މަންދޫބުންގެ މަސައްކަތް 13:12 - ކިތާބުލް މުޤައްދަސާ12 ގަވަރުނަރަށް މި ކަންތައްތައް ފެނިގެން ދިއުމުން އޭނާ މާތްރަސްކަލާނގެ ބަސްފުޅުތައް ގަބޫލުކޮށް އީސާގެފާނަށް އީމާންވިއެވެ. އަދި މާތްރަސްކަލާނގެ ބަސްފުޅުތަކާއި މެދު އެނގި ދަސްވި ކަންތަކުގެ ސަބަބުން އޭނާ ވަރަށް ހައިރާންވިއެވެ. အခန်းကိုကြည့်ပါ။ |
މިތަން ދެކެފައި އެތާނގައި ތިބި ހުރިހާ އެންމެން ވަރަށް ބިރުވެތިވެ އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން ބުންޏެވެ. ”ކައުއިތުރު ނަބީ ބޭކަލަކު އަހަރެމެންގެ ތެރެއަށް ފާޅުވެވަޑައިގެންފި! މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނަށް މަދަދު ދެއްވުމަށްޓަކައި މި ދުނިޔޭގައި އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާ ރަޙުމަތްލައްވަވަން ފައްޓަވައިފި!“
އެތާނގައި ތިބި ބަނީއިސްރާއީލު މީހުން ނޫން އެންމެން މި ބަސްތަކުގެ އަޑުއަހާ ވަރަށް އުފާކުރިއެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ގޮތުން އެމީހުންނަށް މި ލިބުނު ޚަބަރުފުޅާއި މެދު ޙަމްދު ކުރިއެވެ. ދެން އެތާނގައި ތިބި މީހުންގެ ތެރެއިން ނިމުންނުވާ ޙަޔާތް ލިބުމަށް ކަނޑައެޅިފައިވީ އެންމެން އީސާގެފާނަށް އީމާންވިއެވެ
މީނާ އެ ރަށުގެ ގަވަރުނަރު ކަމުގައި ހުރި ސާރިޖު ޕައުލުސް ގެ ގާތުގައި އޭނާއަށް ޚިދުމަތް ކުރުމުގައި އުޅުނެވެ. ސާރިޖު ޕައުލުސް އަކީ ވިސްނުންތެރި މީހެކެވެ. މީނާ ބަރުނައްބާސް އާއި ޝާއުލްގެ ކިބައިން އޭނާގެ ގާތަށް އައުމަށް އެދުނެވެ. އެއީ އޭނާ ވެސް ބޭނުންވީ އެމީހުން އެ ކިޔާދެމުން ދާ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އެހުމަށެވެ.
ޕަތަރަސްއާއި ޔޫޙަންނާ އީސާގެފާނު ކުރެއްވި ކަންތައްތަކާއި އެކަލޭގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އެ ރަށުގެ މީހުންނަށް ކިޔާ ދިނުމަށް ފަހު އެނބުރި ޖެރޫސަލަމަށް ދިއުމަށް ދަތުރު ފެށިއެވެ. އެމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި ވީ ސަމީރިއްޔާގެ ވަރަށް ގިނަ ރަށްތަކުގައި ވެސް އެމީހުން އެ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ.