16 ޕަތަރަސް ހުއްޓާނުލާ ދޮރުގައި ޓަކިދެމުން ދިޔައެވެ. ދެން އެންމެފަހުން އެމީހުން އައިސް ދޮރު ހުޅުވިއެވެ. އަދި ޕަތަރަސް އެތާހުއްޓާ ފެނުމުން ހައިރާންވެ އަންތަރީސް ވިއެވެ.
ޕަތަރަސް އެގޭ ބޭރުދޮރުގައި ޓަކިދިނުމުން ދޮރު ހުޅުވުމަށް އައީ އެގޭގައި ގެންގުޅޭ ރޮދާ އޭ ކިޔުނު އަންހެންކުއްޖެކެވެ.
އެންމެން ބުންޏެވެ. ”ކަލޭ މޮޔަވީތަ؟“ ނަމަވެސް މި ކުއްޖާ ކުރުނުކޮށް އެހެން ބުނަމުން ދިއުމުން އެމީހުން ބުންޏެވެ. ”ތިޔަ ވާނީ އޭނާގެ މަލާއިކަތާ ކަމަށް.“
ޕަތަރަސް އެމީހުންނަށް އަޑުގަދަ ނުކުރުމަށް އިޝާރާތް ކުރިއެވެ. ދެން މާތްރަސްކަލާނގެ އޭނާ ޖަލުން ނެރުއްވި ގޮތުގެ ވާހަކަ އެމީހުންނަށް ކިޔާދިނެވެ. ޕަތަރަސް ބުންޏެވެ. ”ޔާމިޒު އާއި އެހެން އެންމެންނަށް ވެސް މި ވާހަކަތައް ކަލޭމެން ކިޔާދޭތި.“ ދެން އޭނާ އެތަނުން އެހެންތާކަށް ދިޔައެވެ.