14 އޭނާއަށް ޕަތަރަސްގެ އަޑު އިވުމުން ވީ އުފަލުން ދޮރު ހުޅުވަން ވެސް ހަނދާން ނެތި ދުވެފަ ގޮސް ގޭތެރޭގައި ތިބި މީހުން ކާރީގައި ޕަތަރަސް އެ ގޭ ދޮރުމަތީ ހުރި ވާހަކަ ބުންޏެވެ.
އެ ހިނދު މީސްތަކުންނަށް އީސާގެފާނު ހުންނެވިކަން އެނގުމުން މުޅި އެ ހިސާބުގައި ތިބި އެންމެހައި މީސްތަކުންނަށް އީސާގެފާނު ވަޑައިގެން ހުންނެވި ޚަބަރު ދިނެވެ. އަދި އެބައިމީހުންގެ އެންމެހައި ބަލިމީހުން އެކަލޭގެފާނުގެ އަރިހަށް ގެނައެވެ.
އެ އަންހެނުން އަވަހަށް އެ ޒިޔާރަތް ދޫކޮށް ދިޔައެވެ. އެބައިމީހުން ތިބީ ވަރަށް ބިރުންނެވެ. އެހެނަސް އެބައިމީހުން ނުހަނު އުފާ ވެސް ވިއެވެ. އެ ބައިމީހުން ދުވެ ގޮސް އީސާގެފާނުގެ އަސްޙާބީންނަށް ހިނގައި ދިޔަ މި ޙާދިސާތަކުގެ ވާހަކައިން ޚަބަރު ދިނުމަށް ނިންމިއެވެ.
އެބައިމީހުން މިކަމާއި ވަރަށް ބޮޑަށް އަޖައިބު ވެ އުފާވީ ނަމަވެސް މިކަން ގަބޫލު ކުރަން ދަތި ވިކަން އެނގިވަޑައިގެން އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”އަހަންނަށް ކާ އެއްޗެއް ދީފާނަންތަ؟“