Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 12:8 - ކިތާބުލް މުޤައްދަސާ

8 ދެން މަލާއިކަތާ ވިދާޅުވިއެވެ. ”⁠ކަލޭގެ ހެދުންލާ. ފައިވާނަށް އަރާ.⁠“ ޕަތަރަސް މަލާއިކަތާ ވިދާޅުވި ފަދައިން ކަން ކުރިއެވެ. ދެން މަލާއިކަތާ ވިދާޅުވިއެވެ. ”⁠ކަލޭގެ ސާލު ވެސް ގައިގައި އޮޅާލާ. އަދި އަހަރެންނާއި އެކު އާދޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 12:8
7 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.


ފައިވާނަށް އަރާ. ނަމަވެސް ލައިގެންހުރި ހެދުން ފިޔަވައި އިތުރު ހެދުމެއް ނުގެންދާތި.⁠“


އޭނާގެ ވެރިމީހާ އަންނައިރު ތައްޔާރަށް ތިބި ނޯކަރުންނަށް އެކަމުން ފައިދާވާނެ. އަހަރެން ބުނަންތަ؟ އޭރުން އެމީހުންގެ ވެރިމީހާ އުފަލުން އެމީހުން މޭޒު ދޮށަށް ގެނެސް އެމީހުންނަށް ކާން ހަދައިދޭނެ.


ދެން ކުއްލިއަކަށް ވިދުވަރެއް ފަދަ އައްޔެއް އެ ގޮޅި ތެރެއަށް އެޅިގެންދިޔައެވެ. އަދި މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު އެތާނގައިވިއެވެ. އެމަލާއިކަތާ ޕަތަރަސް ހޭލެއްވުމަށް އޭނާ ގައިގައި ކޮއްޓާލާފައި ވިދާޅުވިއެވެ. ”⁠އަވަސް ކުރޭ ތެދުވޭ.⁠“ އެވަގުތު ޕަތަރަސްގެ އަތުގައިވާ ހިލިހިލާ ނެއްޓުނެވެ.


ޕަތަރަސް މަލާއިކަތާ އާއި އެކު ދިޔައެވެ. ނަމަވެސް އޭނާއަށް އެމަލާއިކަތާ އެކުރެއްވި ކަންތައް އެއީ ޙަޤީޤަތެއް ކަމެއް ނޭނގެއެވެ. އޭނާ ހީކުރީ މިހުރިހާ ކަމަކީ ހުވަފެނެއް ފަދަ ކަމެއްކަމުގައެވެ.


އަހަރެން އީމާންވެ އަޅުކަން ކުރާ ކަލާނގެ ރޭގައި އެކަލާނގެ މަލާއިކަތަކު އަހަރެންގެ ގާތަށް ފޮނުއްވި.


ފިލިޕުއަށް މާތްރަސްކަލާނގެ މަލާއިކަތަކު މެދުވެރިކޮށް އެންގެވީ ޖެރޫސަލަމުން ޣައްޒާއަށް ދެވެން އޮންނަ ހަނަފަސް ބިމުގެ މަގުން ދެކުނަށް ދިއުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ