Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 12:6 - ކިތާބުލް މުޤައްދަސާ

6 ޕަތަރަސް އާއްމުންގެ ކުރިމައްޗަށް ޝަރީޢަތަށް ނެރެވުނު ދުވަހުގެ ކުރީ ރޭ އޭނާއަށް އޮތީ ނިދިފައެވެ. އޭނާގެ ދެ ފަރާތުގައި ދެ ސިފައިން ފޯރިއަށް ތިއްބެވެ. އޭނާގެ ދެ އަތުގައި ވަނީ ހިލިހިލާ ވެސް ޖެހިފައެވެ. އަދި އޭނާ އިން ގޮޅީގެ ދޮރުމަތީގައި ވެސް ސިފައިން ފޯރިމަރަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 12:6
17 ပူးပေါင်းရင်းမြစ်များ  

އެތަނުގެ ނަމެއްގެ ގޮތުގައި ”⁠މާތްރަސްކަލާނގެ މެދުވެރި ކުރެއްވުން⁠“ ކަމުގައި ވިދާޅުވެ އެތަނަށް އިބްރާހީމްގެފާނު ނަންދެއްވިއެވެ. މި ފޮތް ލިޔުނު ދުވަސްވަރު ހަރުބަހެއްގެ ގޮތުގައި އެޙާދިސާއަށް ނިސްބަތްކުރައްވާ މީސްތަކުން މިފަދައިން ބުނެއުޅުނެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ފަރުބަދައިގައި މެދުވެރިކޮށްދެއްވާނެ.⁠“


އެ ފާރަވެރިން ބިރުން ގޮސް އެބައިމީހުން މަރުވެފައިވާ ފަދައިން ހޭނެތިއްޖެއެވެ.


ޕަތަރަސް ޖަލުގައި ހައްޔަރު ކުރެވުމާއި އެކު އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ މީހުން އޭނާއަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ހިތުގެ އަޑިން ކެނޑިނޭޅި ދުޢާ ކުރަމުން ގެންދިޔައެވެ.


ދެން ސިފައިންގެ ކޮމާންޑަރު ޕައުލް ހައްޔަރު ކުރިއެވެ. އަދި ޕައުލްގެ ދެ އަތުގައި ހިލިހިލާ ޖެހުމަށް ވެސް އޭނާ އަމުރުކުރިއެވެ. ދެން އެތާތިބި މީހުން ކުރެން ޕައުލް ކުރީ ކީއްތޯ އަހާ އޭނާ ސުވާލު ކުރިއެވެ.


އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންގެ ކިބައިން މިއަދު މި ތަނަށް ވަޑައިގެން ދެއްވުމަށް މި އެދުނީ ތިޔަބޭފުޅުން މިކަންތައް އެނގި ދެނެގަތުމަށޭ. އަދި އަޅުގަނޑު މި ފަދައިން ހައްޔަރުވެ ހިލިހިލާގައި ޖެހިފައި މި ވަނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ބަނީއިސްރާއީލުގެ އުންމީދު ކަމުގައިވާ އަލްމަސީޙު މި ދުނިޔެއަށް ވަޑައިގެންފި ކަން ގަބޫލު ކުރުމުގެ ސަބަބުނޭ.⁠“


”⁠އަޅުގަނޑުމެން ދިޔައިރު ޖަލު ވަނީ ވަރަށް ރަނގަޅަށް ތަޅުލާފަ. އަދި އެތާގެ ގާޑުން ވެސް ދޮރުމަތީ ފޯރިއަށް ތިބި. ނަމަވެސް އަޅުގަނޑުމެން ވަދެ ބެލިއިރު ޖަލުތެރޭގައި އެކަކު ވެސް ނެތް.⁠“


އީސާ އަލްމަސީޙު އަހަރެން ޚިޔާރު ކުރެއްވީ އެކަލޭގެފާނުގެ ސަފީރެއްގެ ގޮތުގައެވެ. އަދި އެ ސަބަބަށްޓަކައި އަހަރެން މިވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރު ކުރެވިފައެވެ. އެހެންވީމާ، ދިންނެވުން ލިބިދޭ ޚަބަރުފުޅު ވަޢުޡު އަހަރެން ކުރަން ޖެހޭ ގޮތަށް ހިތްވަރުގަދަ ކަމާއެކު ބުނެވޭނެ ފަދައިން ހިންމަވައި ދެއްވުން އެދި އަހަރެންނަށްޓަކައި ދުޢާކޮށްދޭށެވެ.


މާތްރަސްކަލާނގެ އޮނިސެފޯރަސް އާއި އޭނާގެ އާއިލާއަށް ރަޙުމަތް ލައްވާށިއެވެ. އޭނާ އަހަންނަށް ގިނަގިނައިން ހިތްވަރު ދީ ހެދިއެވެ. އަހަރެން ޖަލުގައި ގައިދުވެފައި ހުރީތީ އެކަމަކާ އޭނާ ލަދެއް ނުގަނެއެވެ.


އަހަރެމެން ނިކަން ކެރިގެން މިހެން ބުނަމާހިނގާށެވެ. ”⁠މާތްރަސްކަލާނގެއަކީ އަހަރެންގެ އެހީތެރިޔާއެވެ. އެހެންވެ އަހަރެން ބިރެއް ނުގަންނާނެއެވެ. އިންސާނަކަށް އަހަންނަށް ދެވޭނީ ކޮން ދެރައެއް ހެއްޔެވެ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ