Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 12:9 - ކިތާބުލް މުޤައްދަސާ

9 ޕަތަރަސް މަލާއިކަތާ އާއި އެކު ދިޔައެވެ. ނަމަވެސް އޭނާއަށް އެމަލާއިކަތާ އެކުރެއްވި ކަންތައް އެއީ ޙަޤީޤަތެއް ކަމެއް ނޭނގެއެވެ. އޭނާ ހީކުރީ މިހުރިހާ ކަމަކީ ހުވަފެނެއް ފަދަ ކަމެއްކަމުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 12:9
12 ပူးပေါင်းရင်းမြစ်များ  

އެބައިމީހުން ޔަޢުޤޫބުގެފާނަށް މިފަދައިން ދެންނެވިއެވެ. ”⁠ޔޫސުފުގެފާނު ދުނިޔޭގައި އެބަ ހުންނެވި. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގަވަނީ އޭނާ.⁠“ އެބައިމީހުންގެ ބަފައިކަލުން ޙައިރާންވެ ވަޑައިގަންނަވައި އެބައިމީހުން އެ ބުނި އެއްޗެއް ގަބޫލެއް ނުކުރެއްވިއެވެ.


ނޫޙުގެފާނު މާތްކަލާނގެ އަމުރުފުޅު ކުރެއްވި ގޮތުގެ މަތިން ހުރިހާ ކަމެއް ވެސް ކުރެއްވިއެވެ.


ނަމަވެސް އީސާގެފާނުގެ މަންމާފުޅު އެގޭގެ ނޯކަރުންނަށް ވިދާޅުވިއެވެ. ”⁠އޭނާ އަންގާ ގޮތަކަށް ކަލޭމެން ކަންތައް ކުރޭ.⁠“


ޕަތަރަސް މި ފެނިދިޔަ ކަންތަކާ މެދު ހައިރާންވެ ވިސްނަން އިނެވެ. އަދި ހަމަ އެވަގުތު ކޮރުނޭލިޔުސް ފޮނުވި މީހުން ވެސް އެ ގެ ހޯދައިގެން އައިސް އެގޭގެ ދޮރުމަތީގައި ތިއްބެވެ.


އެއްދުވަހަކު މެންދުރުފަހު ތިނެއް ޖަހާކަން ހާއިރު ކޮރުނޭލިޔުސްއަށް ހުވަފެނެއް ފަދަ ގޮތަކަށް މާތްރަސްކަލާނގެ މަލާއިކަތަކު ފެނުނެވެ. މި މަލާއިކަތާ އޭނާގެ ނަމުން ގޮވާލިއެވެ. ”⁠ކޮރުނޭލިޔުސް.⁠“


އޭނާ ބުންޏެވެ. ”⁠އެއްދުވަހަކު އަހަރެން ޖައްފާގައި ދުޢާ ކުރުމަށް އިންދާ ހުވަފެނެއް ފަދަ ގޮތަކަށް އަހަރެން މި ކަންތައް ދުށިން. އަހަންނަށް ފެނުނީ އުޑުން ބޮޑު ސަތަރިއެއް ފަދަ އެއްޗެއް އޭގެ ހަތަރު ކަނުގައި ހިފިފައިވާ ފަދައިން ތިރިވަނިކޮށް. އެ ސަތަރިގަނޑު އަހަރެންނާއި ވަރަށް ކައިރިއަށް އައި.


ދެން މަލާއިކަތާ ވިދާޅުވިއެވެ. ”⁠ކަލޭގެ ހެދުންލާ. ފައިވާނަށް އަރާ.⁠“ ޕަތަރަސް މަލާއިކަތާ ވިދާޅުވި ފަދައިން ކަން ކުރިއެވެ. ދެން މަލާއިކަތާ ވިދާޅުވިއެވެ. ”⁠ކަލޭގެ ސާލު ވެސް ގައިގައި އޮޅާލާ. އަދި އަހަރެންނާއި އެކު އާދޭ.⁠“


”⁠އަގިރިފާ ރަސްގެފާނު. އަޅުގަނޑަށް ހޭލާހުއްޓާ ހުވަފެނެއް ފަދައިން އުޑުން މާތްރަސްކަލާނގެ ދައްކަވާ މި އެންގެވި ކަންތައްތަކަކަށް އަޅުގަނޑު ނުކިޔަމަންތެރިއެއް ނުވަން.


ދިމިޝްޤުގައި އަނާނިޔާހު އޭ ކިޔުނު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް އަމަލު ކުރާ މީހަކު އުޅުނެވެ. މާތްސާހިބާ އަނާނިޔާހުއަށް ހޭލާހުރެ ފެނުނު ހުވަފެނެއްގެ ފަދައިން ދައްކަވާ އެންގެވިއެވެ. ”⁠އަނާނިޔާހު.⁠“ އަނާނިޔާހު ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ މާތްސާހިބާ މިއީ އަޅުގަނޑު.⁠“


އިބްރާހީމްގެފާނު އީމާންތެރިވެ މާތްރަސްކަލާނގެއަށް ކިޔަމަންތެރިވެ ވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ އެންގެވި ބިމަށް ދިއުމަށް އެކަލޭގެފާނު ނުކުމެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަމިއްލަ ރަށް ދޫކުރައްވައި ވަޑައިގެންނެވީ ދުވަހަކު ވެސް ދެކެވަޑައިގެންފައި ނުވާ ތަނަކާ ދިމާއަށެވެ. އެކަލޭގެފާނު މި ދަތުރު ކުރައްވަން ފެއްޓެވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ