މަންދޫބުންގެ މަސައްކަތް 12:21 - ކިތާބުލް މުޤައްދަސާ21 ދެން މި ބައްދަލުވުމަށް ވަކި ދުވަހެއް ކަނޑައަޅުނެވެ. އަދި އެ ކަނޑަ އެޅުނު ދުވަހު ހެރޮދު ރަސްގެފާނު އެ ރަސްގެފާނުގެ ޝާހީ ހެދުންކޮޅު ތުރުކުރައްވާ ވަޑައިގެން އެ ރަސްގެފާނުގެ ތަޚުތު ކޮޅުގައި އިށީނދެވަޑައިގެން އެމީހުންނާއި މުޚާޠަބު ކުރައްވާ ވާހަކަދެއްކެވިއެވެ. အခန်းကိုကြည့်ပါ။ |
ޞޫރު އާއި ޞައިދޫންގެ ރައްޔިތުންނާއި ހެރޮދު އާއި ދެމެދުގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ. ނަމަވެސް ޞޫރު އާއި ޞައިދޫންގެ ރައްޔިތުން ހެރޮދު ރަސްގެފާނާއި ސުލްޙަވުމަށް އެދި އައެވެ. އެއީ އެދެރަށުގެ މީހުން ކެއުމަށް ބޭނުން ކުރާ ހުރިހާ ގޮވާމެއް ގަންނަނީ ހެރޮދުގެ ވެރިކަމުގެ ދަށުގައި ވާ ސަރަހައްދުގެ ބިންތަކުންނެވެ. އެމީހުން މި ގޮތަށް ކަން ކުރުމަށްޓާކާ އެ ރަސްގެފާނުގެ ޚާއްސަ ވަޒީރަކު ކަމުގައިވާ ބުލާސްތުސް އާއި ވާހަކަދައްކާ އޭނާ އެމީހުންގެ ކޮޅަށް ޖެއްސިއެވެ.
އަނެއްދުވަހު އަގިރިފާ ރަސްގެފާނާއި ބެރެނީޒު ވަރަށް އިއްޒަތުގެ ގޮތްތައް ދައްކާ ދަރުބާރުގެއަށް ވަޑައިގެންނެވިއެވެ. އެބޭފުޅުންނާއި އެކު މަތީ ސިފައިންގެ އޮފިސަރުންނާއި އަދި އެ ރަށުގެ ހުރިހާ މަތީ މީހުން ވެސް އެތަނަށް ވަޑައިގެންނެވިއެވެ. ދެން ގަވަރުނަރު ފެސްތުސް ޕައުލް އެތަނަށް ހާޒިރު ކުރުމަށް އެންގެވިއެވެ.