މަންދޫބުންގެ މަސައްކަތް 12:18 - ކިތާބުލް މުޤައްދަސާ18 އަނެއްދުވަހު ފަތިހު ޖަލުގައި ފޯރިއަށް ތިބި ސިފައިންގެ މީހުންނަށް ޕަތަރަސްއަށް ވީނުވީއެއް ނޭނގި ކަންބޮޑުވެ ވަރަށްބޮޑަށް ހާސްވިއެވެ. အခန်းကိုကြည့်ပါ။ |
ދެން ހެރޮދު ރަސްގެފާނު ސިފައިންނަށް ޕަތަރަސް ހޯދުމަށް އަމުރުކުރިއެވެ. ނަމަވެސް އެމީހުންނަކަށް ޕަތަރަސް ވީތަނެއް ނުހޯދުނެވެ. ދެން އޭނާ ޖަލު ބަލަހައްޓަން ތިބި ސިފައިންނާއި ސުވާލުކޮށް ތަޙުޤީޤު ކުރުމަށް ފަހު އެމީހުންނަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރިއެވެ. ދެން މިއަށް ފަހު ހެރޮދު ދުވަސްކޮޅަކަށް ޖުދެއާކަރަ ދޫކޮށް ގޮސް ކައިސަރިޔާގައި ހުއްޓެވެ.