މަންދޫބުންގެ މަސައްކަތް 12:25 - ކިތާބުލް މުޤައްދަސާ25 ބަރުނައްބާސް އާއި ޝާއުލް ޖެރޫސަލަމުގައި އެމީހުން ކުރަން ނިންމި ހުރިހާ ކަންތައްތައް ކުރުމަށް ފަހު ޔޫޙަންނާ މަރުކުސް ގޮވައިގެން އަންތީޔޮކުއަށް އެނބުރި ދިޔައެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރެއިން މި ފަދައިން ކަން ކުރި އެކަކީ ލާވީގެ ދަރިކޮޅުގެ ޔޫސުފުއެވެ. މި ޔޫސުފަކީ ސައިޕުރަސްގެ މީހެކެވެ. އޭނާގެ އަތުގައި ވީ ދަނޑުބިމެއް ވިއްކާލާ އެ ލާރި ގެނެސް އީސާގެފާނުގެ މަންދޫބުންނާއި އޭނާ ހަވާލު ކުރިއެވެ. މި ޔޫސުފުއަށް މަންދޫބުން ބަރުނައްބާސް އޭ ކިޔާ ނަންދިނެވެ. ބަރުނައްބާސްގެ މާނައަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާ އެވެ.
އަހަރެންނާއި އެކުގައި ޖަލުގައި ހައްޔަރު ކުރެވިފައިވީ އަރިސްތާރުކު ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އަދި ބަރުނައްބާސްގެ ދެބެއިންގެދެދަރި މަރުކުސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައިދިނުމަށް އަހަރެންގެ ކިބައިން އެދުނެވެ. ތިޔަބައިމީހުންނަށް ވާނީ މި މަރުކުސް އާމެދު ކަންތައް ކުރާނެގޮތް ބުނެދީފައެވެ. އޭނާއަށް ތިޔަބައިމީހުންގެ ގާތަށް ދެވިއްޖެނަމަ އޭނާއަށް މަރުޙަބާ ކިޔާށެވެ.