Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 12:22 - ކިތާބުލް މުޤައްދަސާ

22 އެމީހުން ގޮވަން ފެށިއެވެ. ”⁠ތިޔަބޭފުޅާ ތިޔަ ވާހަކަފުޅު ދައްކަވަނީ އިންސާނަކު ފަދައިންނެއް ނޫން. ތިޔަބޭފުޅާ ތިޔަ ވާހަކަފުޅު ދައްކަވަނީ ކަލާނގެއަކު ފަދައިން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 12:22
9 ပူးပေါင်းရင်းမြစ်များ  

އެބޮއްތައް މަނިކުފާނާއި މަނިކުފާނުގެ ވަޒީރުންނާއި މަނިކުފާނުގެ މީހުންގެގަޔަށް ފުމެ އަރާނެޔޭ.⁠‘⁠“


ދެން މި ބައްދަލުވުމަށް ވަކި ދުވަހެއް ކަނޑައަޅުނެވެ. އަދި އެ ކަނޑަ އެޅުނު ދުވަހު ހެރޮދު ރަސްގެފާނު އެ ރަސްގެފާނުގެ ޝާހީ ހެދުންކޮޅު ތުރުކުރައްވާ ވަޑައިގެން އެ ރަސްގެފާނުގެ ތަޚުތު ކޮޅުގައި އިށީނދެވަޑައިގެން އެމީހުންނާއި މުޚާޠަބު ކުރައްވާ ވާހަކަދެއްކެވިއެވެ.


ހަމައެވަގުތު މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ހެރޮދުއަށް ހަމަލާދިނުމުން އޭނާއަށް ބައްޔެއްޖެހުނެވެ. ދެން އޭނާގެ ހަށިގަނޑުގައި ފަނިތަކެއް އުފެދި ހަށިގަނޑު ހަލާކުވެ އެ ގޮތުގައި އޭނާ މަރުވެ ދިޔައެވެ. ހެރޮދުއާއި ދޭތެރޭ މި ފަދައިން ކަންތައް ވީ އެއީ އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙައްޤުވެގެންވާ ސަނާ އެކަލާނގެ ކިބަފުޅަށް ނުދީ އެ ސަނާ އަމިއްލެއަށް ލިބިގަތުމުންނެވެ.


މި ދޮގުއެދުރުންނަކީ އަނެކުންގެ ކުށް ހޯދައި ޝަކުވާކޮށް ހަދާ މީހުންނެވެ. އެމީހުން ދާނީ އެމީހުން ހިތުގައި އޮންނަ ހުތުރު އެދުންތަކުގެ ފަހަތުންނެވެ. އަދި މިފަދަ މީހުން ސަޅިބައިސާ ކަނޑައި އަނެކުން އެމީހުންނާ ދިމާއަށް ލެންބުމަށް ޚުޝާމަދުކޮށް ހަދައެވެ.


ހުރިހާ އެންމެން ޑްރޭގަނަށް އަޅުކަން ކުރިއެވެ. ސަބަބަކީ އޭއްޗަށް ލިބިގެންވާ އަމުރުވެރިކަން ކަނޑު ދާއްބައަށް ދިނުމުންނެވެ. މީސްތަކުން ކަނޑު ދާއްބައަށް ވެސް މިފަދައިން ބުނެ އަޅުކަން ކުރިއެވެ. ”⁠ކަނޑު ދާއްބަ ވައްތަރުވަނީ ކޮން އެއްޗަކާހެއްޔެވެ؟ އެ އެއްޗާއި ދެކޮޅަށް ހަނގުރާމަ ކުރެވޭނީ ކާކަށް ހެއްޔެވެ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ