Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 13:10 - ކިތާބުލް މުޤައްދަސާ

10 ”⁠އޭ ޝައިތާނާގެ ދަރިޔާ. ކަލޭ ތިޔަ ވަނީ ނުބައި އުކުޅުތަކުންނާއި ނުބައިވެގެންވާ ކަންތައްތަކުން ފުރިފަ. ކަލޭ ތިޔައީ ހުރިހާ ރަނގަޅު ކަމަކާއި އިދިކޮޅު އެކަންތައްތަކުގެ ދުޝްމިނެއް. ކަލޭ ދުވަހަކު ވެސް މާތްރަސްކަލާނގެ ތެދުފުޅުތައް ދޮގުތަކަށް އަނބުރާ މީސްތަކުންނަށް އޮޅުވާލުން ހުއްޓައެއް ނުލާނަންތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 13:10
23 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ އޭނާ މިއައްޔަންކުރީ އޭނާގެ ދަރިންނަށާ މުޅި ދަރިކޮޅަށް ތިމަންކަލާނގެ އެންގެވި މަގުން ސާލިޙު، އިންސާފުވެރިގޮތުގައި ކަންތައްކުރުމަށް ދަސްކޮށްދީ ތިމަންކަލާނގެއަށް ކިޔަމަންތެރި ވުމަށް ދަސްކޮށް ދިނުމަށް. އޭރުން ތިމަންކަލާނގެ އޭނާއަށް ވަޢުދުވީ ފަދައިން ހުރިހާ ކަމެއް ކުރައްވާ ހުށީން.⁠“


ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


ދަނޑަކީ ދުނިޔެ. އަދި ރަނގަޅު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅު ގަބޫލު ކުރާ މީހުން. އަދި ވިނަގަސްތަކަކީ ޝައިތާނާގެ ބާރުގެ ދަށުގައިވާ މީހުން.


އެއީ ތިމާގެ ވިސްނުމުގައިވާ ނުބައި ޚިޔާލުތަކާއި، މީހުން މެރުމާއި، ޒިނޭ ކުރުމާއި، ޖިންސީ ފާފަވެރިކަމާއި، ވައްކަންކުރުމާއި، ދޮގު ހެދުމާއި، އަދި ބަދުނާމުކުރުން.


”⁠ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެންނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅު މީސްތަކުންނަށް ބަންދުކޮށްގެން ތިބި މީހުން. ކަލޭމެން އަމިއްލައަކަށް ވެސް އެތަނަކަށް ނުވަން، އަދި ވަންނަން ދާ މީހުން ވަނަކަވެސް ނުދޭ!


ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއި ސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟


ދެން މާތްސާހިބާ އޭނާއަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ފަރީސީން ސާފުކުރަނީ ފެން ބޯ ތައްޓާއި ކާތަށީގެ ބޭރު. ނަމަވެސް ކަލޭމެންގެ އެތެރެ ފުށް ވަނީ ދަހިވެތިކަމާއި ނުބައިކަމުން ފުރިފަ.


ދީނުގެ ދަންނަބޭކަލުންނޭ. ކަލޭމެންގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން މާތްރަސްކަލާނގެ އަކީ ކޮބައިކަން ދެނެގަތުމުގެ އިލްމުގެ ތަޅުދަނޑި ނަގައިފި. ނަމަވެސް ކަލޭމެން އެތެރެއަށް ވަނުމަށް ބޭނުން ނުވާތާނގައި ވަންނަން ބޭނުންވީ މީހުންނަށް ވެސް އެފުރުސަތު ނުދިނީމު.⁠“


ދެން ޔަޙުޔާގެފާނު ނަބީ ޔަޝަޔާޙުގެފާނު ވިދާޅުވި ބަސްފުޅުތައް ބޭނުންކުރައްވައި މިފަދައިން ބުނެ އެމީހުންނަށް ޖަވާބުދެއްވިއެވެ. ”⁠އަހަރެން މިއީ ހަނަފަސް ސަހަރާގެ ތެރޭގައި، މާތްރަސްކަލާނގެއަށްޓަކައި، ސީދާ މަގެއް ތައްޔާރުކުރުމަށް ގޮވަމުން ދާ މީހާއޭ.⁠“


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


އަދި ކަލޭމެންގެ ތެރެއިން ވެސް ބަޔެއް މީހުން އެމީހެއްގެ ކޮޅަށް މީސްތަކުން އެނބުރުވުމަށްޓަކައި މާތްރަސްކަލާނގެ އެންގެވި ތެދު ޚަބަރުފުޅުތައް އޮޅުވާލާނެ.


ތެދުމަގު ލިބޭ ހެޔޮޚަބަރުފުޅަކީ ހަމަ އެންމެ ޚަބަރެކެވެ. ނަމަވެސް މިހާރު ބަޔަކު މީހުން ކަލޭމެންނަށް އޮޅުވާލައި އީސާގެފާނު ދެއްވި ހެޔޮބަރުފުޅު ބަދަލުކޮށްލަން އެބަ މަސައްކަތްކުރެއެވެ.


އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ.


އެބައިމީހުން ކުރިއަށް ދާނީ މަގުފުރެދިގެން ތިބެއެވެ. އަދި ހެޔޮ މަގެއްކަމުގައި ބަލާނީ ބޭއޯރުގެ ދަރި ބަލާމު ހިނގިމަގެވެ. އެއީ މި ބަލާމު ލޯބިކުރީ ނުބައިވެގެންވާ އަމަލުތަކުން ފައިސާ ހޯދުމަށެވެ.


ފާފަކުރުން މަތީގައި ދެމިހުންނަ މީހަކީ ޝައިތާނާއަށް މިލްކުވެގެންވާ މީހެކެވެ. ސަބަބަކީ ދުނިޔެ ފެށުނީއްސުރެން ޝައިތާނާ ވަނީ ފާފަކުރުންމަތީގައެވެ. މާތްރަސްކަލާނގެ ދަރިކަލުން މި ދުނިޔެއަށް ވަޑައިގެންނެވީ ޝައިތާނާގެ އެންމެހާ އަމަލުތަކެއް ނެތިކުރެއްވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ