13 ޕަތަރަސް އެގޭ ބޭރުދޮރުގައި ޓަކިދިނުމުން ދޮރު ހުޅުވުމަށް އައީ އެގޭގައި ގެންގުޅޭ ރޮދާ އޭ ކިޔުނު އަންހެންކުއްޖެކެވެ.
އެއަށް ފަހު ޕަތަރަސް މައިދޮރާށި ކައިރީގައި ހުއްޓާ ނޯކަރު އަންހެންކުއްޖަކަށް އޭނާ ފާހަގަ ކުރެވިގެން އައިސް އެތަނުގައި ތިބި މީހުންގެ ކައިރީގައި ބުންޏެވެ. ”މި މީހާ އަކީ ނާޒަރަތުގެ އީސާގެފާނާއި އެކު އުޅުނު މީހެއް.“
ގޭގެ ވެރިޔާ ދޮރު ލެއްޕުމުން ކަލޭމެން ތިބެން ޖެހޭނީ ބޭރުގަ. އޭރުން ކަލޭމެން ދޮރުގައި ޓަކިދީ ގޮވާނެ. ’ވެރިމީހާއޭ. އަޅުގަނޑުމެން ވަންނަން ދޮރުހުޅުވާ ދެއްވާށޭ.‘ ނަމަވެސް އޭނާ ޖަވާބުދޭނެ. ’އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާނކުން އައި ކޮންބައެއް ކަމެއް ނޭނގެއޭ.‘
ޕަތަރަސް ހުއްޓާނުލާ ދޮރުގައި ޓަކިދެމުން ދިޔައެވެ. ދެން އެންމެފަހުން އެމީހުން އައިސް ދޮރު ހުޅުވިއެވެ. އަދި ޕަތަރަސް އެތާހުއްޓާ ފެނުމުން ހައިރާންވެ އަންތަރީސް ވިއެވެ.