Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 12:24 - ކިތާބުލް މުޤައްދަސާ

24 މާތްރަސްކަލާނގެ ބަސްފުޅުތަކާއި އެކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރުފުޅު ފެތުރެމުން ދިޔައެވެ. އަދި އެ ޚަބަރުފުޅު އަހާ އެކަލާނގެއަށް އީމާންވަމުން ދިޔަ މީސްތަކުންގެ އަދަދު އިތުރުވަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 12:24
13 ပူးပေါင်းရင်းမြစ်များ  

ނުލަފާ މީހާ ބާރުވެރިވުމުން ދެން ތިބި މީހުން ފިލަން ދުވެއެވެ. ނުބައި މީހުންގެ ވެރިކަން ވެއްޓުމުން ތެދުވެރިންނަށް އުފާފާގަތިކަން ލިބެއެވެ.


އަހަރެން ތިބާއަށް ބުނަން. އަހަރެން ތިބާއާއި މުޚާތަބު ކުރާނީ ޕަތަރަސްގެ ނަމުން. އަހަރެންގެ ޖަމާޢަތް އަހަރެން ބިނާ ކުރާނީ ތިޔަ ހިލައިގެ މަތީގައި. މަރަކަށް ވެސް އަދި ޝައިތާނާއަކަށް ވެސް އެ ޖަމާޢަތުގެ މައްޗަށް ބާރެއް ނުފޯރުވޭނެ.


މާތްސާހިބާ އެކަލޭގެފާނުގެ މީސްތަކުންނަށް މި ކަމުގައި އެހީތެރިވެ ދެއްވިއެވެ. އަދި ވަރަށް ގިނަ ބަޔަކު ގަބޫލުކޮށް މާތްސާހިބާއަށް އީމާންވިއެވެ.


މި ފަދަ ގޮތްތަކުގެ މަތިން އީސާގެފާނު ދެއްވި ދިންނެވުމުގެ ޚަބަރުފުޅު ބާރުގަދަ ގޮތެއްގައި ފެތުރި ފުޅާ ވަމުން ދިޔައެވެ.


ނަމަވެސް އެމީހުން އެ ކުރާ ކަންތައްތައް އެކުރަނީ މާތްރަސްކަލާނގެ އެންގެވި އެންގެވުމަށް ކަމުގައި ވަނީ ނަމަ ކަލޭމެންނަކަށް އެމީހުންނެއް ނުހުއްޓުވޭނެ. އަދި ކޮބާ އޭރުން ކަލޭމެންނަށް އެ އިދިކޮޅު ވެވެނީ މާތްރަސްކަލާނގެ ކިބަފުޅާއި މެދު ކަމުގައި ވެސް ވެދާނެ.⁠“


މާތްރަސްކަލާނގެ ބަސްފުޅު ފެތުރެމުން ދިޔައެވެ. އެތައް އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅުތައް އަހާ އެމަގުން އުޅެމުން ގެންދިޔައެވެ. ޖެރޫސަލަމުގައި ވެސް އެބަސްފުޅުތައް ފެތުރެމުން ދިޔައެވެ. އަދި އިމާމުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާތްސާހިބާ އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެން ފެށިއެވެ.


ތިޔަބައިމީހުންނަށް ލިބިދިން މި ހެޔޮޚަބަރުފުޅު މުޅިދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދެއެވެ. އަދި އެއިން މޭވާއަޅާ އެމޭވާއިން މީހުންގެ ދިރިއުޅުން ބަދަލުކުރެއްވެއެވެ. އެއީ އެ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ފުރަތަމަ އަޑުއިވި މާތްރަސްކަލާނގެ އަޖައިބުކުރުވަނިވި ނިޢުމަތަކީ ކޮންއެއްޗެއްކަން ތިޔަބައިމީހުންނަށް އެނގުނު ދުވަހުން ފެށިގެން ތިޔަބައިމީހުންގެ ދިރިއުޅުން ވެސް އެހެޔޮޙަބަރުފުޅު ބަދަލުކުރެއްވި ފަދައިންނެވެ.


އަޚުންނާއި އުޚުތުންނޭވެ! އެންމެފަހުން އަހަރެން ބުނަމެވެ. މާތްސާހިބާގެ ހެޔޮޚަބަރުފުޅު ނުހަނު އަވަހަށް ފެތުރިގެން ދިއުމަށް އެދި އަހަރެމެންނަށްޓަކައި ދުޢާކުރާށެވެ. އަދި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަނެކުން ވެސް އެ ޚަބަރުފުޅާއި މެދު ގަދަރު ކުރާނެހެން ވެސް ދުޢާކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ