Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 12:15 - ކިތާބުލް މުޤައްދަސާ

15 އެންމެން ބުންޏެވެ. ”⁠ކަލޭ މޮޔަވީތަ؟⁠“ ނަމަވެސް މި ކުއްޖާ ކުރުނުކޮށް އެހެން ބުނަމުން ދިއުމުން އެމީހުން ބުންޏެވެ. ”⁠ތިޔަ ވާނީ އޭނާގެ މަލާއިކަތާ ކަމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 12:15
10 ပူးပေါင်းရင်းမြစ်များ  

އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި. މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު. މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.⁠“


”⁠ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.


އަދި އެކަނބުލޭގެއަށް އީސާގެފާނު ފެނިވަޑައިގަންނަވާ ދިރިދުނިޔޭގައި ހުންނެވި ޚަބަރު އެބޭކަލުން އެހި ނަމަވެސް މިކަން އެބޭކަލުން ގަބޫލެއްނުކުރެއެވެ.


އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެ ހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުން ވެސް މެއެވެ.


މީގެ އެއްގަޑިއެއްހާ އިރު ފަހުން އެހެންމީހަކު ޕަތަރަސް ފެނިގެން ބުންޏެވެ. ”⁠ހަމަ ޔަޤީނުން ވެސް މިމީހާ މިއީ އޭނާ އާއި އެކު އުޅުނު މީހެއް. މީނާއަކީ ވެސް މިއީ ގަލީލީގެ މީހެއް.⁠“


ނަމަވެސް އީސާގެފާނުގެ މަންދޫބުންނަށް މި އަންހެނުން މިކިޔައިދިން ވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. އެއީ މި ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ކަހަލަ ވާހަކަތަކެއް ހެން ހީވާތީއެވެ.


ޕަތަރަސް ހުއްޓާނުލާ ދޮރުގައި ޓަކިދެމުން ދިޔައެވެ. ދެން އެންމެފަހުން އެމީހުން އައިސް ދޮރު ހުޅުވިއެވެ. އަދި ޕަތަރަސް އެތާހުއްޓާ ފެނުމުން ހައިރާންވެ އަންތަރީސް ވިއެވެ.


ދެން އެވަގުތު ގަވަރުނަރު ފެސްތުސް ޕައުލް ގެ ވާހަކަ މެދު ކަނޑާލާ ހަޅޭލަވައިގަތެވެ. އޭނާ ބުންޏެވެ. ”⁠ޕައުލް ކަލޭ ތިހިރީ ބުއްދިގޯސްވެފަ. ކަލޭ ކިޔަވާ ކިޔަވާ ގޮސް ތިހިރީ ސިކުނޑި ހަލާކުވެފަ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ