Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 12:17 - ކިތާބުލް މުޤައްދަސާ

17 ޕަތަރަސް އެމީހުންނަށް އަޑުގަދަ ނުކުރުމަށް އިޝާރާތް ކުރިއެވެ. ދެން މާތްރަސްކަލާނގެ އޭނާ ޖަލުން ނެރުއްވި ގޮތުގެ ވާހަކަ އެމީހުންނަށް ކިޔާދިނެވެ. ޕަތަރަސް ބުންޏެވެ. ”⁠ޔާމިޒު އާއި އެހެން އެންމެންނަށް ވެސް މި ވާހަކަތައް ކަލޭމެން ކިޔާދޭތި.⁠“ ދެން އޭނާ އެތަނުން އެހެންތާކަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 12:17
28 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންނާއި މެދުގައި އަވަށަކުން އަނިޔާވެރި ގޮތަކަށް އަމަލުކޮށްފިނަމަ، އަނެއް އަވަށަކަށް އަވަހަށް ދޭ. އަހަރެން މިބުނަނީ ތެދެއް. ބަނީއިސްރާއީލުގެ ހުރިހާ އަވަށަކަށް ތިޔަބައިމީހުން ގޮސް ނުނިމުނީސް އިންސާނާގެ ދަރިކަލުން އަންނާނެ.


މިއީ މަރިޔަމްގެ ދަރި އެ ވަޑާންކުރާ މީހާއެއް ނޫންތަ؟ އަދި މިއީ ޔާމިޒާ، ޔޫސުފާ، ޔަހޫޛާ އާ ސިމްޢާންގެ ބޭބެއެއް ނޫންތަ؟ މީނާގެ އަންހެން ކޮއްކޮމެން ދިރިއުޅެނީ މިރަށުގައެއް ނޫންތަ؟⁠“ އަދި އެމީހުން އެކަލޭގެފާނާމެދު ހިތްހަމަ ނުޖެހި އެކަހެރި ކޮށްލެއްވިއެވެ.


ޒަކަރިއްޔާ ނުކުތްއިރު އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ. އޭނާގެ އަތުން ކުރާ އިޝާރާތްތަކުން އެބައިމީހުންނަށް އެނގުނީ އޭނާ އެތެރޭގައި ވަނިކޮށް މާތްރަސްކަލާނގެ އޭނާއަށް ވަޙީފުޅެއް ފޮނުއްވައިފިކަމެވެ. ނަމަވެސް އޭނާއަށް ވާހަކަ ނުދެއްކޭ ކަމުން މި ވާހަކަތައް އެހެން މީހުންނަކަށް ކިޔައެއް ނުދެވުނެވެ.


އެތަނުން އެކަލޭގެފާނު އުރުދުން ކޯރު ހުރަސްކުރައްވައި ވަޑައިގެންނެވީ އެންމެ ފުރަތަމަ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ހިސާބަށެވެ. ދެން އީސާގެފާނު އެތާނގައި މަޑުކުރެއްވިއެވެ.


އެހެންކަމުން އީސާގެފާނު އާންމު ތަންތަނަށް ދިއުން ހުއްޓާލައްވައި ޖެރޫސަލަމުން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު މީހުން ނޫޅޭ ހަނަފަސް ސަހަރާގެ ކައިރީ ހިސާބެއްގެ ރަށެއް ކަމުގައިވާ އެފުރައީމަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު އެތާނގައި މަޑުކުރެއްވިއެވެ.


ޝަމްއޫނު ޕަތަރަސް އެ އަސްޙާބީއަށް އިޝާރާތް ކޮށް، އެފަދަ ނުބައިކަމެއް، އެކަލޭގެފާނަށް ކުރާނީ ކާކުތޯ އެކަލޭގެފާނުގެ ކުރެން އަހައި އޮޅުންފިލުވުމަށް ބުންޏެވެ.


މިއަށް ފަހު އީސާގެފާނު ގަލީލީ ސަރަހައްދުގައި އެއް ރަށުން އަނެއް ރަށަށް ހިންގަވާފައި ދަތުރު ކުރައްވަމުން ވަޑައިގެންނެވިއެވެ. ބަނީ އިސްރާއީލުންގެ ވެރިން އޭރު ބޭނުންވެފައި ތިބީ އެކަލޭގެފާނު އަވަހާރަކޮށްލުމަށެވެ. އެހެންކަމުން އެކަލޭގެފާނު ބޭނުންފުޅުވީ މި ވަގުތު ޖުދެއާ ތެރޭން ދަތުރު ނުކުރެއްވުމަށެވެ.


އީސާގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނުގެ ގައިކޮޅަށް އުކުމަށް ގާބުރިތައް ނެގިއެވެ. ނަމަވެސް އީސާގެފާނު އެމީހުންގެ ލޯމަތިން ޣައިބުވެ ވަޑައިގެން ބައިތުލް މަޤްދިސުން ވަޑައިގެންފިއެވެ.


އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


ޕަތަރަސް ހުއްޓާނުލާ ދޮރުގައި ޓަކިދެމުން ދިޔައެވެ. ދެން އެންމެފަހުން އެމީހުން އައިސް ދޮރު ހުޅުވިއެވެ. އަދި ޕަތަރަސް އެތާހުއްޓާ ފެނުމުން ހައިރާންވެ އަންތަރީސް ވިއެވެ.


އަނެއްދުވަހު ފަތިހު ޖަލުގައި ފޯރިއަށް ތިބި ސިފައިންގެ މީހުންނަށް ޕަތަރަސްއަށް ވީނުވީއެއް ނޭނގި ކަންބޮޑުވެ ވަރަށްބޮޑަށް ހާސްވިއެވެ.


ދެން ޕައުލް ތެދުވެ އެމީހުންނަށް އަޑު މަޑު ކުރުމަށް އިޝާރާތް ކުރުމަށް ފަހު ވާހަކަދައްކަން ފެށިއެވެ. ”⁠ބަނީއިސްރާއީލުގެ އެންމެހާ މީހުންނާ އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ އެންމެހައި މީސްތަކުންނޭ އަޑުއަހާ.


އެމީހުންގެ ވާހަކަ ނިމުމުން ޔާމިޒު ވާހަކަދައްކާ އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޑުއަހާ.


ޕައުލް އާއި ސިލާހު ޖަލުން ނުކުމެގެން ދިޔައީ ލީދިޔާގެ ގެއަށެވެ. އެގޭގައި އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަދެއްކުމަށް ފަހު އެމީހުން އެ ރަށުން ފުރިއެވެ.


އެތާނގައިވާ ބައެއް ބަނީއިސްރާއީލު މީހުން އިސްކަންދަރުއޭ ނަމަކަށް ކިޔުނު މީހަކު އެންމެންގެ ކުރިމައްޗަށް ނެރުނެވެ. އަދި އޭނާއަށް މި ވެގެން އުޅޭގޮތް މީސްތަކުންނަށް އަންގާ އޮޅުންފިލުވާ ދީ މިކަމަކީ މިއީ ބަނީއިސްރާއީލު މީހުންނާއި ބެހޭ ކަމެއް ނޫންކަން ކިޔާދިނުމަށް އެންގިއެވެ. ދެން މި އިސްކަންދަރު އަތުން އިޝާރާތް ކޮށް މީސްތަކުންނަށް މަޑުވުމަށް އަންގާ އެމީހުންނަށް މިކަން އޮޅުންފިލުވާ ދިނުމަށްޓަކައި ވާހަކަ ދެއްކުމަށް މަސައްކަތް ކުރިއެވެ.


އަނެއް ދުވަހު ޕައުލް އަހަރެމެން ގޮވައިގެން ދިޔައީ ޔާމިޒުއާއި ބައްދަލުވުމަށެވެ. އެތަނުގައި އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ބޮޑުން ވެސް ވިއެވެ.


ދެން ސިފައިންގެ ކޮމާންޑަރު ހުއްދަދެއްވުމުން އެ އިމާރާތަށް އަރަން ހުރި ބޮޑު ސިޑިބަރީގެ މަތީގައި ހުރެ ޕައުލް މީސްތަކުންނަށް އަތުން އިޝާރާތް ކޮށް އަޑުމަޑުކޮށް މައިތިރިވުމަށް އެދުނެވެ. އެމީހުން މައިތިރިވުމުން ޕައުލް އެމީހުންގެ އަމިއްލަ ބަސް ކަމުގައިވާ ޢިބްރާނީ ބަހުން އެމީހުންނާ މުޚާޠަބުކޮށް މި ފަދައިން ވާހަކަދެއްކިއެވެ.


ރޯމުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން އެ ރަށަށް އަންނަ ޚަބަރު ލިބުމުން އަހަރެމެންނާއި ބައްދަލު ކުރުމަށް އައްޕިއުސް ބާޒާރާއި ހަމައަށް އައެވެ. އަދި އަނެއްބަޔަކު ތިން މަންޒިލް އޭ ކިޔުނު ތަނުގައި އަހަރެމެންނާއި ބައްދަލުވިއެވެ. ޕައުލް އަށް އެމީހުން ފެނުމުން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރިއެވެ. އަދި އެމީހުން ފެނުމުން އޭނާއަށް ހިތްވަރު ވެސް ލިބުނެވެ.


ދެން އިތުރުން އަހަރެން ބައްދަލުކުރި މަންދޫބަކީ އަޅުގަނޑުމެންގެ މާތްސާހިބާ އީސާގެފާނުގެ ކޮއްކޯފުޅު ޔާމިޒުއެވެ.


ޔާމިޒު ފޮނުވައިގެން އެރަށަށް އައި މީހުން އައުމުގެ ކުރިން ޕަތަރަސް ބަނީއިސްރާއީލު މީހުން ނޫން މީހުންނާއިއެކު އެއްސުފުރާމަތީ ކައި އުޅުނެވެ. ނަމަވެސް ހަމަ މިމީހުން އައުމާއިކު އޭނާ އެފަދައިން ކަންކުރުން ހުއްޓާލިއެވެ. އެއީ މިޤަވާއިދު ބޮޑު ޚިތާނު ކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ދުށް މީހުންދެކެ ޕަތަރަސް ބިރުގަނެ އެމީހުން ބުނެފާނެ އެއްޗަކާއިމެދު ޖެހިލުން ވީތީއެވެ.


އަދި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތުގެ މައިބަދަ ކަމުގައި ބެލެވޭ ޔާމިޒު އާއި ޕަތަރަސްއާއި އަދި ޔޫޙަންނާއަށް ވެސް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެންނަށް ދެއްވި ހަދިޔާ ފެނި އަހަރެންނާއި ބަރުނައްބާސް އަކީ އެމީހުންގެ މަސައްކަތުގެ ބައިވެރިން ކަމުގައި ހެދިއެވެ. އަދި އެމީހުން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަންގާދެމުން ދިޔަ ފަދައިން އަހަރެން ވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އެބަސްފުޅު އަންގާދިނުމަށް ހިތްވަރު ދިނެވެ.


މި ސިޓީ އަކީ މާތްރަސްކަލާނގެ އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ޚާދިމު ޔާމިޒުގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. އަހަރެންގެ ތަހުނިޔާއަށް ފަހު އަލްމަސީޙަށް އީމާންވެގެން ތިބި ބަނީ އިސްރާއީލުގެ ބާރަ ގަބީލާގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައިވާ ފަރާތްތަކަށް ލިޔަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ