Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 12:3 - ކިތާބުލް މުޤައްދަސާ

3 ޔާމިޒު ގަތުލު ކުރުމުން އެކަންތަކާ ބަނީއިސްރާއީލުގެ ބޮޑުން އުފާވެ ހިތްހަމަ ޖެހުނުކަން ހެރޮދުއަށް އެނގުމުން އޭނާ ޕަތަރަސް ވެސް ހައްޔަރު ކުރުމަށް އަމުރުކުރިއެވެ. އޭނާ ޕަތަރަސް ހައްޔަރު ކުރީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސްވަރުއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 12:3
18 ပူးပေါင်းရင်းမြစ်များ  

ފުރަތަމަ ޢީދަކީ ކަމީރުނުލާ ބޯރޮށީގެ ޢީދު. ކަލޭމެން ކާ ބޯރޮއްޓަށް ހަތްދުވަސް ވަންދެން ކަމީރު ލައިގެން ނުވާނެ. އެއީ ކަލޭމެންނަށް އަހަރެން އަމުރުކޮށްފައިވާ ކަމެއް. ކޮންމެ އަހަރަކު ބަހާރު މޫސުމުކުގެ ކުރީކޮޅު ކަނޑައަޅާފައިވާ ދުވަސްތަކުގައި މި ޢީދު ފާހަގަ ކުރާތި. އެއީ އަބީބު މަހު ކަލޭމެން މިޞްރުން ބޭރުވި ދުވަސް ފާހަގަ ކުރުމަށްޓަކައި. އެކަކު ވެސް ވެދުން ޤުރުބާނީއާ ނުލައި އަހަރެންނާ ކުއްތަންވުމަށް ނާންނާތި.


ކަމީރުނުލާ ބޯރޮށީގެ ޢީދުގެ ފުރަތަމަ ދުވަހު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން އަޅުގަނޑުމެން ތައްޔާރު ކުރުމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކޮންތަނެއްގައި ތޯ؟⁠“


އެހެނީ އެ މީހުން އެދުން ވެރިވަނީ މާތްރަސްކަލާނގެ ކިބަފުޅުން ލިބޭނެ މަތިވެރި ޝަރަފަކަށް ވުރެން ބޮޑަށް މީސްތަކުންގެ ކިބައިން ލިބޭނެ ތަޢުރީފުގެ ބަސްތަކަށެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެފަދައިން ހިންމަވައި އެ ބާރު ތިބޭފުޅާއަށް ނުދެއްވި ނަމަ، ތިބޭފުޅާއަކަށް އަޅުގަނޑާ މެދަކު އެއްވެސް ކަމެއް ނުކުރެއްވުނީސް. އެހެންކަމުން އަޅުގަނޑު ތިބޭފުޅާގެ އަރިހަށް ގެނައި މީހާގެ ފާފަ، ތިބޭފުޅާގެ ފާފައަށް ވުރެން މާ ބޮޑު.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ބުނަންތަ! ކަލޭ ޒުވާން އިރު ކަލޭ ބޭނުން ގޮތަކަށް ކަންތައްކޮށް ބޭނުން ތާނކަށް ގޮސްއުޅުނު ނަމަވެސް މުސްކުޅި ވުމުން ކަލޭ ދެއަތް ދިއްކުރާނެ. އޭރުން އެހެން މީހުން ކަލޭ ދާން ބޭނުން ނެތްތާނކަށް ކަލޭ ބަނދެގެން ގެންދާނެ.⁠“


ޕަތަރަސް ޖަލުގައި ހައްޔަރު ކުރުމަށް ފަހު އޭނާ ގާޑު ކުރަން ހަތަރު ސިފައިންގެ ހަތަރު ގުރޫޕެއް ބޭތިއްބިއެވެ. ހެރޮދު ރަސްގެފާނު ގަސްތުކުރީ އެޢީދު ފާހަގަކޮށް ނިމުމުން އާއްމުންގެ ކުރިމައްޗަށް ގެނެސް އޭނާޔާ މެދު ޝަރީއަތް ކުރުމަށެވެ.


ޕަތަރަސް، އީސާގެފާނުގެ އަނެއް އެގާރަ މަންދޫބުންނާއި އެކު، ކޮޅަށް ތެދުވެ އެއްވެފައިވާ މީހުންނާއި މުޚާޠަބުކޮށް ބާރަށް ވާހަކަދައްކަން ފެށިއެވެ. ”⁠އެކުވެރިންނާއި ޖެރޫސަލަމަށް ވަޑައިގެން ތިއްބެވި އެންމެ ހާ ބޭފުޅުންނޭ! އަޅުގަނޑު މިބުނާ ވާހަކަތަކަށް ކަނުލާ ސަމާލުކަން ދެއްވާ އަޑު އައްސަވާ.


ފަހަނަޅައި ދިއުމުގެ ޢީދުގެމުނާސަބަތު ފާހަގަ ކޮށް ނިމުމުން އަހަރެމެން ފިލިއްޕީއިން ފުރައިގެން ފަސް ދުވަހުގެ ދަތުރަކަށް ފަހު ތުރުއަސްއަށް ގޮސް އެމީހުންނާއި ބައްދަލު ކުރީމެވެ. އެ ރަށުގައި އަހަރެމެން އެއް ހަފްތާ މަޑު ކުރީމެވެ.


މިހެން ގޮސް ދެ އަހަރު ދުވަސް ފާއިތުވެދިޔައެވެ. ދެން އެއަށް ފަހު ޕޮރުސިޔުސް ފެސްތުސް އެ ރަށުގެ ގަވަރުނަރު ކަމުގައި ކަނޑައެޅުނެވެ. އެކަމު ފެލިކުސް ބަނީއިސްރާއީލު ވެރިންގެ ރުހުން ހޯދުމަށްޓަކައި ޕައުލް ޖަލުގައި ބެހެއްޓިއެވެ.


ފެސްތުސް ވެސް ބަނީއިސްރާއީލު މީހުންގެ ރުހުން ހޯދުމުގެ ގޮތުން ޕައުލްއަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ކުރިމަތީގައި މި ކަންތައްތަކުގެ ޝަރީއަތް ބެލުމަށް ޖެރޫސަލަމަށް ދިއުމަށް ކަލޭ ގަބޫލު ތަ؟⁠“


ޕަތަރަސްއާއި ޔޫޙަންނާ ބިރެއް ނެތި ކެރިގެން ތިބެ މި ދެއްކި ވާހަކަތައް އަހާ ބަނީއިސްރާއީލުގެ ވެރިންނާއި އެންމެ ހާ ބޮޑުން ވަރަށް ހައިރާންވިއެވެ. އެއީ ޕަތަރަސްއާއި ޔޫޙަންނާ އަކީ އާދައިގެ ތައުލީމެއް ނެތް ބައެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް މި ދެމީހުންނަކީ އީސާގެފާނާއި އެކު އުޅުނު ދެމީހުން ކަން ވެސް އެމީހުންނަށް ފާހަގަ ކުރެވުނެވެ.


އަހަރެންގެ އެދުމަކީ މީހުން އަހަރެންނަށް ރުހި ގަބޫލުވުމެއް ނޫނެވެ. އަހަރެން ބޭނުމީ މާތްރަސްކަލާނގެ ރުއްސެވުމެވެ. އަހަރެން މިއުޅެނީ މީހުންގެ ތާއީދު ހޯދަން ހެން ކަލޭމެންނަށް ހީވޭހެއްޔެވެ؟ ނޫނެކެވެ. މީހުންގެ ތާއީދު ހޯދަން އެދޭނަމަ ހަމަ ގައިމު ވެސް އަހަރެން އީސާ އަލްމަސީޙުގެ ޚާދިމަކަށް ނުވީމުހެވެ.


ސަބަބަކީ މާތްރަސްކަލާނގެ އަހަރެމެންނާއިމެދު ރުހިވޮޑިގަންނަވައި ހެޔޮޚަބަރުފުޅު އަހަރެމެންނާއި ޙަވާލު ކުރެއްވިއެވެ. އެހެންވީމާ، އަހަރެމެން މުޚާތަބު ކުރަނީ މީހުންގެ ރުހުން ލިބުމަކަށް އެދިގެން ނޫނެވެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދައިންނެވެ. އަދި އަހަރެމެންގެ ހިތްތަކުގެ މަގުސަދު ފައިސަލާ ކުރައްވާނެ ފަރާތަކީ މާތްރަސްކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ