Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 12:5 - ކިތާބުލް މުޤައްދަސާ

5 ޕަތަރަސް ޖަލުގައި ހައްޔަރު ކުރެވުމާއި އެކު އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ މީހުން އޭނާއަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ހިތުގެ އަޑިން ކެނޑިނޭޅި ދުޢާ ކުރަމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 12:5
12 ပူးပေါင်းရင်းမြစ်များ  

ހަމައެހެންމެ މިދުނިޔޭގެ ބިމުގައި ކަމަކަށް އެދި ތިޔަބައިމީހުންގެ ތެރެއިން ދެމީހަކު އެކުގައި ތިބެ ދުޢާ ދަންނަވައިފިނަމަ، އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު ތިޔަބައިމީހުންނަށް އެކަމެއް ހިންމަވައި ދެއްވާނެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. އެއީ އެމީހުންނަށް ހިތްވަރު ދެރަ ނުކޮށް އަބަދުވެސް ދުޢާކުރަން ޖެހޭނެ ކަން އަންގައި ދެއްވުމަށެވެ.


ޕަތަރަސްއަށް މި ވީނުވީ ގޮތް އެނގުމުން އޭނާ ދިޔަގޮތަށް ދިޔައީ ޔޫޙަންނާގެ މަންމަ މަރިޔަމުގެ ގެއަށެވެ. މި ޔޫޙަންނާގެ އަނެއް ނަމަކީ މަރުކުސްއެވެ. އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ތެރެއިން އެތައް ބަޔަކު އެގެއަށް އައިސް ދުޢާ ކުރުމަށް ތިއްބެވެ.


ޕަތަރަސް ޖަލުގައި ހައްޔަރު ކުރުމަށް ފަހު އޭނާ ގާޑު ކުރަން ހަތަރު ސިފައިންގެ ހަތަރު ގުރޫޕެއް ބޭތިއްބިއެވެ. ހެރޮދު ރަސްގެފާނު ގަސްތުކުރީ އެޢީދު ފާހަގަކޮށް ނިމުމުން އާއްމުންގެ ކުރިމައްޗަށް ގެނެސް އޭނާޔާ މެދު ޝަރީއަތް ކުރުމަށެވެ.


ޕަތަރަސް އާއްމުންގެ ކުރިމައްޗަށް ޝަރީޢަތަށް ނެރެވުނު ދުވަހުގެ ކުރީ ރޭ އޭނާއަށް އޮތީ ނިދިފައެވެ. އޭނާގެ ދެ ފަރާތުގައި ދެ ސިފައިން ފޯރިއަށް ތިއްބެވެ. އޭނާގެ ދެ އަތުގައި ވަނީ ހިލިހިލާ ވެސް ޖެހިފައެވެ. އަދި އޭނާ އިން ގޮޅީގެ ދޮރުމަތީގައި ވެސް ސިފައިން ފޯރިމަރަމުން ދިޔައެވެ.


އަދި ޖަލުގައި ވީ މީހުންނާއެކު ކަލޭމެންވެސް ވާކަމަށް ދެކެ އެމީހުންނާ މެދު އަޅާލާން ވެސް ހަނދާންކުރާށެވެ. އެގޮތުން ވޭން އުފުލުންމަތީގައި ތިބި މީހުންގެ މަތިން ހަނދާން ނައްތާނުލާށެވެ. އެމީހުންނާއެކު ކަލޭމެން ވެސް ތިބީ އެ ވޭނުގައިކަން ހިތަށް ގެންނާށެވެ.


އެހެންވީމާ ކަލޭމެންގެ ތެރެއިން އެކަކު އަނެކަކަށް ކުރެވިފައިވާ ފާފަތަކަށް އެއްބަސްވެ ތައުބާ ވާށެވެ. އަދި އެކަކު އަނެކަކަށް ހެޔޮ ޙާލުގައި ވުމަށް އެދި ދުޢާކުރާށެވެ. ޞާލިޙު ގޮތުގައި ޙަޔާތު ވޭތުކުރަމުން ދާ ފަރާތްތަކުގެ ދުޢާތައް ބާރުގަދަވެފައި ބަރުދަން ހުންނާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ