Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 12:2 - ކިތާބުލް މުޤައްދަސާ

2 އީސާގެފާނުގެ މަންދޫބުންގެ ތެރެއިން ޔޫޙަންނާގެ ބޭބެ ޔާމިޒު ގަތުލު ކުރުމަށް ވެސް ހެރޮދު ރަސްގެފާނު އޭނާގެ ސިފައިންނަށް އަމުރުކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 12:2
10 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ޔަޤީންކަމާއެކު އަހަރެންގެ ތަށިން ބޮއިފާނެ! ނަމަވެސް އަހަރެންގެ ކަނާތް ފަރާތުގައްޔާއި އަދި ވާތް ފަރާތުގައި އިށީނދެ ތިބޭނޭ ފަރާތެއް ޚިޔާރު ކުރުމުގެ ޙައްޤު އަހަރެންނަށް ލިބިގެން ނުވޭ. އެ މަޤާމު މިލްކުވެގެން ވަނީ އަހަރެންގެ ބައްޕާފުޅު ތައްޔާރު ކުރައްވާ ފަރާތްތަކަށް.⁠“


ދެން ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، އަޅުގަނޑުމެންނަށްޓަކައި ކަލޭގެފާނު ކޮށްދެއްވުމަށް އަޅުގަނޑުމެން އެދޭ ކަމެއް އެބައޮތް.⁠“


އީސާގެފާނު އެ ދެބެއިންނަށް ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުން ތިޔަ އެދޭކަމަކީ ކިހާވަރެއްގެ ކަމެއްކަން ތިޔަބައިމީހުންނަށް ވެސް އެނގިގެންނުވޭމެ. އަހަރެން ބޯން މިއުޅޭ ވޭންދެނިވި ތަށިން ތިޔަބައިމީހުންނަށް ބޮވޭނެތަ؟ އަދި އަހަރެން މިގަންބާލެވޭ ވޭނުގެ ތެރެއަށް ތިޔަބައިމީހުންނަށް ގެނބެވިދާނެތަ؟⁠“


އެ ދެބެއިން ޖަވާބު ދެއްވިއެވެ. ”⁠އަޅުގަނޑުމެންނަށް ކުރެވޭނެ.⁠“ އީސާގެފާނު އެ ދެބެއިންނަށް ވިދާޅުވިއެވެ. ”⁠ހަމަ ޔަޤީނުން ވެސް އަހަރެން ބޯނެ ވޭންދެނިވި ތަށިން ތިޔަބައިމީހުން ވެސް ބޯން ޖެހޭނެ. އަދި އަހަރެން ފެތިގެންދާނެ ހިތާމަ އާއި ވޭންދެނިވި ކަނޑަށް ތިޔަބައިމީހުން ވެސް ފެތިގެންދާނެ.


މި ދުވަސްވަރު ހެރޮދު އަގުރިޕާ ރަސްގެފާނު އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ ބައެއް މީހުންނާއި މެދު ވަރަށް އަނިޔާވެރިކޮށް ކަންކޮށް އެމީހުން ހައްޔަރުކޮށް ހެދިއެވެ.


އަނެއް ބަޔަކު ގަލުން ތަޅައި މެރުނެވެ. އަނެއްބަޔަކު ދެފަޅިއަށް ކީހާ ލެވުނެވެ. އަދި އަނެއް ބަޔަކު ކަނޑިތަކުން ގަތުލު ކުރެވުނެވެ. އަނެއްބަޔަކަށް ކެހެރި ހަންކޮޅެއް ނޫނީ އުނުއޮރިޔާން ނިވާކޮށްލާނެ ފަދައެއް ނުވެއެވެ. އެމީހުން ތިބީ ފަޤީރުހާލުގައެވެ. ވޭނާއި އަނިޔާގެ ތެރޭގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ