލް ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ތަންތަނަށް ގޮސް އެތަންތާގައި އީސާގެފާނުގެ ބަސްފުޅުތައް އަންގައިދޭން ފަށައިފިއެވެ. އޭނާ ބުނަމުން ދިޔައެވެ. ”⁠އާއެކޭ. އީސާގެފާނަކީ ހަމަކަށަވަރުން ވެސް މާތްރަސްކަލާނގެ ދަރިކަލުން.⁠“


ބޭއިންސާފުން އަހަންނަށް އަނިޔާ ލިބި ވޭނުގައި ވީއިރު ވެސް އަހަރެން މި މަސައްކަތުގައި ކުރިޔަށް ދިޔަކަމާއި އަދި ބެއިންސާފުން އަހަންނަށް ޕިސީދިޔާގެ އަންތީޔޮކު، އިކޯނިޔުމް، ލިސްތުރާގައި ލިބުނު އަނިޔާ ތިބާއަށް ރަނގަޅަށް އެނގިގެންވާނެއެވެ. މާތްސާހިބާ އެ ހުރިހާ މުސީބާތްތަކުން އަހަރެން ސަލާމަތް ކޮށްދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ